Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

7 ޖުލައި 2026 | އަންގާރަ 04:46

މެޗުން މޮޅުވެ ބެލްޖިއަމް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދިއިރު، ކުއާޓާ ފައިނަލްގައި އެ ޓީމު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 04:46
މެޗުގައި ލަނޑު ޖެހުމަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބެލްޖިއަމް އިން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ފަތިހު ކުޅުނު މެޗު ބެލްޖިއަމް އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ބެލްޖިއަމް އިން ލީޑު ނަގާފައި ވަނިކޮށް، އެމެރިކާ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، އިތުރު ތިން ލަނޑު ޖަހައިގެން ބެލްޖިއަމް ވަނީ މެޗުން މޮޅުވެފައި އެވެ. 

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބެލްޖިއަމް އަށް ލީޑު ނަގައިދިނީ ޗާލްސް ޑި ކަޓަލާރޭ އެވެ. ނަމަވެސް، މަލިކް ޓިލްމަން ވަނީ 31 ވަނަ މިނެޓުގައި ލަނޑު ޖަހައި އެމެރިކާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ. އޭގެ ދެ މިނެޓު ފަހުން ކަޓަލާރޭ ވަނީ ދެ ވަނަ ފަހަރަށް ބެލްޖިއަމް އަށް ލީޑު ނަގައިދީފައި އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ބެލްޖިއަމްގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ހަންސް ވަނަކެން އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބެލްޖިއަމްގެ ހަތަރު ވަނަ ލަނޑު ޖެހީ ރޮމެލޫ ލުކާކޫ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެވެ. 

މެޗުން މޮޅުވެ ބެލްޖިއަމް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދިއިރު، ކުއާޓާ ފައިނަލްގައި އެ ޓީމު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

ފީފާ ވަރލްޑް ކަޕް 2026ބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމުއެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

07 ޖުލައި 2026

ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

06 ޖުލައި 2026
ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު
06 ޖުލައި 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

06 ޖުލައި 2026
އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް
06 ޖުލައި 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

06 ޖުލައި 2026
ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް