Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ

8 ޖުލައި 2026 | ބުދަ 07:16

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣަލިބާފް ވިދާޅުވީ، އެމެރިކާ އިން އީރާން އަށް ހަމަލާދީ، އީރާން އަށް ތެލުގެ ދަތިކުރުންތައް ކުރިމަތިކޮށް، އިތުރު ހަމަލާ ދޭނެ ކަމުގެ ބިރު ދައްކައި، ހުރްމުޒް ކަނޑު އޮޅީގައި އީރާން އިން ގެންގުޅޭ އުސޫލުތަކާ ޚިލާފުވެ އަދި ލިބުނާންއާ ދެކޮޅަށް އިޒްރޭލް އިން ދެމުންދާ ހަމަލާ ތަކަކީ އެއްބަސްވުމާ ޚިލާފުވުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2026 | ބުދަ 07:16
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ހަނގުރާމަ މެދު ކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ، އެމެރިކާ އިން ޚިލާފު ވަމުން އަންނަ ކަމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣަލިބާފް ވިދާޅުވީ، އެމެރިކާ އިން އީރާން އަށް ހަމަލާދީ، އީރާން އަށް ތެލުގެ ދަތިކުރުންތައް ކުރިމަތިކޮށް، އިތުރު ހަމަލާ ދޭނެ ކަމުގެ ބިރު ދައްކައި، ހުރްމުޒް ކަނޑު އޮޅީގައި އީރާން އިން ގެންގުޅޭ އުސޫލުތަކާ ޚިލާފުވެ އަދި ލުބުނާންއާ ދެކޮޅަށް އިޒްރޭލް އިން ދެމުންދާ ހަމަލާ ތަކަކީ އެއްބަސްވުމާ ޚިލާފުވުން ކަމަށެވެ. 

މީގެ އިތުރުން ޣަލިބާފް ވިދާޅުވެފައި ވަނީ ބިރު ދެއްކުމާއި ބާރުގަދަ ކުރުމުގެ ދައުރު މިހާރު ނިމިފައިވާ ކަަމަށެވެ. އަދި އީރާން އަކީ ދަތިކުރުން ތަކުގެ ކުރިމަތީގައި ފަސްޖެހޭނެ ޤައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ އިން ވަނީ އަންގާރަ ދުވަހު އީރާންއާ ދެކޮޅަށް ހަމަލާ ތަކެއް ދީފައި އެވެ. ހޮރްމުޒް ކަނޑު އޮޅިން ދަތުރުކުރި ބޯޓު ތަކަަކަށް އީރާން އިން ހަމަލާ ދީފައިވާ ކަމަށް ބުނެ، އެމެރިކާ އިން ވަނީ އީރާންގެ ތެލުގެ ވިޔަފާރި އަށް ދީފައިވާ ހުއްދަ ބާތިލު ކޮށްފައި އެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި އޮތް އެއްބަސްވުމަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފައި އެވެ. 

އެމެރިކާގެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ވަނީ ހަމަލާ ތަކެއް ދީފައި އެވެ. އެގޮތުން އީރާން އިން ވަނީ ބަހްރެއިން އާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައި އެވެ. އީރާން އިން ބުނެފައި ވަނީ އެ ދެ ޤައުމުގައި ހުރި އެމެރިކާގެ 85 އަމާޒަށް ހަމަލާ ދީފައިވާ ކަމަށެވެ.

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން
Raajje.mv

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

ބައިނަލްއަޤުވާމީ މާހިރުން ބުނާ ގޮތުގައި އެމެރިކާ އިން އީރާންއާ ދެކޮޅަށް ހަމަލާ ދިނުމާއި، އީރާން އަށް ތެލުގެ ދަތިކުރުންތައް ކުރިމަތި ކުރުމަކީ ދެ ޤައުމުގެ ދެ މެދުގައިވާ އެއްބަސްވުމަށް ގޮންޖެހުން ކަމަށާއި، އެކަމުގެ ސަބަބުން މަސްރަހު އިތުރަށް ގޯސާވާނެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިމުހައްމަދު ބާގިރު ގާލިބާފް

އިތުރަށް ކިޔާލަން

08 ޖުލައި 2026

އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި

08 ޖުލައި 2026
އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި
08 ޖުލައި 2026

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

08 ޖުލައި 2026
ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން
08 ޖުލައި 2026

އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް

08 ޖުލައި 2026
އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް
07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
07 ޖުލައި 2026

ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

07 ޖުލައި 2026
ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް