Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީރާން-ދިވެހިރާއްޖެ

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި

8 ޖުލައި 2026 | ބުދަ 06:55

އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކަމުގެ ތަފުސީލު ހާމަކުރުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިންކާރުކޮށްފައި. އެ ޖަނާޒާގައި ބައިވެރިވި އޮފިޝަލަކީ ކޮބައިކަން ސާފުކޮށްދިނުމުގެ ބަދަލުގައި، އެ މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ ބުނެފައި. ގިނަ ގައުމުތަކަކުން އެ ގައުމުތަކުގެ މަންދޫބުންގެ މައުލޫމާތު ހާމަކޮށްފައިވާއިރު، ދިވެހި ސަރުކާރުން މިކަން ސިއްރުކުރާތީ ޖަނާޒާގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވިތޯ މިހާރު ވަނީ ސުވާލު އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖުލައި 2026 | ބުދަ 06:55
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ | ހާރިޖީ ވުޒާރާ

އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާ އާޔަތުﷲ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލުގެ މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް މިއަދުވެސް ނާކާމިޔާބުވެއްޖެ އެވެ.

ޚާމަނާއީގެ ޖަނާޒާގައި ގަލްފް ސަރަޙައްދުގެ އެމްބަސީއެއްގައި ހުންނެވި ސަފީރަކު ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ހާމަ ކުރުމަށް ސަރުކާރުން ފަސްޖެހެމުންދާއިރު، ޚާމަނާއީގެ ޖަނާޒާގެ ދައުވަތު ޤަބޫލުކޮށް، އެ ޖަނާޒާގައި ރާއްޖެއިން ބައިވެރިނުވާކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އެހެންވެ އެކަމުގެ ހަގީގަތް ހޯދާލުމަށް ރާއްޖެއެމްވީން ތަކުރާރުކޮށް ޚާރިޖީ ވުޒާރާއަށް ގުޅި ނަމަވެސް، މިއަދާ ހަމައަށްވެސް އެ ވުޒާރާއިން ސާފު ޖަވާބެއް ދީފައެއް ނުވެ އެވެ. ބުދަ ދުވަހުވެސް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އެ ވުޒާރާއަށް ގުޅާފައިވާއިރު، ވުޒާރާއިން ވާހަކަ ދެއްކި އިންފޮމޭޝަން އޮފިސަރު ވަނީ އެ މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހެޅުމަށް ބުނެފަ އެވެ.

އަވަހާރަކޮށްލެވުނު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުންނާއި 20 މިލިއަނެއްހާ އާއްމުން ތެހެރާނަށް ޖަމާވެފައިވާއިރު، އެކި ޤައުމުތަކުން ޖަނާޒާގައި ބައިވެރިވި ރަސްމީ އޮފިޝަލުންގެ މައުލޫމާތުތައް ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ރާއްޖެއިން އެ މައުލޫމާތު ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާތީ ހަގީގަތުގައިވެސް ރާއްޖެއިން ޖަނާޒާގައި ބައިވެރިވިތޯ މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.

އީރާނުގެ އެންމެ މަތީވެރިޔާ އަވަހާރަ ވުމާ ގުޅިގެން، އިސްލާމީ ގައުމެއްގެ ވެރިޔަކު އަވަހާރަވުމުން ރާއްޖޭގައި ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލަށް ވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމަލު ކޮށްފަ އެއް ނުވެ އެވެ. އެންމެ ކުޑަމިނުން އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާވެސް ކިޔާފަ އެއް ނުވެ އެވެ.

އާޔަތުﷲ ޚާމަނާއީއީރާންއާރު.ޓީ.އައިއީރާން-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!

07 ޖުލައި 2026
ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ
05 ޖުލައި 2026

އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ

05 ޖުލައި 2026
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ
04 ޖުލައި 2026

މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟

04 ޖުލައި 2026
މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
04 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!

04 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް