Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ފަރުވާ

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026 | އަންގާރަ 08:40

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި ބިނާކުރުމަށް 10،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާކަމަށް ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެއްޖެ. މާލޭ ސަރަހައްދުން ގިނަ ބަޔަކު ފަރުވާ ހޯދަމުންދާތީ، މި ހޮސްޕިޓަލް ހުޅުމާލޭގައި އެޅުމަށް ނިންމީ ބޭނުންވާ ވަސީލަތްތައް އެ ސަރަހައްދުގައި ގިނަވުމުންކަމަށް ސަރުކާރުން ބުނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖޫން 2026 | އަންގާރަ 08:40
ދައުލަތު މީޑިއާގައި ހެލްތް މިނިސްޓަރު ގީލާ އަލީ ވާހަކަ ދައްކަވަނީ

ދައުލަތު މީޑިއާގައި ހެލްތް މިނިސްޓަރު ގީލާ އަލީ ވާހަކަ ދައްކަވަނީ | ޕީއެސްއެމް

އައިޖީއެމްއެޗްގައި ހުންނަ މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވުމުންކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ވަރަށް މަދު އަދަދެއްގެ އެނދާއެކު އެނދުމަތި ކޮށްގެން ދެވޭނެ ފަރުވާތައް ވެސް ދެމުން އަންނަ ތަނެއް ކަމަށާއި، އެކަމަށް ފަރުވާ ބޭނުންވާ މީހުންގެ އަދަދުތަކާ އެއްވަރަށް އެތަނުން ހިދުމަތް ނުދެވޭކަމަށެވެ.

Advertisement - newsAdvertisement

ވަޒީރު ވިދާޅުވީ މިވަގުތު ސެންޓާ ފޯ މެންޓަލް ހެލްތު މަރުކަޒު ހުރީ މިވަރުގެ ވޯކްލޯޑެއް ނުވަތަ މިވަރުގެ ޕޭޝަންޓުންތަކަކަށް ފަރުވާ ކުރެވޭ ގޮތަކަށް ނޫންކަމަށެވެ. 2023 ވަނަ އަހަރުން 2025 ގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 70،000 މީހުން ސައިކޭޓްރިސްޓް ފަރުވާ ހޯދިއިރު، އޭގެ ތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދީ މާލޭ ސަރަހައްދުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރަހައްދަށް އެފަދަ ވަކި ހޮސްޕިޓަލެއް މުހިއްމުކަން އެ ނަމްބަރުތަކުން ސާފުވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން ޖެހެނީ ގިނަ ވަސީލަތްތައް މާލޭގައި ހުރުމުންނާއި، މިފަދަ ބަލި މީހުންނަށް ބޭނުންވާ ތަފާތު އެހެން ޓެސްޓުތަކާއި އެ ކުރަންޖެހޭ ފަރުވާތައް ވެސް ޖަމާވެފައި ވަނީ އެއްތަނަކަށް މާލެ ސަރަހައްދަށް ކަމަށްވާތީއެވެ.

އެހެންވެ، އަތޮޅު ތެރޭގެ ބަދަލުގައި މާލޭގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ނަފްސާނީ ފަރުވާގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކުރުމަށް ސަރުކާރުން ނިންމައި، އެކަމަށް ހަމަޖެހިފައިވާ ތަނަކަށް ތަގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މި ސަރުކާރުން ކުރިން ލ. ގަމުގައި އިމާރާތް ކުރަން ނިންމި ހޮސްޕިޓަލެކެވެ.

ވަޒީރު ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލަކީ ކުރިއަށް އޮތްތަނުގައި ވަރަށް ޒަމާނީ ވަސީލަތްތަކާއެކު އަދި އެތަނެއްގައި ފަރުވާ ހޯދަމުންދާ ބަޔަކަށް ވަރަށް ފުރިހަމަ ސިއްހީ ފަރުވާއެއްގެ ގޮތުގައި ފޯރުކޮށްދެވޭނެ ހިދުމަތެއް ކަމަށެވެ.

 

އައިޖީއެމްއެޗްގީލާ އަލީމެންޓަލް ހެލްތު ސެންޓަރު20 ވަނަ ރައްޔިތުންގެ މަޖިލީސްއެމްޑީޕީހުޅުމާލެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޖޫން 2026

ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

23 ޖޫން 2026
ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި
23 ޖޫން 2026

ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

23 ޖޫން 2026
ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި

22 ޖޫން 2026
އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި
22 ޖޫން 2026

ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

22 ޖޫން 2026
ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި
22 ޖޫން 2026

މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!

22 ޖޫން 2026
މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!
22 ޖޫން 2026

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

22 ޖޫން 2026
ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"
21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
21 ޖޫން 2026

އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި

21 ޖޫން 2026
އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް