Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާާން-އެމެރިކާ

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

8 ޖުލައި 2026 | ބުދަ 05:50

އައިއާރުޖީސީގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ގުޅިގެން ހިންގި މި ޚާއްސަ އޮޕަރޭޝަނުގައި މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެން އެމެރިކާގެ އަސްކަރީ މަރުކަޒު ތަކުގެ ތެރެއިން މުހިންމު 85 ތަނަކަށް ހަމަލާ ދީފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2026 | ބުދަ 05:50
އީރާންގެ ވެރި ރަށް ތެހެރާންގެ އިންގިލާބު މައިދާނުގައި ހުންނަ އިމާރާތެއްގައި ހަރުކޮށްފައިވާ އީރާންގެ ގައުމީ ދިދަ ކައިރިން އުޅަނދު ފަހަރު ދަތުރު ކުރަނީ.

އީރާންގެ ވެރި ރަށް ތެހެރާންގެ އިންގިލާބު މައިދާނުގައި ހުންނަ އިމާރާތެއްގައި ހަރުކޮށްފައިވާ އީރާންގެ ގައުމީ ދިދަ ކައިރިން އުޅަނދު ފަހަރު ދަތުރު ކުރަނީ. | ރޮއިޓާސް

ބަަހްރައިން އާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފަައިވާ ކަމަށް، އީރާންގެ އިސްލާމިކް ރިވޕޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ. 

 އައިއާރުޖީސީގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ގުޅިގެން ހިންގި މި ޚާއްސަ އޮޕަރޭޝަނުގައި މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެން އެމެރިކާގެ އަސްކަރީ މަރުކަޒު ތަކުގެ ތެރެއިން މުހިންމު 85 ތަނަކަށް ހަމަލާ ދީފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައި އެވެ.

އައިއާރުޖީސީ އިން ހާމަ ކޮށްފައިވާ ގޮތުގައި މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓް ބޭސް، ނުވަތަ ފަސް ވަނަ ފްލީޓްގެ މަރުކަޒަށާއި، ކުވެއިތުގައި ހުންނަ އަލީ އަލް ސާލިމް އެއާބޭސް އަށެވެ. މި ދެ ތަނަކީ ވެސް މެދު އިރުމަތީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ހިންގުމުގައި ބޭނުންކުރާ އެންމެ މުހިންމު ދެ މަރުކަޒެވެ.

މި ހަމަލާ ތަކަކީ އެމެރިކާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، އިސްލާމްއާބާދު އެއްބަސްވުމާ ޚިލާފު ވުމުން އެކަމަށް ދިން ފުރަތަމަ ރައްދު ކަމަށް އީރާން އިން ބުނެ އެވެ. އޭގެ ކުރިން އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓު ތަކުން ވަނީ އީރާންގެ އަސްކަރީ މަރުކަޒު ތަކަށާއި، އަސްކަރީ ނޫން ބައެއް ތަންތަނަށް ވައިގެ މަގުން ހަމަލާ ދީފައި އެވެ. އީރާން އިން ބުނާ ގޮތުގައި އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފަށް ހިންގި އުދުވާނެކެވެ.

މީގެ އިތުރުން އައިއާރުޖީސީ އިން ތުހުމަތު ކުރާ ގޮތުގައި އެމެރިކާ އިން މި ހަމަލާތައް ދީފައި ވަނީ އީރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއިގެ ޖަނާޒާއާ ދިމާކޮށެވެ. އެމެރިކާގެ ބޭނުމަކީ އެ ތާރީޚީ ރަސްމިއްޔާތުގެ މުހިންމުކަން ކުޑަކޮށް، ދުނިޔޭގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުން ކަމަށް ވެސް އީރާންގެ އަސްކަރިއްޔާ އިން ބުނެފައިވެ އެވެ.

މި ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ހޫނުވެފައި އެވެ. އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ލިބުނު ގެއްލުން ތަކުގެ ތަފްސީލު އަދި މިހާތަނަށް އެމެރިކާގެ ދިފާއީ ވުޒާރާ އިން ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، މި ހަމަލާ ތަކަކީ ފަހުގެ ތާރީޚެއްގައި އީރާން އިން އެމެރިކާގެ މަރުކަޒު ތަކަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް

އިތުރަށް ކިޔާލަން

08 ޖުލައި 2026

އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް

08 ޖުލައި 2026
އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް
07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
07 ޖުލައި 2026

ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

07 ޖުލައި 2026
ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ
07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
05 ޖުލައި 2026

އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި

05 ޖުލައި 2026
އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި
05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
03 ޖުލައި 2026

އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް

03 ޖުލައި 2026
އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް
03 ޖުލައި 2026

އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

03 ޖުލައި 2026
އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް