Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި

6 ޖުލައި 2026 | ހޯމަ 09:00

ތެހެރާންގައި ކުރިއަށްދާ ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތް ތަކުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފައި. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކަށް ފަހު، މި ޙަރަކާތް ތަކަކީ އީރާންގެ ސާބިތުކަމާއި، ވަރުގަދަކަން ދައްކުވައި ދިނުމަށް އެ ޤައުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 09:00
އީރާންގެ ވެރި ރަށް ތެހެރާނުގައި ކުރިއަށްދާ ޚާމަނާއީގެ ޖަނާޒާ އަށް އެއްވެފައި ތިބި މީހުން.

އީރާންގެ ވެރި ރަށް ތެހެރާނުގައި ކުރިއަށްދާ ޚާމަނާއީގެ ޖަނާޒާ އަށް އެއްވެފައި ތިބި މީހުން. | ރޮއިޓާސް

އީރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ހަރަކާތްތައް ހޯމަ ދުވަހު އެ ޤައުމުގެ ވެރި ރަށް ތެހެރާންގައި ފަށައިފި އެވެ.

ތެހެރާންގައި ކުރިއަށްދާ ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތް ތަކުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފައި އެވެ. އެމެރިކާ އާއި އިސްރާއީލުގެ ހަމަލާ ތަކަށް ފަހު، މި ޙަރަކާތް ތަކަކީ އީރާންގެ ސާބިތުކަމާއި، ވަރުގަދަކަން ދައްކުވައި ދިނުމަށް އެ ޤައުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. 

ނަމަވެސް، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ ޖަނާޒާގެ އެއްވެސް ޙަރަކާތެއްގައި އީރާންގެ މިހާރުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބައިވެރިވެ ވަޑައިގެންފައި ނުވާތީ އެވެ. ބައްޕާފުޅު އަވަހާރަ ކޮށްލި ފަހުން، ރޫހާނީ ލީޑަރުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ނަމަވެސް، މިހާތަނަށް މުޖުތަބާ އާންމުންގެ ތެރެއިން ފެނިވަޑައިގެންފައި ނުވެ އެވެ. 

އީރާންގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ތެހެރާންގެ އިރުމަތީގައި ހުންނަ އިމާމް ޙުސައިން މައިދާނަށް އެއްވެފައި އެވެ. އާދީއްތަ ދުވަހު އޮތް ޖަނާޒާގެ ޙަރަކާތުގައި ވެސް އެތައް ހާސް ބަޔަކު ބައިވެރިވެފައިވެ އެވެ. އެގޮތުން ޚާމަނާއީގެ އިތުރުން އާއިލާގެ ހަތަރު ބޭފުޅުންނަށް އިޙްތިރާމް ކުރުމުގެ ގޮތުން ގިނަ ބަޔަކު އެއްވެފައިވެ އެވެ. 

ހޯމަ ދުވަހުގެ ޙަރަކާތް ތަކަށް ފަހު އަންގާރަ ދުވަހު ޚާމަނާއީގެ ހަށިކޮޅު ގެންދެވޭނީ އިރާޤުގެ ނަޖަފް އާއި ކަރުބަލާ އަށެވެ. އަދި އެއަށް ފަހު ބުރާސްފަތި ދުވަހު އަލުން އީރާން އަށް ގެނެސް، މަޝްހަދުގައި ޚާމަނާއީގެ ހަށިކޮޅު ފަސްދާނު ލެވޭނެ އެވެ. 

އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ޖަނާޒާގެ ޙަރަކާތް ތަކުގައި ޚާމަނާއީގެ ހަތަރު ދަރިކަލުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. ނަމަވެސް، އޭގެ ތެރެއިން ވެސް މުޖުތަބާ ފެންނަން ނެތުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނެވެ. ބައެއް ފަރާތް ތަކުން ބުނެފައި ވަނީ ބައްޕާފުޅު އަވަހާރަ ކޮށްލަން ދިން ހަމަލާގެ ސަބަބުން، މުޖުތަބާ އަށް ވެސް އަނިޔާ ތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، އެ އަނިޔާގެ ތަފްސީލު ތަކެއް ހާމަވެފައި ނުވެ އެވެ. 

އާދީއްތަ ދުވަހުގެ ޖަނާޒާ ޙަރަކާތުގެ ތެރެއިން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އައު ކޮމާންޑަރު އަޙުމަދު ވަހީދީ ވަނީ ފެނިފަ އެވެ. މީގެ އިތުރުން ގުދުސް ފޯސްގެ ވެރިޔާ އިސްމާއީލް ޣާނީ ވެސް ވަނީ ޖަނާާޒާގެ ތެރެއިން ފެނިފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާންއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ
05 ޖުލައި 2026

އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ

05 ޖުލައި 2026
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ
04 ޖުލައި 2026

މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟

04 ޖުލައި 2026
މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
04 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!

04 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!
04 ޖުލައި 2026

ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ

04 ޖުލައި 2026
ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް