Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ

7 ޖުލައި 2026 | އަންގާރަ 04:47

އެކަން އިއުލާން ކުރަމުން މާޓިނޭޒް ބުނެފައި ވަނީ، ޕޯޗުގަލްއާ އޭނާ ހަވާލުވުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށް. އެކަން ނުކުރެވުމުން އޭނާ އިސްތިއުފާ ދޭން ނިންމީ ކަމަށާއި، ޕޯޗުގަލް އިން ދެން އައު ކޯޗެެއް ހަމަޖައްސާނެ ކަމަށް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 04:47
ޕޯޗުގަލްގެ ކޯޗު ކަމުން އިސްތިއުފާ ދިން މާޓިނޭޒް.

ޕޯޗުގަލްގެ ކޯޗު ކަމުން އިސްތިއުފާ ދިން މާޓިނޭޒް. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕް އިން ޕޯޗުގަލް ކެޓުމާ އެކު، އެ ޓީމަށް އިރުޝާދު ދެމުން އައި ރޮބާޓޯ މާޓިނޭޒް މަގާމުން ވަކިވެއްޖެ އެވެ.

ވޯލްޑް ކަޕް އިން ޕޯޗުގަލް ކަޓާފައި ވަނީ ގަދަ 16 ގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެންނެވެ. މުބާރާތުގެ ކުރިން ވެސް، މާޓިނޭޒް ޕޯޗުގަލްގެ ކޯޗު ކަމުން ވަކި ވާނެ ކަމުގެ އަޑު ތަކެއް މީޑިއާ ތަކުގައި ފެތުރިގެން ދިޔަ އެވެ.

ސްޕެއިން މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒް ވަނީ، ޕޯޗުގަލްގެ ކޯޗުކަމުން އެނާ ވަކިވާން ނިންމިކަން އިއުލާން ކޮށްފައި އެވެ. އެކަން އިއުލާން ކުރަމުން މާޓިނޭޒް ބުނެފައި ވަނީ، ޕޯޗުގަލްއާ އޭނާ ހަވާލުވުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށެވެ. އެކަން ނުކުރެވުމުން އޭނާ އިސްތިއުފާ ދޭން ނިންމީ ކަމަށާއި، ޕޯޗުގަލް އިން ދެން އައު ކޯޗެެއް ހަމަޖައްސާނެ ކަމަށް އޭނާ ބުންޏެވެ.

ޕޯޗުގަލްގެ ކޯޗަކަށް މާޓިނޭޒް ހަމަޖެއްސީ 2023 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސްގެ ބަދަލުގައި އެވެ. ޕޯޗުގަލްއާ ހަވާލުވުމުގެ ކުރިން މާޓިނޭޒް ވަނީ ބެލްޖިއަމް އަށް ވެސް އިރުޝާދު ދީފައި އެވެ. މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އިން ވަނީ 45 މެޗު ކުޅެފައި އެވެ. އޭގެ ތެރެއިން 39 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ނުވަ މެޗުން ވަނީ އެއްވަރުވެފައި އެވެ. އަދި ބަލިވެފައި ވަނީ ހަ މެޗުންނެވެ.

މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އިން ވަނީ މިދިޔަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައި އެވެ. 

ފީފާ ވަރލްޑް ކަޕް 2026ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުރޮބާޓޯ މާޓިނޭޒް

އިތުރަށް ކިޔާލަން

07 ޖުލައި 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

07 ޖުލައި 2026
ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި
07 ޖުލައި 2026

ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

06 ޖުލައި 2026
ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު
06 ޖުލައި 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

06 ޖުލައި 2026
އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް
06 ޖުލައި 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

06 ޖުލައި 2026
ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް