Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި

6 ޖުލައި 2026 | ހޯމަ 06:33

ވޯލްޑް ކަޕްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފޯވާޑް ފޮލާރިން ބަލޯގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި ސަސްޕެންޝަން، ފީފާއިން އާދީއްތަ ދުވަހު ވަނީ އުވާލާފައި. އާންމު އުސޫލާ ހިލާފަށް ފީފާއިން މި ނިންމުން ނިންމީ، ބެލްޖިއަމާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މުހިންމު މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމާ ގުޅިގެން. މި ނިންމުމާ މެދު ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނުރުހުން ފާޅުކޮށްފައި.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 06:33
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި، އެމެރިކާއާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރި މެޗުގައި، އެމެރިކާ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު އެ ޓީމުގެ ޖާޒީ ނަންބަރު 20، ފޮލަރިން ބަލޯގަން އުފާފާޅުކުރަނީ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި، އެމެރިކާއާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރި މެޗުގައި، އެމެރިކާ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު އެ ޓީމުގެ ޖާޒީ ނަންބަރު 20، ފޮލަރިން ބަލޯގަން އުފާފާޅުކުރަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ފޮލާރިން ބަލޯގަންއަށް ދީފައިވާ ސަސްޕެންޝަން މުރާޖައާކޮށްދިނުމަށް އެދިވަޑައިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފިއެވެ. ރައީސް ޓްރަމްޕްގެ މި އެދިވަޑައިގަތުމާ ގުޅިގެން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ވަނީ އާދީއްތަ ދުވަހު އެ ސަސްޕެންޝަން އުވާލާފަ އެވެ.

ބަލޯގަންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ، ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި ބޮސްނިއާ އަތުން 2-0 އިން އެމެރިކާ މޮޅުވި މެޗުގައެވެ. މިދިޔަ ބުދަ ދުވަހު ކުޅުނު އެ މެޗުގައި އޭނާއަށް ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ތާރިކް މުހަރެމޮވިޗްގެ ފަޔަށް ގަސްތަކާ ނުލައި އެރުނު ހާދިސާއަކާ ގުޅިގެންނެވެ.

ފީފާގެ ގަވާއިދުތައް ބުނާގޮތުން، ސީދާ ރަތް ކާޑެއް ދައްކައިފިނަމަ އެއް މެޗުގެ ސަސްޕެންޝަނެއް އޮޓޮމެޓިކުން އަންނާނެއެވެ. އަދި މި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ކުޅުންތެރިޔާގެ ޓީމަށް ލިބިގެން ނުވެއެވެ. އެހެންކަމުން، މި ސަސްޕެންޝަނާއެކު ހޯމަ ދުވަހު ބެލްޖިއަމާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މުހިންމު މެޗުގައި ބަލޯގަންއަށް ނުކުޅެވޭނެ ކަމަށް ކުރިން އޮތީ ބެލެވިފައެވެ.

ނަމަވެސް، މި މައްސަލައިގެ މައުލޫމާތު އެނގޭ ތިން ފަރާތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ރައީސް ޓްރަމްޕް ވަނީ އިންފަންޓީނޯއަށް ގުޅުއްވައި އެ ނިންމުން އަލުން މުރާޖައާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން އާދީއްތަ ދުވަހު ފީފާއިން ވަނީ އާންމު އުސޫލާ ހިލާފަށް، ބަލޯގަންގެ ސަސްޕެންޝަން އެއް އަހަރު ދުވަހަށް ފަސްކުރުމަށް ނިންމާފަ އެވެ. މި ނިންމުމާ އެކު ރައީސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، "ބޮޑު ބޭއިންސާފެއް ބަދަލުކޮށްދިނީތީ" ފީފާއަށް ވަގުތުން ޝުކުރު އަދާކުރައްވާފަ އެވެ.

ފީފާގެ މި ނިންމުމާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އާދީއްތަ ދުވަހު ބުނެފައިވަނީ، އެ އިދާރާގެ ނިންމުމާމެދު އިންތިހާއަށް ހައިރާންވާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ފޮލަރިން ބަލޯގަންޑޮނަލްޑް ޓްރަމްޕްޖިއާނީ އިންފަންޓީނޯފީފާވޯލްޑް ކަޕްއެމެރިކާ-ބެލްޖިއަމްފުޓްބޯޅަ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!

06 ޖުލައި 2026
ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
05 ޖުލައި 2026

މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ

05 ޖުލައި 2026
މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ
05 ޖުލައި 2026

އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

05 ޖުލައި 2026
އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް
04 ޖުލައި 2026

ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި

04 ޖުލައި 2026
ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި
04 ޖުލައި 2026

މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް

04 ޖުލައި 2026
މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް