Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

7 ޖުލައި 2026 | އަންގާރަ 06:27

އީރާން އިން އަބަދު ވެސް އިސްކަން ދެނީ ހަމަހަމަ އުސޫލެއްގެ މަތިން ކުރިއަށްދާ މަޝްވަރާ ތަކަށް ކަމަށް އަރާގްޗީ ވިދާޅުވި. ނަމަވެސް، ބާރުގެ ބޭނުން ކޮށްގެން ނުވަތަ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ބިރު ދައްކައިގެން އީރާން ކުޑަ ކަކޫ ނުޖެއްސޭނެ ކަމަށް ވެސް އަރާގްޗީ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 06:27
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް ކުރިމަތި ކުރަމުންދާ ބިރު ދެއްކުންތަކާއި، ފިއްތުންތައް ހުއްޓާނުލާ ހިނދެއްގައި، ނިއުކްލިއާ މައްސަލަ ނުވަތަ އެ ނޫން ވެސް ދާއިރާ އަކުން ފައިނަލް އެއްބަސްވުމަށް އައުމަށް ކުރެވޭ އެއްވެސް މަޝްވަރާއެއް ފެށުމަށް ގަސްދު ނުކުރާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެެވެ. 

އަރާގްޗީ މިހެން ވިދާޅުވީ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. 

އެގޮތުން އަރާގްޗީ ވިދާޅުވީ، މަޝްވަރާގެ މޭޒަށް ދިޔުމުގެ ކުރިން ބިރު ދެއްކުމުގެ އުސޫލުތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި އީރާން އިން އަބަދު ވެސް އިސްކަން ދެނީ ހަމަހަމަ އުސޫލެއްގެ މަތިން ކުރިއަށްދާ މަޝްވަރާ ތަކަށް ކަމަށް އަރާގްޗީ ވިދާޅުވި އެވެ. ނަމަވެސް، ބާރުގެ ބޭނުން ކޮށްގެން ނުވަތަ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ބިރު ދައްކައިގެން އީރާން ކުޑަ ކަކޫ ނުޖެއްސޭނެ ކަމަށް ވެސް އަރާގްޗީ ވިދާޅުވި އެވެ. 

މީގެ އިތުރުން އަރާގްޗީ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުން އީރާން އާއެކު ސީދާ މަޝްވަރާ ތަކަށް އަންނަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިތުބާރު އުފެއްދުން ކަމަށެވެ. އަދި ހަރުކަށި ބަސްމަގާއި، އިންޒާރުތައް ދިނުމަކީ މައްސަލަ އަށް އޮތް ހައްލެއް ނޫން ކަމަށާއި، އޭގެ ސަބަބުން މަޝްވަރާގެ މާހައުލު އިތުރަށް ގޯސްވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރާގްޗީގެ ހަރުކަށި ބަސްތައް އައިސްފައި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅިގެން ހުޅަނގުގެ ގައުމު ތަކުން ފިއްތުންތައް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައި އެވެ. އީރާން އިން ތަކުރާރުކޮށް ބުނަމުން ދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތް ތަކަކީ ސުލްޙަވެރި ބޭނުން ތަކަށް ކުރާ މަސައްކަތް ތަކެއް ކަމަށެވެ. ނަމަވެސް އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމު ތަކުން ދަނީ އީރާންއާ ދެކޮޅަށް އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އީރާންގެ އައު ސަރުކާރުން ބޭރުގެ ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅު ކުރަން ބޭނުންވާކަން ހާމަ ކޮށްފައިވީ ނަމަވެސް، އެ ގައުމުގެ ގައުމީ މަސްލަހަތާއި އިސްތިގުލާލަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ދޫ ނުދޭނެ ކަމަށް އަރާގްޗީގެ ވާހަކަ ތަކުން ސާފުވެފައިވެ އެވެ.  އެހެންކަމުން ކުރިއަށް އޮތް ތަނުގައި މަޝްވަރާތައް ކުރިއަށް ދާނީ ބިރު ދެއްކުމުގެ ސިޔާސަތު ތަކަށް ބަދަލު އައުމުން ކަމަށް ބެލެވެ އެވެ.

އީރާން-އެމެރިކާއީރާން-އިސްރާއީލުއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
05 ޖުލައި 2026

އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި

05 ޖުލައި 2026
އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި
04 ޖުލައި 2026

މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟

04 ޖުލައި 2026
މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
03 ޖުލައި 2026

އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް

03 ޖުލައި 2026
އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް
03 ޖުލައި 2026

އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

03 ޖުލައި 2026
އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
03 ޖުލައި 2026

ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް

03 ޖުލައި 2026
ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް