Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުރްމުޒް ކަނޑުއޮޅި

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ގަތަރުގެ "އަލް ރަކައްޔާތު" ޓޭންކަރަށް އީރާނުން ދިން މިސައިލް ހަމަލާއަކާ ގުޅިގެން އުޅަނދުގެ އިންޖީނު ރޫމުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ. މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ، އޭގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށް ގަތަރުން ވަނީ ބުނެފައި. މި ހާދިސާއާއެކު، ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތަކުގެ ސަލާމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި.

ރާއްޖެ އެމްވީ | 7 ޖުލައި 2026 | އަންގާރަ 14:33
އީރާނުގެ ކަނޑުގެ ސަރަހައްދީ މަގުތަކާ ގުޅޭގޮތުން އެ ގައުމުން ދީފައިވާ އިންޒާރުތަކަށް ފަރުވާލެއް ނުބަހައްޓައި ދަތުރުކުރި ތެޔޮ ޓޭންކަރަކަށް، ހުރްމުޒް ކަނޑުއޮޅި ކައިރިން ހަމަލާއެއް ވަނީ އަމާޒުވެފައި

އީރާނުގެ ކަނޑުގެ ސަރަހައްދީ މަގުތަކާ ގުޅޭގޮތުން އެ ގައުމުން ދީފައިވާ އިންޒާރުތަކަށް ފަރުވާލެއް ނުބަހައްޓައި ދަތުރުކުރި ތެޔޮ ޓޭންކަރަކަށް، ހުރްމުޒް ކަނޑުއޮޅި ކައިރިން ހަމަލާއެއް ވަނީ އަމާޒުވެފައި | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅި ކައިރިން ގަތަރުގެ "އަލް ރެކައްޔާތު" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަށް ދިން ހަމަލާއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށާއި ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށް ދިން ބަލައިގަނެވޭނެ ފަދަ ހަމަލާއެއް ނޫން ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

މި ހާދިސާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ސަރަހައްދީ ސަލާމަތާއި ކަނޑުދަތުރުފަތުރަށް ނުރައްކާވާ ފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ އީރާނަށް ގޮވާލައްވާފަ އެވެ. އަދި މި ހަމަލާއާއި އޭގެ ސަބަބުން ލިބޭ އެންމެހައި ގެއްލުންތަކާއި ނަތީޖާތަކުގެ ފުރިހަމަ ގާނޫނީ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ގަތަރުގެ ގުދުރަތީ ގޭސް (އެލް.އެން.ޖީ) އުފުލާ "އަލް ރަކައްޔާތު" ޓޭންކަރުގެ އިންޖީނު ރޫމުގައި ރޯވި އަލިފާނުގެ ސަބަބުން، އެ އުޅަނދު ގޮވައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވާ މަސްދަރަކުން އަންގާރަ ދުވަހު ރޮއިޓާސްއަށް ބުނެފައިވެއެވެ.

މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، "އަލް ރަކައްޔާތު" އަށް ގެއްލުން ލިބުނީ ހުރްމުޒް ކަނޑުއޮޅި ކައިރިންނެވެ. އެއީ ރޭގަނޑުގެ ވަގުތެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން އެ ސަރަހައްދުގެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ގުދުރަތީ ގޭސް ބަރުކޮށްގެން ދަތުރުކުރި މި އުޅަނދަށް ހަމަލާ އެރުމާ ގުޅިގެން، އެހީތެރިކަމަށް އެދި ޑިސްޓްރެސް ސިގްނަލް ފޮނުވާފައިވާ ކަމަށް އެއް މަސްދަރަކުން ބުނެފައިވެ އެވެ.

ނަމަވެސް އުޅަނދުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް މަސްދަރުތަކުން ބުނެ އެވެ. އަދި އުޅަނދުގެ އިންޖީނު ރޫމުގައި ރޯވެ، ދުންބޯވެފައިވުމުގެ ސަބަބުން އިތުރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރުމަށް ފަޅުވެރިންނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

މި ހާދިސާއިން ހާމަވެގެންދަނީ، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުމެއްގެ ދަށުން އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިވީ ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކަށް އޮތް ނުރައްކާ އަދިވެސް ބޮޑުކަމެވެ. ދުނިޔޭގެ ތެޔޮ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ހަނި ކަނޑުއޮޅީގެ ކޮންޓްރޯލް އޮތް ކަމަށް އީރާނުން ބުނަމުންދާއިރު، މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

"ސަތޭކަ އިންސައްތަ ރައްކާތެރި އީރާނުގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާނަމަ، އޭގެ މާނައަކީ އަހަރެމެން އީރާނާއެކު މުއާމަލާތްކޮށް، ހުރްމުޒް ކަނޑުއޮޅި އޮތީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ގަބޫލުކުރުން. އެކަމަކު އެމެރިކާ ނުވަތަ އޮމާންގެ ސަރަހައްދުން ދަތުރުކޮށްފިނަމަ ހަމަލާ އަމާޒުވޭ،" މަސްދަރަކުން ކިޔައިދިނެވެ.

"ދަތުރުކުރުމުގެ ހުއްދަ އެމެރިކާއިން ދޭ. އެކަމަކު މަގުމަތީގައި ކަމެއް ދިމާވެއްޖެނަމަ އެމީހުން ބުނަނީ ކުރިއަށް ދިއުމާއި ނުވަތަ އެނބުރި ދިއުމަކީ ކަލޭމެންގެ އަމިއްލަ ނިންމުމެކޭ،" އެ މަސްދަރުން އިތުރަށް ބުންޏެވެ.

މި މައުލޫމާތު ދިން ފަރާތްތަކުން މީޑިއާއާ ވާހަކަދެއްކުމުގެ ހުއްދަ ނެތުމުން، އެމީހުންގެ ނަން ހާމަނުކުރުމަށް ވަނީ އެދިފަ އެވެ.

"އަލް ރަކައްޔާތު" އަކީ ދުނިޔޭގެ އެންމެ ބޮޑު އެލް.އެން.ޖީ ޝިޕިން ފްލީޓް ހިންގާ ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީ ލިމިޓެޑް (ނަކިލާތު) ގެ މިލްކުވެރިކަމުގެ ދަށުން ހިންގާ އުޅަނދެކެވެ. އެލް.އެސް.އީ.ޖީ ޝިޕިން ޑޭޓާއިން ދައްކާ ގޮތުގައި، މި އުޅަނދުގެ ލޮކޭޝަން އެންމެ ފަހުން ފެނިފައިވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. މިއީ އެ އުޅަނދުގެ ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެން ދަތުރުކުރަމުންދާކަމުގެ ނިޝާނެކެވެ.

މަސްދަރު: އަލް އަރަބިއްޔާ

ގަތަރުއީރާންއެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

07 ޖުލައި 2026

ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!

އީރާނުގެ ރޫހާނީ ލީޑަރުގެ ޖަނާޒާގައި ބައިވެރިވުމަށް ލިބުނު ދައުވަތު ގަބޫލުކޮށް، ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރަކު ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ ކޮން ބޭފުޅެއްކަން ހާމަކުރަން ވަނީ އިންކާރުކޮށްފައި. މިކަމާ ގުޅިގެން ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތާމެދު ސުވާލު އުފެދިފައިވާއިރު، އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި އެ ޖަނާޒާގައި ރާއްޖޭގެ ރަސްމީ އެއްވެސް މަންދޫބަކު ބައިވެރިއެއް ނުވޭ. އެހެންކަމުން، މައުލޫމާތު ސިއްރުކޮށް ސަރުކާރުން އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި.

07 ޖުލައި 2026
ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައި. މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން އީރާނަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުލިބި ސަރަހައްދީ މަސްލަހަތު ވަނީ އިތުރަށް ގޯސްވެފައި.

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި

ތެހެރާންގައި ކުރިއަށްދާ ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތް ތަކުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފައި. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކަށް ފަހު، މި ޙަރަކާތް ތަކަކީ އީރާންގެ ސާބިތުކަމާއި، ވަރުގަދަކަން ދައްކުވައި ދިނުމަށް އެ ޤައުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް.

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

ޖަނާޒާގައި ބައިވެރިވި މީހުން ވަނީ ޓްރަމްޕް މަރަން ގޮވާލައި، ބެނާ ތަކާއި، ބޯޑުތައް ހިފައިގން ތިބެފައި. މީގެ އިތުރުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯ ހިމެނޭ ބެނާތައް ވެސް ފެނިފައިވޭ.

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ކަނޑު ދަތުރުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ޤަތަރުން ދީފި

މިދިޔަމިނިސްޓްރީގެ ބަޔާނުގައި ކަނޑު ދަތުރު ފަތުރު ކުރާ ހުރިހާ ފަރާތް ތަކަކަށް އިލްތިމާސްކޮށްފައި ވަނީ، ދަތުރު ތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖަ އަށް ކަށަވަރު ކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުންދާ ކަނޑު ދަތުރު ފަތުރުގެ ގަވާއިދު ތަކާއި، އުސޫލު ތަކަށް ފުރިހަމަ އަށް ބޯލެނބުމަށް.

05 ޖުލައި 2026
ކަނޑު ދަތުރުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ޤަތަރުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު