Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ރަޝިޔާ

މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް

4 ޖުލައި 2026 | ހޮނިހިރު 20:03

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދީފައިވާ އުދުވާނެއް ކަމަށް ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ވިދާޅުވެއްޖެ. އީރާނުގެ ނިއުކްލިއާ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ފުރުސަތު އޮއްވައި ދިން މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއްގެ ގޮތުގައި މެޑްވެޑޭވް ސިފަކުރެއްވި.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 20:03
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ގްރޭންޑް މުސައްލާ ގައި ބޭއްވި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގައި، ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑޭވް ބައިވެރިވެވަޑައިގަންނަވަނީ

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ގްރޭންޑް މުސައްލާ ގައި ބޭއްވި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގައި، ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑޭވް ބައިވެރިވެވަޑައިގަންނަވަނީ | ސުޕުނިޓްނިކް އިންޓަނޭޝަނަލް

މި އަހަރުގެ ކުރީކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދީފައިވާ ހަމަލާއެއް ކަމަށް ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެއްޖެ އެވެ. ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން މިހެން ވިދާޅުވީ އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ތެހެރާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވަމުންނެވެ.

ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ޚާމަނާއީގެ ޖަނާޒާ ގައި

އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކުގެ ފުރަތަމަ މަރުހަލާގަ އެވެ. މި ހަމަލާތަކުގައި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުން ވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.

ހޮނިހިރު ދުވަހު އެނބުރި ރަޝިޔާއަށް ވަޑައިގަންނަވަމުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މެޑްވެޑޭވް ވިދާޅުވީ، އެމެރިކާއިން އެ ހަމަލާ ދޭންޖެހޭ އެއްވެސް ސީރިއަސް ސަބަބެއް ނެތް ކަމަށާއި، އީރާނުގެ ފަރާތުން އެމެރިކާއަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރަޝިޔާގެ މި އިސް އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހަމަލާ ދިނުމަށް އަމުރުކުރެއްވި ދަނޑިވަޅަކީ އީރާނުން ވޮޝިންޓަނާއެކު މަޝްވަރާތަކެއް ކުރިއަށްގެންދިޔަ ވަގުތެކެވެ. މެޑްވެޑޭވް ވިދާޅުވި ގޮތުގައި މިކަމުން ދޭހަވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކެނޑިފައިވާ މިންވަރެވެ. އީރާނުގެ ލީޑަޝިޕްގެ ބޭފުޅުންނާއި، ސްކޫލް ކުދިން ހިމެނޭހެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަރާލުމަކީ އެފަދަ ނިންމުންތައް ނިންމި ފަރާތްތަކަށް ލިބޭނެ އެއްވެސް ޝަރަފެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެޑްވެޑޭވް ވިދާޅުވީ، ފެބްރުއަރީ މަހުގެ ފަހުކޮޅު ހަމަލާތައް ފެށުމުގެ ކުރިން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން "ރޯޑްމެޕް" އެއް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ދެއްކި އެއް ބަހަނާއަކީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އީރާނަށް މި ކުރިމަތިވި އުނދަގޫ އިމްތިހާނުން އަރައިގަތީ ވަރަށް ސާބިތުކަމާއެކު،" މެޑްވެޑޭވް ވިދާޅުވި އެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތެހެރާނުގެ ބައެއް ސަރަހައްދުތައް އަދިވެސް ސުންނާފަތިވެފައި އޮތް ނަމަވެސް، އެ ސިޓީގެ އާންމު ދިރިއުޅުން މިހާރު ވަނީ ގާތްގަނޑަކަށް އާންމު ހާލަތަކަށް ރުޖޫއަވެފަ އެވެ.

ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ރަޝިޔާގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މެޑްވެޑޭވް ރަޝިޔާގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނަށް ވަނީ އެ ގައުމުގެ އަތުގައި ނިއުކްލިއާ ހަތިޔާރާ އެއްވަރުގެ ބާރުގަދަ ވަސީލަތެއް އޮތްކަން ވިސްނިފަ އެވެ. އެއީ ހުރްމުޒް ކަނޑުއޮޅި އެވެ. މި ހަމަނުޖެހުން ފެށުމުގެ ކުރިން ދުނިޔޭގެ ހަކަތައިގެ ޝިޕްމަންޓްތަކުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ. އީރާނުން އެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް ވުރެ މައްޗަށް އެރި އެވެ.

އަލުން އަނބުރާ އީރާނަށް ހަމަލާއެއް ދީފި ނަމަ، ބާބުލް މަންދަބް ކަނޑުއޮޅި ވެސް އީރާނަށް ބަންދުކުރެވިދާނެ ކަމަށް މެޑްވެޑޭވް ވިދާޅުވި އެވެ. ރަތް ކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ މި ސަރަހައްދަކީ މެދުއިރުމަތީގެ ތެޔޮ އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ ވަރަށް މުހިންމު މަގެކެވެ.

މޮސްކޯ އާއި ތެހެރާނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން ރަޝިޔާގެ ކުރީގެ ރައީސް ވިދާޅުވީ، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، އެއްފަރާތުން އަޅާފައިވާ ޣައިރު ގާނޫނީ ފިޔަވަޅުތަކެއް ކަމަށެވެ.

މަސްދަރު: ރަޝިޔާ ޓީވީ

އީރާން-ޔޫއެސްއޭ-އިސްރާއީލްޑްމިޓްރީ މެޑްވެޑޭވްބާބުލް މަންދަބްހުރްމުޒް ކަނޑުއޮޅިއީރާން-ރަޝިޔާ

އިތުރަށް ކިޔާލަން

03 ޖުލައި 2026

ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް

03 ޖުލައި 2026
ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް
02 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި

02 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި
02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ

01 ޖުލައި 2026
އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ
30 ޖޫން 2026

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

30 ޖޫން 2026
އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި

29 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް