Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

7 ޖުލައި 2026 | އަންގާރަ 05:34

ޓްރަމްޕް ވިދާޅުވީ އެ މަސައްކަތް ނިންމާލުމަކީ އެމެރިކާ އަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް. އެހެން ނަމަވެސް، 90 މިލިއަން މީހުންނަށް އަސަރު ކުރަން ބޭނުން ނުވާ ކަމަށާއި، އެއްބަސްވުމަކަަށް ދާން ބޭނުން ވަނީ އެ ސަބަބާ ހުރެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 05:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އާއި އެމެރިކާއާ ދެމެދު ދާއިމީ އެއްބަސްވުމަކަށް އާދެވޭނެ ކަމަށާއި، އެހެން ނޫން ނަމަ އީރާން ނައްތާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު އަންނަނީ ދާއިމީ އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، އެކަމުގައި މިހާތަނަށް އަލި މަގެއް ފެނިފައި ނުވާއިރު، މަޝްވަރާތައް މެދު ކަނޑާލާފައި ވަނީ އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔުމަށެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން ކަމަށެވެ. އެހެން ނޫނީ އެމެރިކާ އިން މަސައްކަތް ނިންމާލުން ނުވަތަ އީރާން ނައްތާލުން ކަަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އެކަން ފާހަގަކޮށް ޓްރަމްޕް ވިދާޅުވީ އެ މަސައްކަތް ނިންމާލުމަކީ އެމެރިކާ އަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، 90 މިލިއަން މީހުންނަށް އަސަރު ކުރަން ބޭނުން ނުވާ ކަމަށާއި، އެއްބަސްވުމަކަަށް ދާން ބޭނުން ވަނީ އެ ސަބަބާ ހުރެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.  

އީރާންއާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަ.

އީރާން އަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ބަރާބަރު އެއް ގަޑިއިރުގެ ތެރޭގައި އީރާންގެ ބްރިޖުތައް ވައްޓާލެވޭނެ ކަމަށާއި، އަދި އެ ޤައުމުގެ ހަކަތައިގެ ނިޒާމު ފުނޑާލެވޭނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އީރާންގައި މިހާރު ފައިސާއެއް ނެތް ކަމަަށާއި، އެމެރިކާ އިން އެއްވެސް ފައިސާއެއް ދީފައި ވެސް ނުވާނެ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އީރާންގައި މިހާރު ކުރިއަށް ގެންދާ ޚާމަނާއީގެ ޖަނާޒާގައި އެ ޤައުމު ފެނިގެން ދަނީ ވަރަށް ވަރުގަދަ ކޮށެވެ. ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވާ އީރާންގެ ރައްޔިތުން ވަނީ، ޓްރަމްޕް މަރާލުމަށް ވެސް ގޮވާލައިފަ އެވެ. އަދި އެމެރިކާ އާއި އިޒްރޭލްއާ މެދު އެ މީހުންގެ ހިތުގައި އޮތް ރުޅިވެރިކަން ވަނީ ދައްކާލައިފަ އެވެ. 

ޓްރަމްޕްގެ މި އިންޒާރު ތަކުން ސާފު ވަނީ، އެމެރިކާ އިން އޮތީ އަދި ވެސް އީރާންއާ ދެކޮޅަށް ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިސްރާއީލުއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
06 ޖުލައި 2026

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

06 ޖުލައި 2026
ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
05 ޖުލައި 2026

އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް

05 ޖުލައި 2026
އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް
05 ޖުލައި 2026

ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި

05 ޖުލައި 2026
ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި
05 ޖުލައި 2026

އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި

05 ޖުލައި 2026
އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި
05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
04 ޖުލައި 2026

މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟

04 ޖުލައި 2026
މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް