Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސް މަރު

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026 | ހޯމަ 17:38

މޭރީ ގްރޭސް މަރާލި މައްސަލައިގައި ކުށް ސާބިތުވި މާވިންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާއިރު، އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ހިމެނޭހެން ތިން ދައުވާއެއް ވަނީ ސާބިތުވެފަ. މި މައްސަލައިގެ ތަހުގީގުން ހާމަވި ގޮތުގައި މޭރީ މަރާލާފައިވަނީ ބާރުގަދަ އަނިޔާތަކެއް ދީގެން ކަމަށްވާއިރު، މާވިން އާއި ލަމްހާ ވަނީ، މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފަ. މި ދެ މީހުންގެ މައްޗަށް ހުކުމް ކުރުން އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހަށް މިހާރު ވަނީ ތާވަލުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 22 ޖޫން 2026 | ހޯމަ 17:38
ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން: އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާތައް ވަނީ ސާބިތުވެފަ

ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން: އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާތައް ވަނީ ސާބިތުވެފަ | ސޯޝަލް މީޑިއާ

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ މޭރީގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ހުކުމް ކުރުން އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ  ހޯމަ ދުވަހު އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި ކުށް ސާބިތުވުމާ ގުޅިގެން، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ތިން ދައުވާ އެއް ސާބިތުވެފައިވެ އެވެ. އެއީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމަކީ އެންމެ މަތީ ދަރަޖައިގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީހަކު މެރުމަށް ރޭވުމާއި، އެކަމަށް ހިތްވަރު ދިނުމާއި، ނުވަތަ އެކަން ކުރުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަކީ ކުށެއް ކަމަށްވާއިރު، މި ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ޤާނޫނުން ލިބިދެ އެވެ.

ލަމްހާގެ މައްޗަށް ސާބިތުވި އެހެން ދައުވާތަކަށް ބަލާއިރު، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށަށް ކަނޑައެޅޭ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގެ ޝަރީޢަތް ނިމެންދެން މާވިން އާއި ލަމްހާވެސް ތިބީ ބަންދުގަ އެވެ.

މޭރީ ގްރޭސްމާވިން އެސްވައިހަލީމަތު ލަމްހާއައިޖީއެމްއެޗްކްރިމިނަލް ކޯޓްފިލިޕީންސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖޫން 2026

މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!

22 ޖޫން 2026
މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!
22 ޖޫން 2026

މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!

22 ޖޫން 2026
މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!
18 ޖޫން 2026

ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

18 ޖޫން 2026
 ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
18 ޖޫން 2026

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި

18 ޖޫން 2026
އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި
17 ޖޫން 2026

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

17 ޖޫން 2026
ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު
17 ޖޫން 2026

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

17 ޖޫން 2026
ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި
17 ޖޫން 2026

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

17 ޖޫން 2026
ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި
16 ޖޫން 2026

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

16 ޖޫން 2026
ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި
15 ޖޫން 2026

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

15 ޖޫން 2026
 ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް