Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޚާމަނާއީގެ ޖަނާޒާ

ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!

7 ޖުލައި 2026 | އަންގާރަ 13:26

އީރާނުގެ ރޫހާނީ ލީޑަރުގެ ޖަނާޒާގައި ބައިވެރިވުމަށް ލިބުނު ދައުވަތު ގަބޫލުކޮށް، ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރަކު ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ ކޮން ބޭފުޅެއްކަން ހާމަކުރަން ވަނީ އިންކާރުކޮށްފައި. މިކަމާ ގުޅިގެން ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތާމެދު ސުވާލު އުފެދިފައިވާއިރު، އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި އެ ޖަނާޒާގައި ރާއްޖޭގެ ރަސްމީ އެއްވެސް މަންދޫބަކު ބައިވެރިއެއް ނުވޭ. އެހެންކަމުން، މައުލޫމާތު ސިއްރުކޮށް ސަރުކާރުން އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2026 | އަންގާރަ 13:26
އީރާންގެ ވެރި ރަށް ތެހެރާންގައި ކުރިއަށްދިޔަ ޚާމަނާއީގެ ޖަނާޒާ އަށް އެއްވެފައި ތިބި މީހުން.

އީރާންގެ ވެރި ރަށް ތެހެރާންގައި ކުރިއަށްދިޔަ ޚާމަނާއީގެ ޖަނާޒާ އަށް އެއްވެފައި ތިބި މީހުން. | ރޮއިޓާސް

މައުލޫމާތު ސިއްރު ކުރުމާއި، ނޫސްވެރިންނަށް މައުލޫމާތު ނުދީ ހިފެހެއްޓުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އަނެއްކާވެސް އިތުރު ބޮޅެއް މިވަނީ އިތުރުވެފަ އެވެ. މި ދައްކަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވީ ކޮން ބޭފުޅެއްތޯ ކުރި ސުވާލުގެ ޖަވާބު ނުދީ ހިފަހައްޓަން ސަރުކާރުން ކުރަމުންދާހާ މަސައްކަތުގެ ވާހަކަ އެވެ.

އީރާނުގެ ލީޑަރުގެ ޖަނާޒާގައި ބައިވެރިވުމަށް އެ ގައުމުން ފޮނުވި ރަސްމީ ދައުވަތު ލިބިފައިވާ ކަމަށާއި، އެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ފަރާތުން ބައިވެރިވާނީ ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރެއް ކަމަށެވެ.

ނަމަވެސް، އެއީ ކޮން ސަފީރެއްތޯ ސުވާލުކުރުމުން ޝަރީފް އެ ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރެއްވި އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ، އެ ސަރަހައްދުގައި ރާއްޖޭގެ ހަތަރު އެމްބަސީއެއް ހުރި ކަމަށާއި، އޭގެ ތެރެއިން މިޝަނެއްގެ މަންދޫބަކު ޖަނާޒާގައި ބައިވެރިވާނެ ކަމަށެވެ. އޭރު ރާއްޖެއަށްވުރެ އެތައް ގޮތަކުން ބޮޑެތި، ޚާރިޖީ ގޮތުން "މުސްކުޅި"، ތަޖުރިބާހުރި ޤައުމުތަކުންވެސް އޮތީ އެ ޤައުމަކުން ދާނެ އޮފިޝަލުންގެ ނަން މީޑިއާތަކަށް ހިއްސާކޮށްފަ އެވެ.

މި ޖަވާބުގެ ސަބަބުން ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އިސްލާމީ ގައުމެއްގެ އެންމެ އިސްވެރިޔަކު އަވަހާރަވެގެން ޖަނާޒާއެއްގައި ބައިވެރިވާ ދައުލަތުގެ މަންދޫބަކީ ކޮބައިކަން ހާމަކުރުމަކީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ނޫނެވެ. އަދި އެއީ ސިއްރު ކުރަންޖެހޭ ފަދަ ޖާސޫސީ މައުލޫމާތެއް ވެސް ނޫނެވެ. އެއީ ހަމަ އެކަނި ޑިޕްލޮމެޓިކް އާންމު މައުލޫމާތެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ބައިނަލްއަގުވާމީ ރަސްމިއްޔާތުތަކަށް ފޮނުވާ މަންދޫބުންގެ މައުލޫމާތު އާންމުކޮށް ހާމަކުރެ އެވެ. ހާއްސަކޮށް، ސިޔާސީ ނުވަތަ ދީނީ ގޮތުން ނުފޫޒުގަދަ ޝަހުސިއްޔަތެއްގެ ޖަނާޒާގައި ގިނަ ގައުމުތަކުގެ ވަފުދުތައް ބައިވެރިވާކަން އާންމުކޮށް އެނގެން އޮންނަ ހާލަތްތަކުގައި މިފަދަ މައުލޫމާތު ހާމަކުރުމަކީ އާންމު އުސޫލެކެވެ.

ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ލިބުނީ ފުރިހަމަނުވާ ޖަވާބެކެވެ. އެއީ ކޮންމެވެސް އެމްބަސީއެއްގެ "ކޮންމެވެސް މީހަކު" ބައިވެރިވާނެ ކަމަށް ބުނުމެވެ.

މި މައްސަލަ އިތުރަށް ސީރިއަސްވީ، ސަރުކާރުން ދައުވަތު ގަބޫލުކުރި ނަމަވެސް، އީރާނުގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ރަސްމީ އެއްވެސް މަންދޫބަކު ބައިވެރިނުވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކޮށްދިން ހިސާބުންނެވެ. އެއްވެސް ބޭފުޅަކު ބައިވެރިނުވާ ނަމަ، މިވަރުގެ ބޮޑު ދޮގެއް ހަދަން ޖެހުނު ސަބަބު ސަރުކާރުން ސާފުކޮށްދޭންޖެހޭނެ އެވެ. ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނެ ބޮޑު ދައުލަތަކުން އެ މިންވަރުގެ ޖަވާބެއްދީގެން ފުއްދައެއް ނުލެވޭނެ އެވެ. މިއީ ރައްޔިތުންނަށް ޖަވާބުދާރީ ވުމުގެ ނުވަތަ ޒިންމާދާރު ސަރުކާރެއްގެ ކޮންފަދަ މިސާލެއް ހެއްޔެވެ؟

އީރާންއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއީރާން-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ
05 ޖުލައި 2026

އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ

05 ޖުލައި 2026
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ
04 ޖުލައި 2026

މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟

04 ޖުލައި 2026
މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
04 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!

04 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!
04 ޖުލައި 2026

ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ

04 ޖުލައި 2026
ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް