Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް

2 ޖުލައި 2026 | ބުރާސްފަތި 09:23

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައަށް 1،000 ދުވަސް ފުރުނުއިރު، 73،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާކަން ތަފާސްހިސާބުތަކުން ދައްކާ. މި މުއްދަތުގެ ތެރޭގައި ޣައްޒާގެ ބޮޑު ސަރަހައްދެއް ސުންނާފަތިކޮށް، ހީރޯޝީމާއަށް އެޅި އެޓަމިކް ބޮމަށްވުރެ 16 ގުނަ އިތުރަށް ގޮވާތަކެތި ބޭނުންކޮށްފައިވާއިރު، އިސްރާއީލުގެ ހިސާރުގެ ސަބަބުން ޣައްޒާ ރައްޔިތުންގެ ކެތްތެރިކަން ވަނީ ކޮޅުންލާފައި. ސުލްހައިގެ އެއްބަސްވުމަކަށްފަހު ވެސް ހަމަލާތައް މެދުނުކެނޑި ކުރިއަށްދާތީ، އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާ ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ދަނީ އިތުރުވަމުން.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 09:23
ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ އަލް-ޝާތީ ރެފިއުޖީ ކޭމްޕް ކައިރީގައި ހަލާކުވެފައިވާ އިމާރާތްތަކާއި ވަގުތީ ހިޔާވަހިކަން ހޯދުމަށް ހަދާފައިވާ ފޭލިގެތަކުގެ ކައިރިން، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންތަކެއް ހިނގާފައި ދަނީ.

ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ އަލް-ޝާތީ ރެފިއުޖީ ކޭމްޕް ކައިރީގައި ހަލާކުވެފައިވާ އިމާރާތްތަކާއި ވަގުތީ ހިޔާވަހިކަން ހޯދުމަށް ހަދާފައިވާ ފޭލިގެތަކުގެ ކައިރިން، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންތަކެއް ހިނގާފައި ދަނީ. | ގެޓީ އިމޭޖަސް

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ހަނގުރާމައަށް 1،000 ދުވަސް ފުރުމާ ގުޅިގެން، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ މުހިންމު ތަފާސްހިސާބުތަކެއް ހިމެނޭ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންތައްތަކަކީ:

  • އިސްރާއީލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފަ އެވެ.
  • އިސްރާއީލުގެ އެއްގަމު މަގުން ދޭ ހަމަލާތަކާއި، މަޖުބޫރުން މީހުން ހުސްކުރުމަށް ނެރޭ އަމުރުތަކުގެ ސަބަބުން ޣައްޒާގެ ބިމުގެ 80 އިންސައްތަ ސަރަހައްދެއް މިހާރު އޮތީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގަ އެވެ.
  • އިސްރާއީލުން ޣައްޒާއަށް ގާތްގަނޑަކަށް 223،000 ޓަނުގެ ގޮވާތަކެތި އަޅާފައިވެ އެވެ. މިއީ 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއަށް އެޓަމިކް ބޮން އެޅިއިރު ބޭނުންކުރި ގޮވާތަކެތީގެ މިންވަރަށްވުރެ 16 ގުނަ އިތުރު އަދަދެކެވެ.
  • 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ މަދުވެގެން 73،066 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެ ތެރޭގައި އިމާރާތްތަކުގެ ދަށުގައިވެގެން ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ 9،500 މީހުން ހިމެނެ އެވެ.
  • ޝަހީދުވި މީހުންގެ ތެރެއިން 21،500 އަށްވުރެ ގިނަ މީހުންނަކީ ކުޑަކުދިންނެވެ. މީގެ ތެރޭގައި އެއް އަހަރު ނުފުރޭ 1،022 ތުއްތު ކުދިން ހިމެނެ އެވެ.
  • ޣައްޒާގައި އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި މަދުވެގެން 262 ނޫސްވެރިންނާއި، ފަލަސްތީނުގެ ސިވިލް ޑިފެންސްގެ 145 މުވައްޒަފުންގެ އިތުރުން ފަލަސްތީނުގެ 928 ކުޅިވަރު އެތުލީޓުން ވަނީ ޝަހީދުކޮށްލާފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ކުރިމަގަކީ ކޮބާ؟

ހަނގުރާމައިގެ 1،000 ވަނަ ދުވަހު ޣައްޒާގެ ހާލަތު އޮތް ގޮތަށް ބަލާލާއިރު:

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިއުލާންކުރި "ސުލްހައިގެ އެއްބަސްވުމަށް" ފަހު އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ބޮޑުބަޑީގެ ހަމަލާތައް މަދުވި ނަމަވެސް، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް ދަނީ ދެމުންނެވެ. އެއާއެކު ސުލްހައިގެ އެއްބަސްވުން ގާއިމުކުރި ފަހުން ވެސް ފަލަސްތީނުގެ 1،053 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. މީގެ ތެރޭގައި 350 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، ހަމަ މި މުއްދަތުގައި 3،400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

އިސްރާއީލުން ޣައްޒާގެ ބިންތަކަށް އަތްގަދަކުރަމުންދާ ދިއުމުގެ ސަބަބުން، ވަކި އިންތަކެއް ކަނޑައެޅިފައި ނުވާ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވަމުންދާ ކަމަށް އދ. އިން ބުދަ ދުވަހު ވަނީ އިންޒާރު ދީފައެވެ.

ޣައްޒާއަށް ވަދެނިކުމެވާ ހުރިހާ ބޯޑަރުތަކެއް އިސްރާއީލު ސިފައިން ވަނީ ބަންދުކޮށް ނުވަތަ ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. މީގެ މާނައަކީ ޣައްޒާ އަދިވެސް އޮތީ އިސްރާއީލުގެ ފުރިހަމަ ހިސާރުގެ ދަށުގައެވެ. އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތުމުގެ ސަބަބުން، އަސާސީ ސާމާނު ނުލިބިގެން 17 ހޮސްޕިޓަލެއްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް އދ. އިން މިދިޔަ މަހު ވަނީ ހާމަކޮށްފަ އެވެ.

1،000 ދުވަހުގެ ހަނގުރާމައަށްފަހު، ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް ފަލަސްތީނުގެ ގިނަ ރައްޔިތުން ބުނެ އެވެ. އެތައް ލައްކަ ބަޔަކު ދިރިއުޅެމުންދަނީ އަސާސީ ޚިދުމަތްތަކެއް ނެތް ފޭލިގެތަކުގަ އެވެ. ނުވަތަ ބޮން އަޅައި ސުންނާފަތިކޮށްފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ތެރޭގަ އެވެ.

ބައިނަލްއަގުވާމީ ސިއްހީ މާހިރުންނާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ މާހިރުން ލަފާކުރި ގޮތަށް، މިދިޔަ އޮގަސްޓް މަހު ޣައްޒާ ސިޓީގައި ވަނީ ބޮޑު ތަދެއް ނުވަތަ ބަނޑުހައިހޫނުކަން އިއުލާންކޮށްފަ އެވެ. ނަމަވެސް، ޣައްޒާގެ މަދަނީ ކަންކަން ވިލަރެސްކުރާ އިސްރާއީލުގެ އަސްކަރީ އިދާރާ ކަމަށްވާ ކޯގަޓް (COGAT) އިން ބުނެފައިވަނީ، ޣައްޒާއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު އެ ސިޓީގެ ރައްޔިތުންގެ ކާނާގެ ބޭނުންތަކަށްވުރެ މާ އިތުރު ކަމަށެވެ.

ޣައްޒާއިސްރާއީލްފަލަސްތީނުއިސްރާއީލު-ޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
30 ޖޫން 2026

ޣައްޒާގެ ފަހާ މީހަކު ބޭކާރުވެފައިވާ ފޮތިކޮޅުތައް ބޭނުންކޮށްގެން އަންހެން ކުދިންނަށް ހެދުން ފަހައިދެނީ

30 ޖޫން 2026
ޣައްޒާގެ ފަހާ މީހަކު ބޭކާރުވެފައިވާ ފޮތިކޮޅުތައް ބޭނުންކޮށްގެން އަންހެން ކުދިންނަށް ހެދުން ފަހައިދެނީ
29 ޖޫން 2026

ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ

29 ޖޫން 2026
ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ
29 ޖޫން 2026

ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ

29 ޖޫން 2026
ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
27 ޖޫން 2026

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ޤާއިމު ކުރި އެއްބަސްވުމުގެ 14 ނުކުތާ އެމެރިކާ އިން ހާމަ ކޮށްފި

27 ޖޫން 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ޤާއިމު ކުރި އެއްބަސްވުމުގެ 14 ނުކުތާ އެމެރިކާ އިން ހާމަ ކޮށްފި
26 ޖޫން 2026

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ

26 ޖޫން 2026
އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް