Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި

2 ޖުލައި 2026 | ބުރާސްފަތި 17:27

އިސްރާއީލުގެ މިސްކިތްތަކުގައި ބަންގިގޮވުމަށް ލައުޑްސްޕީކަރު ބޭނުންކުރުން މަނާކުރާ ބިލެއް އެ ގައުމުގެ ކްނެސެޓުން ފާސްކުރުމާ ގުޅިގެން، މިއީ ދީނީ މިނިވަންކަމާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ނަސްލީ ތަފާތުކުރުމުގެ އަމަލެއް ކަމަށް އޯއައިސީން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 17:27
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ ހެބްރޮންގައި ހުންނަ މިސްކިތެއްގެ މުންނާރު

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ ހެބްރޮންގައި ހުންނަ މިސްކިތެއްގެ މުންނާރު | ގެޓީ އިމޭޖަސް

އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް (ކްނެސެޓް) އިން ފާސްކުރި ބިލު، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކުށްވެރިކޮށްފި އެވެ.

އޯއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ މި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށާއި، މިއީ ނަސްލީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ ގާނޫނީ ޖަރީމާއެއް ކަމަށެވެ. އަދި މިއީ ދީނީ މިނިވަންކަމާއި އަޅުކަން ކުރުމުގެ ހައްގުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ސަގާފީ އަދި ދީނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

120 މެންބަރުން ހިމެނޭ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ 50 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 36 މެންބަރުން ވޯޓު ދީފައިވެ އެވެ. މި ބިލުގައި ބުނެފައިވަނީ، ކުރިން ހޯދަންޖެހޭ ހާއްސަ ހުއްދައެއް ނެތި އެއްވެސް މިސްކިތެއްގައި އަޑުގަދަކުރާ ނިޒާމެއް ހަރުކުރުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.

މި ބިލް ގާނޫނަކަށް ވުމުގެ ކުރިން، މަޖިލީހުގައި އިތުރު ތިން ފަހަރެއްގެ މަތިން ބަހުސްކޮށް ވޯޓަށް އަހަންޖެހޭނެ އެވެ.

އޯއައިސީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ބިލަކީ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ހަނިކޮށް، އަރަބި އަދި އިސްލާމީ ވަންތަކަމަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން ނިންމި ނުރައްކާތެރި ނިންމުމެކެވެ. އަދި މިއީ ދީނީ އަޅުކަންތަކުގެ މުގައްދަސްކަމާއި އިސްލާމީ މުގައްދަސް ބިނާތަކަށް ދިން ސީދާ ހަމަލާއެއްގެ ގޮތުގައިވެސް އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިސްރާއީލްއޯއައިސީފަލަސްތީނުއިޒްރޭލް-ފަލަސްޠީން

އިތުރަށް ކިޔާލަން

02 ޖުލައި 2026

ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް

02 ޖުލައި 2026
ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް
02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
29 ޖޫން 2026

ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ

29 ޖޫން 2026
ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ
29 ޖޫން 2026

ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ

29 ޖޫން 2026
ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ
29 ޖޫން 2026

ޣައްޒާގެ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި 13 އަހަރުގެ އަންހެން ކުއްޖަކާއެކު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި

29 ޖޫން 2026
ޣައްޒާގެ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި 13 އަހަރުގެ އަންހެން ކުއްޖަކާއެކު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި
28 ޖޫން 2026

ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު

28 ޖޫން 2026
ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް