Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި

8 ޖުލައި 2026 | ބުދަ 07:14

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރުތަކަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، އެ ގައުމުގެ ތެލުގެ ސިނާއަތަށް ދީފައިވާ ލުއިތައް އެމެރިކާއިން އުވާލައިފި. ގަތަރުގެ އުޅަނދެއް ހިމެނޭހެން ދިން މި ހަމަލާތައް ގަތަރާއި އެމެރިކާއިން ކުށްވެރިކޮށްފައިވާއިރު، މިއީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް އެ ގައުމުތަކުން ބުނޭ. މި ފިޔަވަޅާއެކު ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 07:14
ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ އޮމާންގެ އުތުރު މުސަންދަމް ޕެނިންސިއުލާގެ އައްސޭރިފަށުގައި ބައެއް އުޅަނދުފަހަރު ބަނދަރުކޮށްފައި ހުރި މަންޒަރު.

ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ އޮމާންގެ އުތުރު މުސަންދަމް ޕެނިންސިއުލާގެ އައްސޭރިފަށުގައި ބައެއް އުޅަނދުފަހަރު ބަނދަރުކޮށްފައި ހުރި މަންޒަރު. | ގެޓީ އިމޭޖަސް

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ހިންގަމުންދާ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ބުނެ، އެ ގައުމުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދީފައިވާ ލުއިތައް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އަންގާރަ ދުވަހު އުވާލައިފި އެވެ.

މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރުތަކަކަށް ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ސަރަހައްދުގައި އީރާނުން ހިންގި އަމަލުތަކަކީ އެމެރިކާއަށް އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، އެކަމުގެ ނަތީޖާއާ އެ ގައުމުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މިދިޔަ ޖޫން މަހު އިއުލާންކުރި މި ލުއިތަކުގެ ދަށުން، އީރާނަށް ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތައް އުފައްދައި، ވިއްކައި އަދި އެކްސްޕޯޓް ކުރުމުގެ ހުއްދަ އަންނަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮތީ ދީފަ އެވެ.

ކަނޑުދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާއި ގަތަރުން ބުނާ ގޮތުގައި، ވޮޝިންގްޓަނުން މި ފިޔަވަޅު އަޅާފައިވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން ޓޭންކަރަކަށް، އޭގެ ތެރޭގައި ގަތަރުގެ އެލްއެންޖީ އުޅަނދެއް ހިމެނޭހެން، ހަމަލާދީފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލައިގައި ސުލްހަވެރިކަމާއެކު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގަތަރުން ވެސް ވަނީ އީރާނުން ދިން މި ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

އެމެރިކާއާއެކު ގާއިމުކުރި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށްފަހު، އީރާނުން އެ ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައި ނަމަވެސް، ފަހުން ހިނގި މި ހާދިސާތަކާއެކު ކަނޑުދަތުރުފަތުރުގެ މިނިވަންކަމާ މެދު އޮތް ކަންބޮޑުވުންތައް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ.

ނަން ހާމަނުކުރުމަށް އެދި އަންގާރަ ދުވަހު ވާހަކަދެއްކެވި އެމެރިކާގެ އޮފިޝަލް ވިދާޅުވީ، އީރާނާއެކު ވެފައިވާ ފަހުމުނާމާއަކީ މުޅިންވެސް އެ ގައުމުގެ އަމަލުތައް ހުންނަ ގޮތުގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އީރާނަށް އެއްވެސް މަންފާއެއް ލިބޭނީ އެ ގައުމުން "ރަނގަޅު އަމަލުތަކެއް" ދައްކައިގެން ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

ނަމަވެސް، އެމެރިކާގެ މަޝްވަރާވެރިން ދާއިމީ އެއްބަސްވުމަކަށް ދިއުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށުނު ހަމަނުޖެހުންތައް ދާއިމީކޮށް ހުއްޓާލުމަށްޓަކައި ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި، ގަލްފުގެ ހަކަތަ އެކްސްޕޯޓް ކުރާ މައި މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލާ މެދު އެއްބަސްވުމަކަށް އައުމަކީ އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.

މަސްދަރު: އޭއެފްޕީ

އީރާންގަތަރުޓްރެޒަރީ ޑިޕާޓްމަންޓްއީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

08 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި

08 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި
08 ޖުލައި 2026

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

08 ޖުލައި 2026
ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން
08 ޖުލައި 2026

އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް

08 ޖުލައި 2026
އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް
07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!

07 ޖުލައި 2026
ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!
07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
07 ޖުލައި 2026

ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

07 ޖުލައި 2026
ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް