Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ސައިކަލު އެކްސިޑެންޓް

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާރުމިނުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި. މި ހާދިސާގައި އަނިޔާވި ދިވެހި ފިރިހެން މީހާ އަށް އައިޖީއެމްއެޗްގެ ވޯޑުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 8 ޖޫން 2026 | ހޯމަ 14:46
މީގެ ކުރިން ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.

މީގެ ކުރިން ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. | ސަން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ކަހާލައިގެން ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Advertisement - newsAdvertisement

ފުލުހުންގެ އިދާރާ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓު އެ މުއައްސަސާ އަށް ލިބިފައިވަނީ އާދީއްތަ ދުވަހުގެ ރޭ 9:26 ހާއިރު އެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، އެ ވަގުތު ކަފިހިހުރަހުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލޭގައި ހުންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލުގެ ވޯޑުގައި އެޑްމިޓް ކޮށްގެންނެވެ.

އައިޖީއެމްއެޗުން ވެސް ވަނީ އެ މީހާ އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެ އެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާއެއް ނުވަތަ އޭނާގެ ހާލަތާ ގުޅޭގޮތުން ފުލުހުން ވެެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗްހިތިގަސް މަގުހުޅުމާލެމަގުމަތީ އެކްސިޑެންޓް

އިތުރަށް ކިޔާލަން

07 ޖޫން 2026

ހުޅުމާލޭ ހޮސްޕިޓަލްގައި ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް!

07 ޖޫން 2026
ހުޅުމާލޭ ހޮސްޕިޓަލްގައި ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް!
06 ޖޫން 2026

އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!

06 ޖޫން 2026
އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!
01 ޖޫން 2026

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

01 ޖޫން 2026
ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ
28 މެއި 2026

ޗައިނާގައި މިނިވޭން އަކާއި ލޮރީއެއް ޖެހި 13 މީހުން މަރުވެއްޖެ

28 މެއި 2026
ޗައިނާގައި މިނިވޭން އަކާއި ލޮރީއެއް ޖެހި 13 މީހުން މަރުވެއްޖެ
28 މެއި 2026

ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

28 މެއި 2026
ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު