Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

3 ޖުލައި 2026 | ހުކުރު 06:27

ބުރާސްފަތި ދުވަހު ސީއެންބީސީ އަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އީރާން އިން އެމެރިކާ ބޭނުންވާ ހުރިހާ ކަމަކަށް ވެސް އެއްބަސްވެއްޖެ ކަމަށް. އަދި އީރާން އިން އަމިއްލަ އެކަން ޤަބޫލު ކުރާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2026 | ހުކުރު 06:27
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ދާއިމީ ސުލްޙައެއް ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި، އެމެރިކާ އިން ބޭނުންވާ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ސީއެންބީސީ އަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އީރާން އިން އެމެރިކާ ބޭނުންވާ ހުރިހާ ކަމަކަށް ވެސް އެއްބަސްވެއްޖެ ކަމަށެވެ. އަދި އީރާން އިން އަމިއްލަ އެކަން ޤަބޫލު ކުރާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޤަތަރުން ބުނެފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދިޔަ ނުސީދާ މަޝްވަރާތައް ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ. ޤަތަރުގެ ވެރި ރަށް ދޯހާގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުން އުންމީދު ލިބިފައިވާ ކަމަށާއި، ދެ ވަނަ ބުރުގެ މަޝްވަރާ ތަަކަށް ވެސް ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް ޤަތަރުން ވަނީ ހާމަ ކޮށްފައި އެވެ. 

 މި މަޝްވަރާ ތަކުގެ މަޤުސަދަކީ ދެ ޤައުމުގެ މެދުގައި މީގެ ކުރިން ހިނގި ހަނގުރާމަވެރި އަމަލުތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމާއި، މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާ އާއި އީރާން އިން ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައި އެވެ. ޕާކިސްތާން އާއި ޤަތަރު މެދުވެރި ވެގެން އެކުލަވާލި މި ފަހުމުނާމާގެ ދަށުން، ގިނަ ކަންތައްތަކެއް ހާސިލު ކުރަން ޖެހެ އެވެ. އެގޮތުން 60 ދުވަހުގެ ތެރޭގައި މަޝްވަރާތައް ކުރިއަށް ގެންގޮސް، ދާއިމީ ސުލްޙައެއް ހޯދުމަށް ދެ ޤައުމުން ވެސް މަސައްކަތް ކުރަން ޖެހެ އެވެ. 

ޖުމުލަ 14 ނުކުތާގެ މައްޗަށް ހިމެނޭ މި އެއްބަސްވުމުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ނިންމުމަށް ކުރާ މަޝްވަރާ ތަކުގެ ވަގުތު އަދި ތާވަލެއް ވެސް ވަނީ ކަނޑަ އަޅައިފަ އެވެ. މީގެ އިތުރުން ހުރްމުޒް ކަނޑި އޮޅި ބޭނުން ކުރުމުގެ އިންތިޒާމު ތަކާއި، އީރާންއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ މައްސަލަ ވެސް އޭގައި ހިމެނެ އެވެ.

މި މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަވެ، ސުލްހަވެރި ގޮތެއްގައި މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މެދުވެރިން ބުނެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

03 ޖުލައި 2026

ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް

03 ޖުލައި 2026
ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
02 ޖުލައި 2026

ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި

02 ޖުލައި 2026
ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި
02 ޖުލައި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު

02 ޖުލައި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު
02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
01 ޖުލައި 2026

އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި

01 ޖުލައި 2026
އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި
01 ޖުލައި 2026

މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި

01 ޖުލައި 2026
މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި
01 ޖުލައި 2026

އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު

01 ޖުލައި 2026
އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު
01 ޖުލައި 2026

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ

01 ޖުލައި 2026
އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް