Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް

7 ޖުލައި 2026 | އަންގާރަ 04:46

ސްޕެއިން އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓިއިރު، މި މެޗުގެ ކުރިން ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް އިއުލާން ކޮށްފައި. ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ހަ ވޯލްޑް ކަޕްގައި ކުޅެ، ހަ ވޯލްޑް ކަޕްގައި ލަނޑު ވެސް ޖަހާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 04:46
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްޕެއިން އިން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި ސްޕެއިން އިން ލަނޑު ޖެހީ ވެސް އެންމެ ފަހު ވަގުތުގެ ތެރޭގައި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފައި އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ޔާއޯ ފެލިކްސް އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. ސްޕެއިން އިން ޕޯޗުގަލް ކޮޅަށް ނުރައްކާ ކުރުމަށް ލަމީން ޔަމާލް އާއި މިކޭލް އޮޔާޒަބާލް ވެސް ވަނީ ހަމަލާ ތަކެއް ފޮނުވާލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ފަހު ވަގުތު ސްޕެއިން އިން ލަނޑު ޖެހި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ލަނޑު ޖެހީ މިކޭލް މެރީނޯ އެވެ. އެއީ ފެރާން ޓޮރޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި މެރީނޯ ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެވެ.

ސްޕެއިން އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓިއިރު، މި މެޗުގެ ކުރިން ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް އިއުލާން ކޮށްފައި އެވެ. ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ހަ ވޯލްޑް ކަޕްގައި ކުޅެ، ހަ ވޯލްޑް ކަޕްގައި ލަނޑު ވެސް ޖަހައިފަ އެވެ. 

ފީފާ ވަރލްޑް ކަޕް 2026ސްޕެއިން ފުޓުބޯޅަ ޓީމުޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

06 ޖުލައި 2026
ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު
06 ޖުލައި 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

06 ޖުލައި 2026
އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް
06 ޖުލައި 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

06 ޖުލައި 2026
ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް