Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަަސްތީން-އިސްރާއީލު

ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްގެ ދަތުރަށް އިސްރާއީލުން ހުރަސްއަޅައިފި

9 ޖުލައި 2026 | ބުރާސްފަތި 02:27

ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލް ފަހުމީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވުމަށް ރާމަﷲ އަށް ކުރައްވަން އުޅުއްވި ދަތުރުފުޅަށް އިސްރާއީލުން ހުރަސްއަޅައިފި. މި ދަތުރުފުޅަށް ހުރަސްއެޅީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކާއި ޔަހޫދީ ވަޒަންވެރިންގެ ހަމަލާތައް އިތުރުވެ، އެ ސަރަހައްދުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 02:27
ޢަރަބި ލީގުގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ނަބީލް ފަހުމީ

ޢަރަބި ލީގުގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ނަބީލް ފަހުމީ | އޭއެފްޕީ

ޢަރަބި ލީގުގެ އާ ސެކްރެޓަރީ ޖެނެރަލް ނަބީލް ފަހުމީ މި މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާމަﷲ އަށް ކުރައްވަން އުޅުއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް އިސްރާއީލުން ހުރަސްއަޅާފައިވާ ކަމަށް ބުދަ ދުވަހު އޭނާ ވިދާޅުވެއްޖެ އެވެ.

ފަހުމީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވުމަށް ރާމަﷲ އަށް ކުރައްވަން އުޅުއްވި ދަތުރުފުޅަށް، "އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހުރަސްއަޅާފައިވާކަން" ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ޢަރަބި ލީގުގެ ސެކްރެޓޭރިއަޓަށް އަންގާފައިވާ ކަމަށެވެ.

ރައީސް މަހްމޫދު އައްބާސްގެ ސަރުކާރުން ބަލަހައްޓަމުން ގެންދަނީ 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކެވެ.

2023 ވަނަ އަހަރު ގާޒާ ހަނގުރާމަ ފެށުނު ފަހުން، ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކާއި، ޔަހޫދީ ވަޒަންވެރިން ދޭ ނުރައްކާތެރި ހަމަލާތަކުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތައް ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ތިބީ އެމީހުންގެ އަވަށްތަކާއި ސިޓީތަކުގައި ބަންދުވެފަ އެވެ. އަދި އެ ސަރަހައްދުތައް ވަށާލާފައިވަނީ ފުޅާވަމުންދާ ޔަހޫދީ އާބާދީތަކާއި ވަޒަންވެރިންނަށް ޚާއްސަ މަގުތަކުން ކަމަށާއި، އިސްރާއީލު ސަރުކާރުގެ ހިމާޔަތާއި ހިތްވަރު ލިބިގެން ޔަހޫދީ ވަޒަންވެރިން ހިންގާ ލާއިންސާނީ އަމަލުތަކާއި ޓެރަރިޒަމްގެ ޝިކާރައަކަށް ފަލަސްތީނު ރައްޔިތުން ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްރުގެ ތަޖުރިބާކާރު ޑިޕްލޮމޭޓެއް ކަމަށްވާ ނަބީލް ފަހުމީ، ގާހިރާގައި މަރުކަޒުވެފައިވާ 22 ގައުމު ހިމެނޭ ޢަރަބި ލީގުގެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ، ސަރަހައްދީ އެއްބައިވަންތަކަން ގާއިމުކުރުމަށް އުފައްދާފައިވާ މި ޖަމާއަތުގެ މައިގަނޑު މަސައްކަތްތައް ފަލަސްތީނުގެ މައްސަލައަށް އެކަނި ހުސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބިނާކޮށް އޭއެފްޕީން އެކުލަވާލާފައިވާ ރިޕޯޓެއް ބުނާގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 1،087 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ހަނގުރާމަވެރިންނާއި އާންމު ރައްޔިތުންވެސް ހިމެނެ އެވެ.

ނަބީލް ފަހުމީއަރަބި ލީގުމަޙްމޫދު އައްބާސްރާމަﷲއިސްރާއީލް-ފަލަސްޠީންވެސްޓް ބޭންކް

އިތުރަށް ކިޔާލަން

09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
07 ޖުލައި 2026

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

07 ޖުލައި 2026
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ
06 ޖުލައި 2026

އިސްރާއީލުގެ ފުލުހަކު ފަލަސްތީނު މީހުން ތިބި ކާރެއްގެ ތެރެއަށް ސްޓަން ގްރެނޭޑެއް އެއްލުމަށްފަހު، ކާރުގެ ދޮރު ބަންދުކޮށްގެން ހިފަހައްޓައިގެން ހުންނަ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

02 ޖުލައި 2026

އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި

02 ޖުލައި 2026
އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި
02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
29 ޖޫން 2026

ޣައްޒާގެ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި 13 އަހަރުގެ އަންހެން ކުއްޖަކާއެކު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި

29 ޖޫން 2026
ޣައްޒާގެ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި 13 އަހަރުގެ އަންހެން ކުއްޖަކާއެކު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި
28 ޖޫން 2026

ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު

28 ޖޫން 2026
ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު
23 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން މަރަމުންދަނީ ގަސްތުގައި: އދ ގެ ތަހުގީގު

23 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން މަރަމުންދަނީ ގަސްތުގައި: އދ ގެ ތަހުގީގު
17 ޖޫން 2026

އިސްރާއީލުން އިބްރާހީމީ މިސްކިތުގެ ކޮންޓްރޯލް އަތުލައިފި: މީގެ މާނައަކީ ކޮބާ؟

17 ޖޫން 2026
އިސްރާއީލުން އިބްރާހީމީ މިސްކިތުގެ ކޮންޓްރޯލް އަތުލައިފި: މީގެ މާނައަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް