Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-އެމެރިކާ

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

4 ޖުލައި 2026 | ހޮނިހިރު 14:11

ރާއްޖެއާއި އެމެރިކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމާ ގުޅިގެން، ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބާރުއަޅުއްވައިފި. މިގޮތުން ސަލާމަތީ ދާއިރާއާއި، އިޤުތިޞާދީ އަދި ތަޢުލީމީ ދާއިރާއިން އޮންނަ އެއްބާރުލުން ފުޅާކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން އެމަނިކުފާނު ފާހަގަކުރެއްވި. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވި.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 14:11
އެމެރިކާ އަދި ދިވެހިރާއްޖޭގެ ދިދަ

އެމެރިކާ އަދި ދިވެހިރާއްޖޭގެ ދިދަ | ޝަޓާ ސްޓޮކް

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މި އަހަރާ ދިމާވުމާއެކު، މިއީ ދެ ޤައުމަށްވެސް ވަރަށް ޚާއްޞަ އަހަރެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމާއި، ދެމެހެއްޓެނިވި ރަޙުމަތްތެރިކަމާއި، ސުލްޙައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭކަމަށާއި، ސަލާމަތާއި ދިފާޢީ ރޮނގުންނާއި، ވިޔަފާރިއާއި އިޤުތިޞާދީ ތަރައްޤީއާއި، ތަޢުލީމީ ދާއިރާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެ އެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުޑޮނަލްޑް ޓްރަމްޕްރާއްޖެ-އެމެރިކާ

އިތުރަށް ކިޔާލަން

04 ޖުލައި 2026

ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް

04 ޖުލައި 2026
ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް
04 ޖުލައި 2026

ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު

04 ޖުލައި 2026
ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
02 ޖުލައި 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

02 ޖުލައި 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
02 ޖުލައި 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި

01 ޖުލައި 2026
ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް