Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން

7 ޖުލައި 2026 | އަންގާރަ 08:43

އޭނާ ބުނީ ލިއޮނަލް މެސީ ފަދަ ލެޖެންޑުން އާޖެންޓީނާގައި ތިބި ނަމަވެސް، އިދިކޮޅު ޓީމުގެ ނަމަށް ބެލުމެއް ނެތި މިސްރުން ކުޅޭނީ އަމިއްލަ ގޭމެއް ކަމަށް. އެއާ އެކު އޭނާ ބުނީ، މިޞްރަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގެ އުންމީދުތައް ހުރީ އެއްވެސް މިނެއް ނެތި އުހުގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 08:43
އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ކޯޗު ހުސާމް ހަސަން ވާހަކަ ދައްކަނީ.

އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ކޯޗު ހުސާމް ހަސަން ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި މިސްރުން ކުޅޭ އެންމެ މުހިންމު މެޗަށް ތައްޔާރު ވަމުން އަންނައިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ދެކެ ޖެހިލުން ނުވާ ކަމަށް މިޞްރުގެ ކޯޗު ހުސާމް ހަސަން ބުނެފި އެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި އަންގާރަ ދުވަހު އެޓްލާންޓާ ސްޓޭޑިއަމްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހުސާމް ހަސަން ބުނީ، އާޖެންޓީނާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެއީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށް ވިޔަސް، ފުޓުބޯޅައިގައި ނުވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

މިއީ މިޞްރުގެ ފުޓުބޯޅަ ތާރީޚުގައި އެ ގައުމުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ގަދަ 32 ގައި މިޞްރުން ވަނީ ޕެނަލްޓީގައި އޮސްޓްރޭލިއާ ބަލިކޮށްފައި އެވެ. 

މިޞްރުގެ ކޯޗު ބުނި ގޮތުގައި އޭނާގެ ޓީމުގެ އުންމީދުތައް ވަރަށް މަތީގައި ހުރި އިރު، މިއީ ދެ ޓީމަށް ވެސް ފަސޭހަ މެޗަކަށް ނުވާނެކަން އެނގޭ ކަމަށެވެ. އާޖެންޓީނާގެ ޓީމަށް އިހުތިރާމް ކުރާ ކަމަށާއި، ނަމަވެސް އެ ޓީމު ދެކެ ބިރު ނުގަންނަ ކަމަށް އޭނާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން އޭނާ ބުނީ ލިއޮނަލް މެސީ ފަދަ ލެޖެންޑުން އާޖެންޓީނާގައި ތިބި ނަމަވެސް، އިދިކޮޅު ޓީމުގެ ނަމަށް ބެލުމެއް ނެތި މިޞްރުން ކުޅޭނީ އަމިއްލަ ގޭމެއް ކަމަށެވެ. އެއާ އެކު އޭނާ ބުނީ، މިޞްރަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގެ އުންމީދުތައް ހުރީ އެއްވެސް މިނެއް ނެތި އުހުގައި ކަމަށެވެ. 

މެޗުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހުސާމް ހަސަން ވަނީ، މެޗުތައް ތާވަލު ކޮށްފައިވާ ގޮތަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗަށް ފަހު، ކުޅުންތެރިންގެ ރިކަވަރީ އަށް ލިބުނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ.

އެ މެޗުގައި މިޞްރުން 120 މިނެޓު ކުޅުނު އިރު، އާޖެންޓީނާ އިން ވެސް ކޭޕް ވާޑް ބަލި ކުރީ އިތުރު ވަގުތު ކުޅެގެންނެވެ. މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން މިޞްރުގެ އެއް ފަރިތަކުރުން ކެންސަލް ކުރަން ޖެހުނު ނަމަވެސް، މެޗަށް ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރު ވެފައި ކަމަށް އޭނާ ބުންޏެވެ.

އުމުރުން 59 އަހަރުގެ ހުސާމް ހަސަން އަކީ މިޞްރުގެ ފުޓުބޯޅަ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އެފްރިކާ ކަޕް އޮފް ނޭޝަންސް ތިން ފަހަރު ކާމިޔާބުކޮށް، 56 އަހަރުގެ މެދު ކެނޑުމަކަށް ފަހު 1990 ވަނަ އަހަރުގެ ވޯލްޑް ކަޕަށް މިޞްރު ކޮލިފައިވި އިރު ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފައި އެވެ.

އޭނާ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީ ތަކެއް ހޯދިފައި ވާތީ، ކޯޗެއްގެ ގޮތުގައި ވެސް އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށެވެ.

މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު އާއި، އުމަރު މާމޫޝް ފަދަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބި މިސްރު ފަދަ ޓީމަކަށް، މުބާރާތުގެ ގަދަ 16އާ ހަމައަށް ދަތުރު ކުރުމަކީ އާދައިގެ ކަމަކަށް ވާން ޖެހޭނެ ކަމެއް ކަމަށް ހުސާމް ހަސަން ޤަބޫލު ކުރެ އެވެ. އޭނާގެ ވާހަކަ ނިންމާލަމުން ބުނީ، އެންމެ ބޮޑު އަމާޒަކީ މިޞްރުގެ ރައްޔިތުން ފަޚުރުވެރިވާ ފަދަ ނަތީޖާއެއް ގައުމީ ޓީމުން ހޯދުން ކަމަށެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުމިޞްރުގެ ޤައުމީ ފުޓުބޯޅަ ޓީމުޙުސާމް ޙަސަން

އިތުރަށް ކިޔާލަން

07 ޖުލައި 2026

ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ

07 ޖުލައި 2026
ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ
07 ޖުލައި 2026

ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!

07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
07 ޖުލައި 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

07 ޖުލައި 2026
ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ
07 ޖުލައި 2026

ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ

07 ޖުލައި 2026
ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ
07 ޖުލައި 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

07 ޖުލައި 2026
ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި
07 ޖުލައި 2026

ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

06 ޖުލައި 2026
ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް