Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް

8 ޖުލައި 2026 | ބުދަ 05:44

އެމެރިކާގެ ސެންޓްކޮމް އިން ބުނެފައި ވަނީ އީރާން އިން ދައްކަމުން އަންނަ ދެކޮޅުވެރި ކަމާއި، އެ ޤައުމުގެ އަމަލު ތަކުގެ ސަބަބުން ހަނގުރާމަ މެދު ކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ ފުށުއަރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2026 | ބުދަ 05:44
2026 ވަނަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު އާންމު ކޮށްފައިވާ ވީޑިއޯ އަކުން ނަގާފައިވާ މި ފޮ ޓޯއިން ފެންނަނީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުގައި އީރާންގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްގެ މަންޒަރު.

2026 ވަނަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު އާންމު ކޮށްފައިވާ ވީޑިއޯ އަކުން ނަގާފައިވާ މި ފޮ ޓޯއިން ފެންނަނީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުގައި އީރާންގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްގެ މަންޒަރު. | ސޯޝަލް މީޑިއާ

ހުރްމުޒް ކަނޑު އޮޅީގައި ވިޔަފާރީގެ ބޯޓު ތަކަށް އީރާން އިން ހަމަލާދިން ކަމަށް ބުނެ، އެމެރިކާގެ ސިފައިން ބުދަ ދުވަހުގެ ރޭ އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދިނުމަށް ފަހު، އެކަމުގެ ސަބަބުން އީރާން އަށް ބޮޑެތި ގެއްލުން ތަކެއް ލިބިގެން ދާނެ ކަމަށް ބުނެފި އެވެ. 

އެމެރިކާގެ މެދު ތެރޭ ސަރަހައްދުގެ ކޮމާންޑް އިން ނެރުނު ބަޔާނެއްގައި ބުނީ، ބައިނަލްއަގުވާމީ ކަނޑު މަގު ތަކުގައި ދަތުރުކުރާ، އަދި އާންމު ރައްޔިތުން މަސައްކަތް ކުރާ ވިޔަފާރީގެ ބޯޓު ތަކަށް ހަމަލާ ދިނުމުގެ ސަބަބުން އީރާން އަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށާއި، ވަރުގަދަ ހަމަލާ ތަކެއް ދިނުން ފަށާފައިވާ ކަމަށެވެ.

އެމެރިކާގެ ސެންޓްކޮމް އިން ވަނީ މި ބަޔާން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައި އެވެ. 

ފާއިތުވި ދުވަސް ތަކުގައި ހުރްމުޒް ކަނޑު އޮޅީގައި ދަތުރު ކުރަމުންދިޔަ ވިޔަފާރީގެ ތިން ބޯޓަކަށް އީރާން އިން ހަމަލާ ދީފައިވާ ކަމަށް އެމެރިކާގެ ސިފައިން ބުނެފައިވެ އެވެ. މި ހަމަލާ ތަކުގައި ޤަތަރުގެ އަދި ސައުދީ އަރަބިއްޔާގެ ބޯޓުތައް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ސެންޓްކޮމް އިން ބުނެފައި ވަނީ އީރާން އިން ދައްކަމުން އަންނަ ދެކޮޅުވެރި ކަމާއި، އެ ޤައުމުގެ އަމަލު ތަކުގެ ސަބަބުން ހަނގުރާމަ މެދު ކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ ފުށުއަރާ ކަމަށެވެ.

އީރާން އިން ހުރްމުޒް ކަނޑު އޮޅީގައި ހަމަލާދިން ކަމަށް ބުނެ އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ، އީރާންގެ ތެލުގެ ވިޔަފާރި ކުރުމަށް ދީފައިވާ ހާއްސަ ހުއްދަތައް އެމެރިކާ އިން ބާތިލު ކުރިތާ ގަޑިއިރު ތަކެއް ފަހުންނެވެ. އީރާން އިން ހުރްމުޒް ކަނޑު އޮޅީގައި ދިން ހަމަލާ ތަކަކީ، އެމެރިކާ އަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އެކަމުގެ ނަތީޖާ ގޯސް ވާނެ ކަމަށް އެމެރިކާ އިން ބުނެފައިވެ އެވެ. 

މި ހަމަލާ ތަކަކީ ހުރްމުޒް ކަނޑު އޮޅި މެދުވެރިކޮށް ދަތުރުކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ ބޯޓު ތަކުގެ ސަލާމަތާ ގުޅޭ ގޮތުން ކުރިމަތި ވެފައިވާ ކަންބޮޑުވުންތައް އިތުރަށް ބޮޑު ވެގެންދާ ކަމެއް ކަމަށް ބައިނަލްއަޤުވާމީ ތަޖުރިާބާކާރުން ދެކެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިސެންޓްކޮމް

އިތުރަށް ކިޔާލަން

07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
07 ޖުލައި 2026

ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

07 ޖުލައި 2026
ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
05 ޖުލައި 2026

އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި

05 ޖުލައި 2026
އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި
05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
04 ޖުލައި 2026

މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް

04 ޖުލައި 2026
މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް