Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް

7 ޖުލައި 2026 | އަންގާރަ 18:19

މެޗުގައި މިޞްރުން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، އާޖެންޓީނާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 18:19
މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ މެސީ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ މެސީ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި މިޞްރުން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، އާޖެންޓީނާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިފަ އެވެ. 

މެޗު ފަށައިގެން އާޖެންޓީނާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް، މިޞްރުން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި މިޞްރަށް ލީޑު ނަގައިދިނީ ޔަސީމް އިބްރާހީމް އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އާޖެންޓީނާ އަށް ލިބުނު ފުރުސަތުގައި ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ބޯޅަ މިޞްރުގެ ގޯލު ކީޕަރު ވަނީ މަތަ ކޮށްފައި އެވެ. 

މެޗުގެ ދެ ވަނަ ހާފުގައި މިޞްރުގެ މުސްތަފާ ޒަކީ ޢަބްދުލް ރައުފް ޖެހި ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން 67 ވަނަ މިނެޓުގައި އޭނާ ވަނީ މިޞްރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. 

މެޗުގެ 79 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމެރޫ ވަނީ އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖަހައި އުންމީދު ހޯދައި ދީފައި އެވެ. އެއީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެސީ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވރ އިތުރަށް ދެއްކި ވަގުތުގައި އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖަހައި ކުރި ހޯދައިދިނީ އެންޒޯ ފެނާންޑޭސް އެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާމިޞްރުފުޓްބޯޅަ

އިތުރަށް ކިޔާލަން

07 ޖުލައި 2026

ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން

07 ޖުލައި 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން
07 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާގެ ރައީސް ގެ މަގާމަށް ނުރައްކާވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވެދާނެ ހެއްޔެވެ؟

07 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާގެ ރައީސް ގެ މަގާމަށް ނުރައްކާވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވެދާނެ ހެއްޔެވެ؟
07 ޖުލައި 2026

އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން

07 ޖުލައި 2026
އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން
07 ޖުލައި 2026

ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ

07 ޖުލައި 2026
ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ
07 ޖުލައި 2026

ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!

07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
07 ޖުލައި 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

07 ޖުލައި 2026
ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ
07 ޖުލައި 2026

ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ

07 ޖުލައި 2026
ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ
07 ޖުލައި 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

07 ޖުލައި 2026
ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި
07 ޖުލައި 2026

ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި

06 ޖުލައި 2026
އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް