Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ

7 ޖުލައި 2026 | އަންގާރަ 08:41

އެންމެ ފަހުގެ ރަނަރަޕް ފްރާންސް އިން ޕެރަގުއޭ ބަލިކުރީ ޕެނަލްޓީ އަކުން ކަމަށާއި، ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ލަނޑަކުން ކަމަށް އޭނާ ބުނި. އަދި ބްރެޒިލް އާއި ޖަރުމަނު ފަދަ ބޮޑެތި ޓީމުތައް މިހާރު މުބާރާތުން ކަޓާފައިވާކަން ވެސް އޭނާ ހަނދާން ކޮށްދިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 08:41
މިޞްރު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ސްކަލޯނީ ވާހަކަ ދައްކަނީ.

މިޞްރު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ސްކަލޯނީ ވާހަކަ ދައްކަނީ. | ރޮއިޓާސް

މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވަކި ޓީމެއް މޮޅުވާނެ ކަމަށް ބުނަން ދަތި ކަމަށާއި، ބޮޑެތި ޓީމު ތަކަށް މުބާރާތުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގަދަ 16 ގެ ބުރުގައި އަންގާރަ ދުވަހު މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ގަދަ 16 އަށް ދަތުރު ކުރީ ގުރޫޕު ސްޓޭޖުގެ ތިން މެޗުން މޮޅު ވެގެންނެވެ. ނަމަވެސް، އެންމެ ފަހުން ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާ އަށް ވަނީ ބޮޑު ސިހުމެއް ލިބިފައި އެވެ. އެ މެޗުން އާޖެންޓީނާ މޮޅުވެފައި ވަނީ 3-2 އިންނެވެ. 

ސްކަލޯނީ ބުނި ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕް އަކީ ހުރިހާ ޓީމަކަށް ވެސް އުނދަގޫ މުބާރާތެކެވެ. ކުރީގެ މުބާރާތްތަކާ ހިލާފަށް، މިފަހަރު މުބާރާތް ފެށުނުއިރު ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޓީމު ތަކުން އުންމީދުކުރި ފެންވަރުގެ ކުޅުމެއް ނުދެއްކޭކަން އޭނާ ފާހަގަ ކުރި އެވެ.

މިގޮތުން، އެންމެ ފަހުގެ ރަނަރަޕް ފްރާންސް އިން ޕެރަގުއޭ ބަލިކުރީ ޕެނަލްޓީ އަކުން ކަމަށާއި، ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ލަނޑަކުން ކަމަށް އޭނާ ބުންޏެވެ. އަދި ބްރެޒިލް އާއި ޖަރުމަނު ފަދަ ބޮޑެތި ޓީމުތައް މިހާރު މުބާރާތުން ކަޓާފައިވާކަން ވެސް އޭނާ ހަނދާން ކޮށްދިނެވެ.

ކުޅުންތެރިންގެ ފެންވަރު ދަށްވާން ދިމާވި ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ގިނަ ކުޅުންތެރިން މުބާރާތަށް އައީ ގިނަ އަދަދެއްގެ މެޗުތައް ކުޅެ ވަރުބަލި ވެފައި ތިބެގެން ކަމަށެވެ. މީގެ އިތުރުން ދަތުރު ފަތުރުގެ ދަތިކަމާއި، ހޫނު މިނާއި، ދަނޑު ތަކުގެ ވިނަގަނޑުގެ ފެންވަރު ހުރި ގޮތުން ބޯޅަ ދައުރު ކުރުމަށް އުނދަގޫވާ ކަމަށް އޭނާ ބުންޏެވެ. މި ހުރިހާ ސަބަބުތަކާ ހުރެ، ޓީމު ތަކުގެ މޮޅުކަން ދެއްކުމަށް ހުރަސް ތަކެއް ކުރިމަތިވާ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް، އާޖެންޓީނާގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ސްކަލޯނީ ބުންޏެވެ. އޭނާ ބުނީ ހަތަރު މެޗުން މޮޅުވުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި، ނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރި ކަމަށެވެ. އަދި ކުޅުން ރަނގަޅު ނޫން ވަގުތު ތަކުގައި ވެސް، އާޖެންޓީނާގެ ކުޅުންތެރިންގެ ކިބައިގައި ހުންނަ ހިތްވަރާއި ރޫހުގެ ބޭނުން ކޮށްގެން މެޗުތައް ކާމިޔާބު ކުރަން އެނގޭ ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ސްކަލޯނީގެ ވާހަކަ ނިންމާލަމުން ބުނީ، އެންމެ ފަހުން ކުޅުނު މެޗުގައި އާޖެންޓީނާގެ ކުޅުންތެރިންގެ ހިތްވަރު ނުދެއްކި ނަމަ، އެޓީމު މުބާރާތުން ކަޓާނެކަން ޔަގީންވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް ހުރި މެޗު ތަކުގައި ވެސް އެ ރޫހުގައި ކުޅުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

07 ޖުލައި 2026

ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!

07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
07 ޖުލައި 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

07 ޖުލައި 2026
ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ
07 ޖުލައި 2026

ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ

07 ޖުލައި 2026
ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ
07 ޖުލައި 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

07 ޖުލައި 2026
ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި
07 ޖުލައި 2026

ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

06 ޖުލައި 2026
ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު
06 ޖުލައި 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

06 ޖުލައި 2026
އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް