Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

5 ޖުލައި 2026 | އާދީއްތަ 14:08

އީރާނުގެ ކުރީގެ ރޫހާނީ މީޑަރުގެ ޖަނާޒާގައި އެ ގައުމުގެ ހުރިހާ އިސްވެރިން އެއްތަންވެފައި ތިބި ވަގުތު، އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލުމުގެ ގާބިލުކަން އެމެރިކާއަށް ލިބިފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. ނަމަވެސް މަޝްވަރާގެ ފުރުސަތު ދިނުމުގެ ގޮތުން އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށް ޓްރަމްޕް ވިދާޅުވި. މި ޖަނާޒާގައި އެތައް މިލިއަން ބަޔަކު ބައިވެރިވެ އެމެރިކާއާ ދެކޮޅަށް އަޑުއުފުލަމުންދާއިރު، އީރާނުން އޮތީ އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް ބޭނުންވެފައި ކަމަށްވެސް އޭނާ ވިދާޅުވި.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 14:08
އަވަހާރަކޮށްލާފައިވާ އީރާނުގެ އެންމެ މަތީ ލީޑަރުގެ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި އެތައް މިލިއަން ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭ

އަވަހާރަކޮށްލާފައިވާ އީރާނުގެ އެންމެ މަތީ ލީޑަރުގެ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި އެތައް މިލިއަން ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭ | ގެޓީ އިމޭޖަސް

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް "އެންމެ ހަމަލާ" އެއް ދިން ނަމަވެސް އެ އެންމެން ނައްތާލެވިދާނެ ކަމުގެ އިންޒާރު ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވަނީ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް އެއްވެ ތިބި އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް "އެއް ފަހަރު ބަޑިޖަހައިގެން" ނުވަތަ އެއް ހަމަލާއިން އެ އެންމެން ނައްތާލެވިދާނެ ކަމަށެވެ.

ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، އީރާނުގެ އާ ލީޑަރު މުޖުތަބާ ޖަނާޒާގެ ރަސްމިއްޔާތުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ބައިވެރިވުން މަނާކޮށްފައިވާ ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި، ކުރިއަށްދާ ޖަނާގެ ރަސްމިއްޔާތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް "އެކްސިއޯސް" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

އަދި އީރާނުގެ ދީނީ އިލްމުވެރިންނާއި ވެރިންނަށް ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެމެރިކާގެ ޓީމާއި އީރާނުގެ މަންދޫބުން މަޝްވަރާތައް މެދުކަނޑާލައި ހަފުތާއެއްގެ ޗުއްޓީއެއް ދީފައިވާ ކަމަށް ޓްރަމްޕް ތަފްސީލުކޮށްދެއްވި އެވެ.

ނަމަވެސް ޓްރަމްޕް ވިދާޅުވީ، "އެ އެންމެން ތިބީ އެތަނުގައި. އެންމެ ހަމަލާއަކުން [އެ އެންމެން ނައްތާލެވިދާނެ]، އެކަމަކު އަހަރެމެން އެކަމެއް ނުކުރާނަން. ސަބަބަކީ އެހެން ހަދައިފިނަމަ މަޝްވަރާ ކުރާނެ އެއްވެސް މީހަކު ބާކީ ނުވާނެތީ،" ކަމުގައެވެ.

އީރާނުން އޮތީ "އެއްބަސްވުމަކަށް އައުމަށް އެދި އާދޭސްކުރާ" ހާލަތެއްގައި ކަމަށް އެމެރިކާގެ ރައީސް ވިދާޅުވި އެވެ. އަދި ޖަނާޒާގެ ތެރެއިން އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު ފާޅުކުރަމުންދިޔަ އަސަރުގަދަ ޝުއޫރުތަކާ މެދު ހައިރާންވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަވަހާރަވި އާޔަތުﷲ ގެ އަނިޔާވެރި ވެރިކަމުގެ ސަބަބުން ގިނަ އީރާނު ރައްޔިތުން އޭނާ ދެކެ ނަފްރަތު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، "ފަހަރުގައި އެއީ އަސްލު ކަރުނަނޫން ކަމަށް ވެދާނެ" ކަމަށެވެ.

މި ޖަނާޒާގައި 20 މިލިއަނާ ގާތްކުރާ އަދަދަކަށް އީރާނު ރައްޔިތުންނާއި، ސަރަހައްދީ ގައުމުތަކުގެ ވެރިންނާއި، އީރާނުގެ ދީނީ އިސްވެރިން ބައިވެރިވި ނަމަވެސް، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ރަސްމިއްޔާތުތަކުން ފެނިފައެއް ނުވެ އެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން، ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުޖުތަބާ، ޖަނާޒާގައި ބައިވެރިވުން މަނާކޮށްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ޖަނާޒާގެ އެންމެ ފަހު ދުވަހު ބައްޕާފުޅުގެ މައްޗަށް ކަށުނަމާދު އަދާކުރުމުގެ ހުއްދައަށް އޭނާ އެދިވަޑައިގަތް ކަމަށްވެ އެވެ. ނަމަވެސް ސަލާމަތީ އޮފިޝަލުން އިންޒާރު ދިނީ އެކަމުގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމަށާއި، ޖަނާޒާގެ ތެރެއިން އިސްރާއީލުން އާ ލީޑަރަށް އަމާޒުކޮށް ހަމަލާއެއް ނުދޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.

އިސްރާއީލުން އެތަނުގައި އޭނާއަށް ހަމަލާ ނުދިން ނަމަވެސް، އޭނާ ދިރިއުޅުއްވާ ތަން ދެނެގަތުމަށް އިސްރާއީލުން އޭނާގެ ފަހަތްޕުޅުން ފާރަލާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ މަސްދަރުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވެ އެވެ.

މުޖުތަބާ މިހާރު ހުންނެވި ތަނެއް އެނގިފައި ނުވާއިރު، ބައްޕާފުޅު އަވަހާރަވި އެމެރިކާގެ ހަމަލާގައި އޭނާ ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

 މަގާމަށް އޭނާ އައްޔަންކުރި ފަހުން އާންމުންގެ ތެރެއިން ފެނިފައެއް ނުވެ އެވެ.

އީރާނު ސަރުކާރުގެ އިސްވެރިން "ގަރުނުގެ ޖަނާޒާ" ގެ ނަމުން ނަންދީފައިވާ މި ހަރަކާތުގައި އެތައް މިލިއަން ބަޔަކު ބައިވެރިވަމުން ގެންދާއިރު އީރާނުގެ ދިދަ ހޫރުވަމުން "އެމެރިކާ ހަލާކުވެދާށި!" (ޑެތު ޓު އެމެރިކާ) ފަދަ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.

އަދި ރޮމުން ބައެއް މީހުން "އަހަރެމެންގެ ޝިއާރަކީ އެންމެ ބަހެއް: ބަދަލުހިފުން، ބަދަލުހިފުން" އަދި "އަހަރެމެންގެ އިމާމު ގަތުލުކުރި މީހާ އަހަރެމެން މަރާލާނަން" މިފަދައިން ގޮވަމުންދިޔަ އަޑު އިވެމުންދިޔަ އެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، "އަހަރެމެންނަކީ ހިތްހެޔޮ ބަޔަކަށް ވާތީ، ޖަނާޒާ ބޭއްވުމަށްޓަކައި އެމީހުންނަށް [އީރާނަށް] ހަފުތާއެއްގެ މުއްދަތު ދިނީ" ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްއީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީއީރާން-އެމެރިކާއީރާން-އިސްރާއީލު

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!
05 ޖުލައި 2026

އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި

05 ޖުލައި 2026
އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި
04 ޖުލައި 2026

ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި

04 ޖުލައި 2026
ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި
04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
04 ޖުލައި 2026

މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟

04 ޖުލައި 2026
މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
03 ޖުލައި 2026

އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް

03 ޖުލައި 2026
އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް
03 ޖުލައި 2026

އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

03 ޖުލައި 2026
އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
03 ޖުލައި 2026

ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް

03 ޖުލައި 2026
ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް