Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން މަރަމުންދަނީ ގަސްތުގައި: އދ ގެ ތަހުގީގު

އިސްރާއީލުން ޣައްޒާގެ ސިއްހީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ދަރިފަސްކޮޅު އިތުރުވުމަށް ހުރަސްއެޅި، ކުޑަކުދިން ބަނޑަށް މަރުވުމާއި ބަލިމަޑުކަން ފެތުރުން ފަދަ އިންސާނީ ބޮޑެތި ކާރިސާތަކެއް ކުރިމަތިވަމުންދާކަން އދ. ގެ ރިޕޯޓުގައި ފާހަގަކޮށްފައިވޭ. މީގެ އިތުރުން ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުކޮށް ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެމުންދާއިރު، މިއީ ފަލަސްތީނުގެ މުސްތަގުބަލު ނައްތާލުމަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް އެ ކޮމިޝަނުން ބުނޭ. ނަމަވެސް އިސްރާއީލުން ވަނީ މިއީ އެ ގައުމުގެ އަބުރު ކުޑަކުރުމަށް ތައްޔާރުކޮށްފައިވާ އަސާސެއް ނެތް ރިޕޯޓެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައި.

ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 14:42
މޭ 6، 2026 ގައި ޣައްޒާގެ އުތުރު ސަރަހައްދުގައި ފަލަސްތީނުގެ ކުޑަކުދިން ކާބޯތަކެތި ހޯދުމަށް ކިއޫ ހަދައިގެން ތިބި މަންޒަރު.

މޭ 6، 2026 ގައި ޣައްޒާގެ އުތުރު ސަރަހައްދުގައި ފަލަސްތީނުގެ ކުޑަކުދިން ކާބޯތަކެތި ހޯދުމަށް ކިއޫ ހަދައިގެން ތިބި މަންޒަރު. | ގެޓީ އިމޭޖަސް

އިސްރާއީލުން ގަސްތުގައި ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް އދ. ގެ ތަހުގީގީ ކޮމިޝަނަކުން ބުނެފިއެވެ. އދ. ގެ މި ކޮމިޝަނުން ހާމަކުރި ގޮތުގައި، އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން މަރަމުންދަނީ ގަސްތުގައި ކަމަށާއި، މީގެ ސަބަބުން ގައްޒާގައި ނަސްލު ނައްތާލުމާއި، ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލުން ދަނީ ހަނގުރާމައިގެ ކުށްތައް ހިންގަމުންނެވެ.

އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ ހިފާފައިވާ ބިންތަކާއި އިސްރާއީލާ ގުޅޭ ކަންކަން ބެލުމަށް އދ. އިން އައްޔަންކޮށްފައިވާ މިނިވަން ބައިނަލްއަގުވާމީ ތަހުގީގީ ކޮމިޝަނުން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާ ގައި ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ އުދުވާންތައް ވަނީ ދިރާސާކޮށްފައެވެ. މި ރިޕޯޓުން ދައްކާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި މަރާލާފައިވާ މީހުންގެ 30 އިންސައްތައަކީ ކުޑަކުދިންނެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާގެ ތުއްތު ކުދިންނަށް ފަރުވާދޭ  މަރުކަޒުތަކަށާއި މާބަނޑު މީހުންގެ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ފަލަސްތީނުގެ ދަރިފަސްކޮޅު އިތުރުވުމަށާއި އަލަށް އުފަންވާ ކުދިން ދިރިތިބުމަށް ވަނީ ސީދާ ގޮތުން ހުރަސް އެޅިފައެވެ. މީގެ ސަބަބުން ބަނޑަށް ދަރިފުޅު މަރުވުމާއި، އައިބުތަކާއެކު ކުދިން އުފަންވުމުގެ އިތުރުން، ސިއްހީ ގޮތުން ދާއިމީ ނިކަމެތިކަމެއް ކުދިންނަށް ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރު އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެޅި ހުރަސްތަކުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނަށް ބޮޑެތި ތަކުލީފުތަކެއް ތަހައްމަލުތަކެއް ކުރަން ޖެހުނު ކަމަށް ރިޕޯޓުގައިވެއެވެ. މިގޮތުން ބަނޑުހައިހޫނުކަމުގެ ސަބަބުން ކުދިން މަރުވުމާއި، ވެކްސިން ދިނުން ހުއްޓުމަކަށް އައުމާ ގުޅިގެން ބަލިމަޑުކަން އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

"ހެކިތަކުން ދައްކާ ގޮތުގައި ފަލަސްތީނުގެ ކުޑަކުދިންނަކީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ގަސްތުގައި އަމާޒުކޮށް މަރަމުންދާ ބައެއް،" ކޮމިޝަނުގެ މުގައްރިރު ސްރިނިވަސަން މުރަލިދާރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން ވެސް، އިސްރާއީލުން އެ އެއްބަސްވުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކުޑަކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމަށް އެއްވެސް ބެލުމެއް ނެތި، ކުދިން މެރުމާއި ބޮޑެތި އަނިޔާތައް ދިނުން ކުރިއަށް ގެންދާ ކަމަށެވެ.

މި ކޮމިޝަނަކީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ހާއްސަ ބައްދަލުވުމެއްގައި 27 މޭ 2021 ގައި އުފެއްދި ކޮމިޝަނެކެވެ. މި ކޮމިޝަން އުފެއްދީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ އަމަލުތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ތަހުގީގުކޮށް، އިސްރާއީލާއި ފަލަސްތީނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމުގެ އަސްލު ސަބަބުތައް ދެނެގަތުމަށެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައި، އިސްރާއީލުން ޣައްޒާގެ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ނިންމޭނެ އެކަށީގެންވާ ސަބަބުތައް ހުރި ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ކޮމިޝަނުން ބުނި ގޮތުގައި، 1948 ވަނަ އަހަރުގެ 'ޖެނޮސައިޑް ކޮންވެންޝަން' ގައި ބަޔާންކޮށްފައިވާ ނަސްލު ނައްތާލުމުގެ ފަސް އަމަލުގެ ތެރެއިން ހަތަރު އަމަލެއް އިސްރާއީލުން ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި މީހުން މެރުމާއި، ހަށިގަނޑަށާއި ނަފްސަށް ބޮޑެތި އަނިޔާ ދިނުމާއި، ވަކި ނަސްލެއް ނައްތާލުމަށް މަގުފަހިވާނެ ފަދަ ހާލަތްތައް ކުރިމަތިކުރުވުމާއި، ދަރިފަސްކޮޅު އިތުރުވުން ހުއްޓުވުމަށް ފިޔަވަޅު އެޅުން ހިމެނެއެވެ.

އދ. ގެ ކުޑަކުދިންނާ ބެހޭ އިދާރާ (ޔުނިސެފް) އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށި ފަހުން 50،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރާލާފައި ނުވަތަ ޒަހަމްކޮށްލާފައެވެ.

އެ އިދާރާއިން ފާހަގަކުރި ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހު "ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ" އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި، އެވްރެޖްކޮށް ކޮންމެ ދުވަހަކު ފަލަސްތީނުގެ ކުޑަކުއްޖަކު ދަނީ މަރާލަމުންނެވެ.

ހޯމަ ދުވަހު އދ. އިން ވަނީ އިންސާނީ އެހީދޭ ޖަމިއްޔާތަކާއި ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް ފަލަސްތީނުގައި މަސައްކަތް ކުރުމަށް ހުރަސްތައް ކުރިމަތިވެ، މަސައްކަތްތައް މަދުކުރަން ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަން ކުޑަވަމުންދާ ކަމުގެ އިންޒާރު ދީފައެވެ.

މަރާލުމާއި ޒަހަމްކޮށްލުމުގެ އިތުރުން، ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުކޮށް، އިސްރާއީލުގެ ޖަލުތަކުގައި އަނިޔާކުރުމާއި، ޖިންސީ ގޯނާ ހިމެނޭހެން އިހާނެތި އެކި އަމަލުތައް ހިންގަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ.

މި މަހުގެ ކުރީކޮޅު އަލްޖަޒީރާއިން ނެރުނު "ބޮޑީސް އޮފް އެވިޑެންސް" ނަމަކަށް ކިޔާ ތަހުގީގީ ޑޮކިއުމެންޓްރީގައި، އިސްރާއީލުގެ އަސްކަރިއްޔާއާއި ޖަލުތަކުގެ އިދާރާތަކުން ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ސިޔާސަތެއްގެ ގޮތުން ފަލަސްތީނުގެ ހައްޔަރީންނާ ދެކޮޅަށް ޖިންސީ އަނިޔާއާއި ލާއިންސާނީ އަމަލުތައް ހިންގަމުންދާކަން ވަނީ ހާމަކޮށްފައެވެ.

މި ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ހައްޔަރުކުރުމަށްފަހު ބޮޑީ ސާޗް ކުރި، އަދި ބައެއް ކުދިން ތަކުރާރުކޮށް ބޮޑީ ސާޗް ކުރި ފަލަސްތީނުގެ ކުޑަކުދިންނާ އިންޓަވިއުކޮށްފައެވެ.

އިސްރާއީލުން ޣައްޒާ ހަނގުރާމަ ފެށި ފަހުން، ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާއި ކުޑަކުދިން ހައްޔަރުކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ޑިފެންސް ފޯ ޗިލްޑްރަން އިންޓަނޭޝަނަލް-ޕަލަސްޓައިން' (ޑީސީއައިޕީ) އިން މާޗް މަހު ބުނި ގޮތުގައި، މިދިޔަ އަހަރުގެ ނިޔަލަށް އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ކުޑަކުދިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިން ބައިތިއްބާފައި ތިބީ އެއްވެސް ދައުވާއެއް ނުވަތަ ޝަރީއަތެއް ނެތިއެވެ.

އދ. ގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި ޔަތީމުޚާނާތަކާއި ތައުލީމީ މަރުކަޒުތައް ވެސް އިސްރާއީލު ސިފައިން ވަނީ ސުންނާފަތިކޮށްފައެވެ. މީގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންގެ ނަފްސާނީ، އިޖުތިމާއީ އަދި ތައުލީމީ ކުރިއެރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އދ. ގެ ކޮމިޝަނުން ބުނީ ކުޑަކުދިންނަށް ހަމަލާދިނުމުގައި ޒިންމާވާ އިސްރާއީލުގެ އަސްކަރީ ޔުނިޓްތައް ދެނެގަނެވިފައިވާ ކަމަށާއި، ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ ކަމަށެވެ.

"ޣައްޒާއާއި ހުޅަނގު އައްސޭރީގައި ބޮން އެޅުމާއި ބަޑިޖެހުން ހުއްޓުނު ކަމުގައި ވިޔަސް، ފަލަސްތީނުގެ ކުޑަކުދިންނަށް ލިބިފައިވާ ގެއްލުންތަކުން އެއްދުވަހުން އަލުން އަނބުރާ އިއާދައެއް ނުވެވޭނެ،" މުރަލިދާރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ކުޑަކުދިންނަށް ރައްކާތެރިކަމާއި އަޅާލުން ލިބުމާއި އެކުދިން ދިރިތިބުމަކީ، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމުގެ ހައްގާ ވަކިނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދިނުމުން އިސްރާއީލުން އެ މަސައްކަތް ކުރަނީ ފަލަސްތީނުގެ ދަރިފަސްކޮޅު ދެމިއޮތުމަށާއި އެމީހުންގެ މުސްތަގުބަލު ކަނޑައެޅުމަށް އޮތް ގާބިލުކަން ނައްތާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖެނީވާގައި ހުންނަ އިސްރާއީލުގެ މިޝަނުން ވަނީ މި ރިޕޯޓަކީ "އަބުރު ގެއްލުވާލުމަށް ތައްޔާރުކޮށްފައިވާ ދޮގު ރިޕޯޓެއް" ކަމަށް ބުނެ ރިޕޯޓު ބަލައިގަތުމަށް އިންކާރުކޮށްފައެވެ. 

މަސްދަރު: އަލް ޖަޒީރާ

ޣައްޒާއިޒްރޭލް-ފަލަސްޠީން

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހައިގެ އެއްބަސްވުމަށްފަހު ޣައްޒާ ގައި ޝަހީދުކޮށްލި މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް

ސުލްހައިގެ އެއްބަސްވުމަށްފަހު ޣައްޒާ ގައި ޝަހީދުކޮށްލި މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް

17 ޖޫން 2026
އިސްރާއީލުން އިބްރާހީމީ މިސްކިތުގެ ކޮންޓްރޯލް އަތުލައިފި: މީގެ މާނައަކީ ކޮބާ؟

އިސްރާއީލުން އިބްރާހީމީ މިސްކިތުގެ ކޮންޓްރޯލް އަތުލައިފި: މީގެ މާނައަކީ ކޮބާ؟

17 ޖޫން 2026
ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ޔަހޫދީން ހުޅުޖަހައިފި

ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ޔަހޫދީން ހުޅުޖަހައިފި

17 ޖޫން 2026
2027 ވަނަ އަހަރުގެ ކުރީ ކޮޅު ރިޔާސީ އިންތިޚާބު ބާއްވަން ފަލަސްޠީނުގެ ރައީސް އައްބާސް ނިންމަވައިފި

2027 ވަނަ އަހަރުގެ ކުރީ ކޮޅު ރިޔާސީ އިންތިޚާބު ބާއްވަން ފަލަސްޠީނުގެ ރައީސް އައްބާސް ނިންމަވައިފި

16 ޖޫން 2026
އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ

16 ޖޫން 2026

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު