Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި

5 ޖުލައި 2026 | އާދީއްތަ 06:22

މި އައު އިންތިޒާމު ތަކުގެ ދަށުން ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، އުޅަނދު ފަހަރު ދަތުރުކުރާ ގޮތް މޮނިޓާކޮށް ބެލެހެއްޓުމުގެ އިތުރުން، ގިނަ އަދަދެއްގެ އުޅަނދު ފަހަރު ދަތުރު ކުރުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ކަމަށް ސަފީރު ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 06:22
ޗައިނާގައި ހުންނަވާ އީރާންގެ ސަފީރު އަބްދުއްރިޒާ ރަހްމާނީ ފަޒްލީ.

ޗައިނާގައި ހުންނަވާ އީރާންގެ ސަފީރު އަބްދުއްރިޒާ ރަހްމާނީ ފަޒްލީ. | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ އަތުން އައު ފީއެއް ނެގުމަށް އީރާން އިން ނިންމާފައިވާ ކަމަށާއި، ނަމަވެސް އީރާންއާ ގާތް ގުޅުމެއް ބާއްވާ ޤައުމު ތަކަށް އެ ފީ ނެގުމުގައި ހާއްސަ ލުއި ތަކެއް ދޭނެ ކަމަށް ޗައިނާގައި ހުންނަވާ އީރާންގެ ސަފީރު އަބްދުއްރިޒާ ރަހްމާނީ ފަޒްލީ ވިދާޅުވެއްޖެ އެވެ.

ޗައިނާގައި ކުރިއަށްދިޔަ ވޯލްޑް ޕީސް ފޯރަމްގައި ވާހަކަ ދައްކަވަމުން ސަފީރު ފަޒްލީ ހޮނިހިރު ދުވަހު ވިދާޅުވީ، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހުރްމުޒް ކަނޑު އޮޅީގެ ކަންކަން އައު އުސޫލަކުން ތަރުތީބު ކުރުމަށް އޮމާން އާއެކު ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުރްމުޒް ކަނޑު އޮ ޅިއަކީ އީރާންގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ތަނަކަށް ވާތީ، އެ ސަރަހައްދުން ދޭ ޚިދުމަތް ތަކަށް ފީއެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއީ "ޓޯލް" އެއް ނޫން ކަމަށް ސަފީރު ފާހަގަ ކުރެއްވި އެވެ.

މި އައު އިންތިޒާމު ތަކުގެ ދަށުން ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، އުޅަނދު ފަހަރު ދަތުރުކުރާ ގޮތް މޮނިޓާކޮށް ބެލެހެއްޓުމުގެ އިތުރުން، ގިނަ އަދަދެއްގެ އުޅަނދު ފަހަރު ދަތުރު ކުރުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ. މީގެ އިތުރުން، އީރާން އަށް ދަތި އުނދަގޫ ދުވަސްވަރު، އެ ޤައުމާ އެކު ސާބިތުކަމާ އެކު ތިބި އެކުވެރި ޤައުމު ތަކަށް މި ފީ ނެގުމުގައި ހާއްސަ އިނާޔަތް ތަކެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން އާއި އެމެރިކާއާ ދެމެދު ހިނގި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލި ފުރަތަމަ އެއްބަސްވުމުގައިވާ ގޮތުން، ވިޔަފާރި އުޅަނދު ފަހަރަށް 60 ދުވަހުގެ މުއްދަތަށް އެއްވެސް ފީ އަކާ ނުލައި ކަނޑު އޮޅިން ދަތުރު ކުރެވޭނެ އެވެ. ނަމަވެސް، އެ މުއްދަތު ހަމަވުމުން އަމަލު ކުރާނެ ގޮތެއް އަދި މުޅިން ސާފެއް ނުވެ އެވެ. އީރާން އިން ފީ ނަގަން ނިންމި ނިންމުމަށް އެމެރިކާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ. 

ދުނިޔޭގައި ބޭނުންކުރާ ސާފު ނުކުރާ ތެލާއި، ދިޔާ ކުރި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލަނީ ހުރްމުޒް ކަނޑު އޮޅި މެދުވެރިކޮށެވެ. މެދު އިރުމަތީގެ ހަނގުރާމައިގެ ދުވަސްވަރު އީރާން އިން މި ސަރަހައްދު ބަންދު ކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެން ދިޔަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއެކު ވީ އެއްބަސްވުމަށް ފަހު އީރާން އިން މިހާރު ވަނީ ކަނޑު އޮޅި ހުޅުވާލާފައި އެވެ. އަދި މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ދެ ޤައުމުގެ މެދުގައި މަޝްވަރާތައް މިހާރު ވެސް ދަނީ ކުރިއަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިއަބްދުއްރިޒާ ރަހްމާނީ ފަޒްލީ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
04 ޖުލައި 2026

މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް

04 ޖުލައި 2026
މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް
03 ޖުލައި 2026

އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް

03 ޖުލައި 2026
އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް
03 ޖުލައި 2026

އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

03 ޖުލައި 2026
އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
03 ޖުލައި 2026

ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް

03 ޖުލައި 2026
ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
02 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި

02 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި
02 ޖުލައި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު

02 ޖުލައި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު
02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް