Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-އެމެރިކާ

ތުރުކީއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަނީ

7 ޖުލައި 2026 | އަންގާރަ 14:43

ރަޝިޔާގެ އެސް-400 ނިޒާމު ގަތުމާ ގުޅިގެން އެމެރިކާއިން ތުރުކީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. މީގެ އިތުރުން، އެފް-35 މަރުކާރުގެ ހަނގުރާމަމަތީ ބޯޓުތައް ތުރުކީއަށް ވިއްކުމާ މެދު ގޮތެއް ނިންމަވާނެ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ހާމަކުރައްވާފައި. މި ނިންމުމާއެކު، ކުރިން އެމެރިކާއިން ތުރުކީއާ މެދު ގެންގުޅުނު ހަރުކަށި ސިޔާސަތުތަކަށް ބަދަލު އަންނާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 7 ޖުލައި 2026 | އަންގާރަ 14:43
ނޭޓޯގެ އިސްވެރިންގެ 36 ވަނަ ސަމިޓުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، 2026 ޖުލައި 7 ވަނަ ދުވަހު އަންކާރާ އެއާޕޯޓުން އެމަނިކުފާނަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މަރުހަބާ ވިދާޅުވަނީ.

ނޭޓޯގެ އިސްވެރިންގެ 36 ވަނަ ސަމިޓުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، 2026 ޖުލައި 7 ވަނަ ދުވަހު އަންކާރާ އެއާޕޯޓުން އެމަނިކުފާނަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މަރުހަބާ ވިދާޅުވަނީ. | ގެޓީ އިމޭޖަސް

ނޭޓޯ ސަމިޓުގެ ހަވާސާގައި އަންގާރަ ދުވަހު ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާއިން ތުރުކީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށާއި، އެ ގައުމަށް އެފް-35 މަރުކާރުގެ ހަނގުރާމަމަތީ ބޯޓުތައް ވިއްކުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ދުޝްމަނުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ "ކައުންޓަރިންގ އެމެރިކާސް އެޑްވާސަރީސް ތުރޫ ސެންކްޝަންސް އެކްޓް" (ކާޓްސާ) ގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށެވެ.

ރަޝިޔާގެ އެސް-400 ވައިގެ ދިފާއީ ނިޒާމު ތުރުކީން ގަތުމާ ގުޅިގެން، 2020 ވަނަ އަހަރު ވޮޝިންގޓަނުން ވަނީ ކާޓްސާގެ ދަށުން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. މީގެ އިތުރުން، އެމެރިކާއިން ވަނީ އެފް-35 ފައިޓަރ ޖެޓް ޕްރޮގްރާމުން ތުރުކީ ވަކިކޮށްފަ އެވެ. އެމެރިކާގެ މި ނިންމުމަކީ ބޭއިންސާފު އަދި ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ތުރުކީން އޭރު ބުނެފައިވެ އެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ ދެ މަސްދަރަކުން އަންގާރަ ދުވަހު ބުނި ގޮތުގައި، ގާނޫނީ ގޮތުންނާއި ކޮންގްރެސްގެ ތެރެއިން ކުރިމަތިވެފައިވާ ހުރަސްތައް މުޅިން ހައްލުނުވި ނަމަވެސް، މި ދަތުރުފުޅުގެ ތެރެއިން ތުރުކީއަށް އެފް-35 ބޯޓުތައް ވިއްކުމަށް ޓްރަމްޕް ތާއީދުކުރައްވާނެ ކަމަށް ބެލެވެ އެވެ.

"އެއީ އަޅުގަނޑުމެން ގޮތެއް ނިންމާނެ ކަމެއް،" އެފް-35 ބޯޓުތައް ވިއްކުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން، އޭނާއާއި ރައީސް އުރުދުޣާން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓާސް

ނޭޓޯގެ ބައްދަލުވުންރަޖަބް ތައްޔިބް އުރުދުޣާންޑޮނަލްޑް ޓްރަމްޕްއެމެރިކާ-ތުރުކީއެފް-35ކާޓްސާ

އިތުރަށް ކިޔާލަން

07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
06 ޖުލައި 2026

ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!

06 ޖުލައި 2026
ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!
06 ޖުލައި 2026

ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި

06 ޖުލައި 2026
ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި
06 ޖުލައި 2026

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

06 ޖުލައި 2026
ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
04 ޖުލައި 2026

ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި

04 ޖުލައި 2026
ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި
04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
01 ޖުލައި 2026

ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި

01 ޖުލައި 2026
ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް