Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

7 ޖުލައި 2026 | އަންގާރަ 06:17

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައި. މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން އީރާނަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުލިބި ސަރަހައްދީ މަސްލަހަތު ވަނީ އިތުރަށް ގޯސްވެފައި.

ރާއްޖެ އެމްވީ | 7 ޖުލައި 2026 | އަންގާރަ 06:17
ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ އުޅަނދުފަހަރުތަކެއް ފެންނަ މަންޒަރެއް

ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ އުޅަނދުފަހަރުތަކެއް ފެންނަ މަންޒަރެއް | ޕްރެސް ޓީވީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހޯމަ ދުވަހުގެ ރޭ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އާންމު މުދާ އުފުލާ ދެ އުޅަނދަކަށް މަދުވެގެން ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ރިޕޯޓްކޮށްފި އެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، މި ހަމަލާތަކުގެ ސަބަބުން މުދާ އުފުލާ ދެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މީގެ އިތުރުން، އޮމާންގެ ލީމާގެ އިރުމަތިން ދަތުރުކުރި ތެޔޮ ބޯޓެއްގައި، ކޮން އެއްޗެއްކަން ނޭނގޭ އެއްޗަކުން ޖެހި އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަލިފާން ރޯވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީން ވަނީ ބުނެފަ އެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން އަންގާރަ ދުވަހުގެ ފަތިހު ބުނި ގޮތުގައި، ލީމާގެ އިރުމަތިން ގާތްގަނޑަކަށް 8 ނޯޓިކަލް މޭލު (15 ކިލޯމީޓަރު) ބޭރުން ދެކުނަށް ދަތުރުކުރަމުންދިޔަ އެ ތެޔޮ ބޯޓުގެ ވާތްފަރާތުގައި އެއްޗަކުން ޖެހުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރިކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށްވެސް އެ އެޖެންސީން ބުނެ އެވެ.

އެކްސިއޯސްގެ ރިޕޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، އެ ރިޕޯޓުގައި ބުނާ އުޅަނދުތަކުގެ ތެރޭގައި ޔޫ.ކޭ.އެމް.ޓީ.އޯ އިން ފާހަގަކުރި ތެޔޮ ބޯޓު ހިމެނޭތޯ ބެލުމަށް ރޮއިޓާސް އިން ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން ރޮއިޓާސް އިން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަކި އެއްޗެއް ބުނުމަށް އެދުމުން، އެ އިދާރާއިން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މި ރިޕޯޓުތަކުން ހާމަވަނީ ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މައިގަނޑު މަގު ކަމަށްވާ، އީރާނާއި އޮމާންއާ ދެމެދު އޮންނަ ހަނި ކަނޑުއޮޅި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އޮތް ނުރައްކާ ބޮޑުވެފައިވާ މިންވަރެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ފެށުނު ހަނގުރާމައިގެ ތެރޭގައި، އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމުތައް ހިމެނޭ ވަގުތީ އެއްބަސްވުމެއް އޮތް ނަމަވެސް، އާންމު މުދާ އުފުލާ އުޅަނދުފަހަރަށް ދަނީ ހަމަލާތައް އަމާޒުވަމުންނެވެ.

އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކަށް ސިޔާސީ ހައްލެއް ހޯދުމަށް 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމެއް އިއުލާނުކުރި ނަމަވެސް، އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާކޮށް ކުރިއަށްދިޔަ މަޝްވަރާތައް މިދިޔަ ހަފުތާގައި ނިމިގެންދިޔައީ ދާއިމީ ސުލްހައަކަށް މަގުފަހިވާނެ އެއްވެސް ކުރިއެރުމެއް ނުލިބި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ، އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް އަންނާނެ ކަމަށާއި، ނޫންނަމަ ފެށި މަސައްކަތް "ނިންމާލާނެ" ކަމަށެވެ. އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގެ ތެރެއިން، ޓްރަމްޕް މިވަނީ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަލުން އާކުރައްވާފަ އެވެ.

އުޅަނދުތަކަށް ހަމަލާދޭން ތައްޔާރު

އީރާނުގެ އައިއާރުޖީސީ އިން މިދިޔަ ހަފުތާ ބަންދުގައި މެރިޓައިމް ރޭޑިއޯ މެދުވެރިކޮށް އުޅަނދުފަހަރަށް އިންޒާރު ދެމުން ބުނެފައިވަނީ، "އަހަރެމެންގެ މިސައިލްތަކާއި ޑްރޯންތައް ހުރީ ތިޔަ އުޅަނދުތަކަށް ހަމަލާދޭން ތައްޔާރަށް" ކަމަށެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ހޯމަ ދުވަހު މިކަން ރިޕޯޓްކޮށްފައިވަނީ އެ އިދާރާއަށް ލިބިފައިވާ ރެކޯޑިންއަކާ ހަވާލާދީ އެވެ.

އިންވެސްޓަރުން ދަނީ ހުރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކަށް ވަރަށް ގާތުން ފާރަވެރިވަމުންނެވެ. ހަމައެއާއެކު، ގަލްފުގެ ގައުމުތަކުން ބޭރުކުރާ ތެލުގެ މިންވަރު އިއާދަވަމުންދާ ގޮތްވެސް އެފަރާތްތަކުން ދަނީ ބަލަމުންނެވެ.

މަސްދަރު: ރޮއިޓާސް

އީރާންއެމެރިކާ-އީރާންއިސްރާއީލްއޮމާންހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި

06 ޖުލައި 2026
ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

05 ޖުލައި 2026
ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ
05 ޖުލައި 2026

އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ

05 ޖުލައި 2026
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ
05 ޖުލައި 2026

އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި

05 ޖުލައި 2026
އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި
05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
04 ޖުލައި 2026

މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް

04 ޖުލައި 2026
މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް