Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!

8 ޖުލައި 2026 | ބުދަ 04:34

ސްކަލޯނީ ބުނީ، 20 އަހަރު ވަންދެން ފުޓުބޯޅަ ކުޅުނު މީހެއް ހައިސިއްޔަތުން މި ހުރިހާ ކަމެއް ތަހަންމަލު ކުރަން ޖެހޭނެކަން ޤަބޫލު ކުރެވޭ ކަމަށް. އަދި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެއީ ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2026 | ބުދަ 04:34
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ އަށް ލިބުނު މޮޅާ އެކު، އޭނާގެ ލޮލުން އުފާާވެރި ކަމުގެ ކަރުނަ އައި ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ. 

މެޗުގެ ފަހު 11 މިނެޓަށް ދިޔައިރު ވެސް، އާޖެންޓީނާ އޮތީ ދެ ލަނޑުން ފަހަތުގައި އެވެ. ނަމަވެސް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި އާޖެންޓީނާ އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. 

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އޭނާ އަކީ އަބަދު ވެސް ކަންކަމާ ވަރަށް އަސަރު ކުރާ މީހެއް ކަމަށާއި، ޑްރެސިން ރޫމުގެ ތެރޭގައި ވެސް އޭނާ އަށް ރޮވުނު ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިން ވެސް އޭނާއާ ދިމާ ކުރުމުގެ ގޮތުން އެ ވާހަކަ ދައްކާ ކަމަށް ސްކަލޯނީ ބުންޏެވެ. 

އެކަމާ ފަރުވާލެއް ނެތްކަން ފާހަގަކޮށް ސްކަލޯނީ ބުނީ، 20 އަހަރު ވަންދެން ފުޓުބޯޅަ ކުޅުނު މީހެއް ހައިސިއްޔަތުން މި ހުރިހާ ކަމެއް ތަހަންމަލު ކުރަން ޖެހޭނެކަން ޤަބޫލު ކުރެވޭ ކަމަށެވެ. އަދި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެއީ ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފައި އެވެ.

މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މިޞްރުން ދެ ލަނޑުގެ ލީޑުގައި އޮތްއިރު ވެސް މެޗު އަތުން ދޫވެގެން ދިޔަ ކަމަށް ޤަބޫލު ނުކުރާ ކަަމަށެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އާޖެންޓީނާ އިން ދިޔައީ ރަނގަޅަށް ކުޅެ، ލިބެމުން ދިޔަ ފުރުސަތު ތަކުގެ ބޭނުން ކުރަން މަސައްކަތް ކުރަމުން ކަމަށެވެ. އެއާ އެކު އޭނާ ބުނީ ކޭޕް ވާޑްއާ ދެކޮޅަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނު މެޗަށް ވުރެ، މިޞްރު މެޗުގައި ކުރިއެރުން ތަކެއް ފެނިގެން ދިޔަ ކަމަށެވެ. 

ސްކަލޯނީ ބުނީ ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު އިރު ޓީމު އޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް، މިޞްރާ ދެކޮޅަށް ކުޅުނުއިރު ދެ ލަނޑުން ބަލިވެފައި އޮތް ވަގުތު ވެސް، މެޗު އަނބުރާލެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ސްކަލޯނީ ބުންޏެވެ. ސްކަލޯނީ ބުނީ އެ މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެން ދިޔައީ މުޅިން ތަފާތު މޮޅު ކުޅުމެއް ކަމަށެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލް އިން އާޖެންޓީނާ ޖާގަ ހޯދިއިރު، ކުއާޓާ ފައިނަލްގައި ނިކުންނާނީ ސްވިޒަލެންޑްއާ ދެކޮޅަށެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

08 ޖުލައި 2026

ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް

08 ޖުލައި 2026
ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން

07 ޖުލައި 2026
އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން
07 ޖުލައި 2026

ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ

07 ޖުލައި 2026
ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ
07 ޖުލައި 2026

ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!

07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
07 ޖުލައި 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

07 ޖުލައި 2026
ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ
07 ޖުލައި 2026

ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ

07 ޖުލައި 2026
ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ
07 ޖުލައި 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

07 ޖުލައި 2026
ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި
07 ޖުލައި 2026

ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް