Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

6 ޖުލައި 2026 | ހޯމަ 05:46

ނިންމުމާ ގުޅިގެން ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެންމެ ރަނގޅު ގޮތް ކަމަށެވެ. ބަލޮގަން އަށް ރަތް ކާޑު ދެއްކީ އިންސާފުން ނޫން ކަމަށާއި، އެ ނިންމުން ބަދަލު ކުރި ކަމަށްޓަކައި ފީފާ އަށް ޝުކުރު އަދާ ކުރައްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 05:46
އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފީފާގެ ރައީސް އިންފަންޓީނޯ.

އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފީފާގެ ރައީސް އިންފަންޓީނޯ. | ގެޓީ އިމޭޖަސް

އެމެރިކާ ޓީމުގެ ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ސަބަބުން ކުރިމަތިވި ސަސްޕެންޝަން އުވާލުމަށް ފީފާ އިން ނިންމުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާ އަށް ޝުކުރު އަދާ ކުރައްވައިފި އެވެ.

އެމެރިކާ އިން ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަން އަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން، ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވެ އެވެ. ނަމަވެސް، އާދީއްތަ ދުވަހު ފީފާ އިން ވަނީ ބަލޮގަންގެ ސަސްޕެންޝަން އަށް ލުއި ދިނުމަށް ނިންމައިފަ އެވެ. އެއާ އެކު، ހޯމަ ދުވަހުގެ ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ބަލޮގަން އަަށް ކުޅެވޭނެ އެވެ. 

ފީފާ އިން ވަނީ ބަލޮގަންގެ ސަސްޕެންޝަން އެއް އަހަރު މުއްދަތަށް ފަސްކޮށްފައިވާ ކަމަށް ހާމަ ކޮށްފައި އެވެ. އަދި ދެ ވަނަ ފަހަރަށް އެފަދަ އަމަލެއް ހިންގައިފި ނަމަ، އެ އަދަބު ތަންފީޒު ކުރުމަށް ވެސް ފީފާ އިން ވަނީ ނިންމައިފަ އެވެ. 

މި ނިންމުމާ ގުޅިގެން ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެންމެ ރަނގޅު ގޮތް ކަމަށެވެ. ބަލޮގަން އަށް ރަތް ކާޑު ދެއްކީ އިންސާފުން ނޫން ކަމަށާއި، އެ ނިންމުން ބަދަލު ކުރި ކަމަށްޓަކައި ފީފާ އަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. 

ޓްރުތު ސޯޝަލް ގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު.

ޓްރުތު ސޯޝަލް ގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު. | ސޯޝަލް މީޑިއާ

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރުމަށް ފީފާ އިން ނިންމާފައިވާއިރު، އެއީ އެމެރިކާގެ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ފީފާގައި އެކަމަށް ވަރަށް ބޮޑަށް އެދެމުން ދިޔަ ކަމަށާއި، އެމެރިކާގެ ބައެއް އިސްވެރިން އެކަމަށް ނުފޫޒު ފޯރުވާާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ބަލޮގަން އަށް ރަތް ކާޑު ދެއްކި މެޗަށް ފަހު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ، އެ ކާޑު ބާތިލު ކުރުމަަށް ވެސް ގޮވާާލައްވައިފަ އެވެ. މީގެ އިތުރުން ޓްރަމްޕް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެމެދު ގާތް ގުޅުމެއް އޮންނައިރު، މިކަމަށް ޓްރަމްޕް ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ބައެއް ފަރާތް ތަކުން އަންނަނީ ފީފާ އަށް ވެސް ފާޑު ކިޔަމުންނެވެ. 

ފީފާ ވަރލްޑް ކަޕް 2026އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމުފޮލަރިން ބަލޯގަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްފީފާ

އިތުރަށް ކިޔާލަން

06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

06 ޖުލައި 2026
ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު
06 ޖުލައި 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

06 ޖުލައި 2026
އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް
06 ޖުލައި 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

06 ޖުލައި 2026
ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް