Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗް

މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ވެއްޓި އަނިޔާވި ބިދޭސީ ދެ މަސައްކަތްތެރިންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ދޫކޮށްފައިވާއިރު، ދެވަނަ މީހާއަށް ވޯޑުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނޭ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ތަހުގީގު ކުރަމުންދާއިރު، އިމާރާތްކުރުމުގެ މަސައްކަތުގައި ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނާޅާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވަމުންދާތީ، މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖޫން 2026 | އާދީއްތަ 09:33
ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް. އަނިޔާވި އެކަކަށް ވޯޑުގައި ދަނީ ފަރުވާ ދެމުން

ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް. އަނިޔާވި އެކަކަށް ވޯޑުގައި ދަނީ ފަރުވާ ދެމުން | ރާއްޖެއެމްވީ

މާލޭ މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:53 ހާއިރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނިޔާވީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

ފުލުހުން ބުނީ މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ދެ މީހުން ވެއްޓުނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި، ދެ މީހުންނަށް ފަރުވާ ދޭން އައިޖީއެމްއެޗަށް އެވަގުތުން ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ. 

ރާއްޖެއެމްވީއަށް އައިޖީއެމްއެޗުން ބުނީ، ދެ މީހުންގެ ތެރެއިން އެކަކަށް އިމަޖެންސީ ރޫމްގައި ފަރުވާ ދިނުމަށްފަހު އާދިއްތަ ދުވަހު ދޫކޮށްލާފައިވާ ކަމަށާއި، ދެވަނަ މީހާ މިހާރު އޮތީ ވޯޑުގައި ކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ. 

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، ރައްކާތެރިކަމެއް ނެތި އުސް އިމާރާތްތަކުގައި ބޭރު ގައުމުތަކަށް ނިސްބަތްވާ މަސައްކަތްތެރިން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި މަސައްކަތް ކުރުވާ ކުންފުނިތަކުން ވެސް މިމައްސަލައަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމަށް ގިނަ އާއްމު ރައްޔިތުން ބުނެ އެވެ. މީގެ ކުރިން ވެސް މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވި މީހުން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ. 

އައިޖީއެމްއެޗްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

28 ޖޫން 2026

އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން

28 ޖޫން 2026
އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން
27 ޖޫން 2026

ހުޅުމާލޭގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 4 ޒުވާނުން ހައްޔަރުކޮށްފި

27 ޖޫން 2026
ހުޅުމާލޭގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 4 ޒުވާނުން ހައްޔަރުކޮށްފި
26 ޖޫން 2026

ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ

26 ޖޫން 2026
ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ
25 ޖޫން 2026

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

25 ޖޫން 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
24 ޖޫން 2026

ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

24 ޖޫން 2026
ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
23 ޖޫން 2026

އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

23 ޖޫން 2026
އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!

22 ޖޫން 2026
މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު