Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫރަޕް

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

5 ޖުލައި 2026 | އާދީއްތަ 15:44

ޔޫރަޕްގެ ގައުމުތަކުން ގެންގުޅޭ ހިޖުރަވެރިންގެ ސިޔާސަތުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައި، އެ ސަރަހައްދުގެ ގައުމުތަކުގެ ފެންވަރު ދަށްވަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވިޔަފާރިއާއި ނޭޓޯގެ ދިފާއީ ކަންކަމުގައި ޔޫރަޕުން އެމެރިކާއަށް އެއްބާރުލުން ނުދޭނަމަ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ނަމަވެސް ޖަރުމަނުވިލާތުން ވަނީ ނޭޓޯއަކީ ވަކި ގައުމެއްގެ ބަހަށް ކިޔަމަންވާންޖެހޭ އިއްތިހާދެއް ނޫންކަމަށް ބުނެ ޓްރަމްޕަށް ރައްދު ދީފައެވެ.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 15:44
އުތުރު ޕެރިހުގެ ސެއިންޓް-ޑެނީގައި ހުންނަ ސްޓޭޑް ޑި ފްރާންސް ކައިރީގައި ހުރި ފަގީރުން ދިރިއުޅޭ ސަރަހައްދެއްގައި ވަގުތީ ހިޔާވަހިކަން ގާއިމުކޮށްފައިވާ މަންޒަރު

އުތުރު ޕެރިހުގެ ސެއިންޓް-ޑެނީގައި ހުންނަ ސްޓޭޑް ޑި ފްރާންސް ކައިރީގައި ހުރި ފަގީރުން ދިރިއުޅޭ ސަރަހައްދެއްގައި ވަގުތީ ހިޔާވަހިކަން ގާއިމުކޮށްފައިވާ މަންޒަރު | ގެޓީ އިމޭޖަސް

ޔޫރަޕްގެ ގައުމުތަކުން ގެންގުޅޭ ހިޖުރަވެރިންގެ ނާކާމިޔާބު ސިޔާސަތުތަކުގެ ސަބަބުން، އެ ގައުމުތަކުގެ ފެންވަރު ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ދަރަޖައަށް ވެއްޓިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މިނިވަންކަމުގެ ބަޔާނުގައި ސޮއިކުރިތާ 250 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އިހުތިފާލުތަކުގެ ތެރެއިން، ރައީސް ޓްރަމްޕް ވަނީ ވޮޝިންގޓަންގެ ބައިވެރިންގެ ގޮތުގައި ބެލެވޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތަށް އަމާޒުކުރައްވައި އަނެއްކާވެސް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

ޖުލައި މަހުގެ 4 ވީ ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، ތިންވަނަ ދުނިޔޭގެ ކުށްވެރިންނަށް ގައުމުން ފުރުސަތު ދިނުމުން، އެ ގައުމަކީ ތިންވަނަ ދުނިޔޭގެ ގައުމަކަށް ބަދަލުވެގެންދާނެކަން ޔޫރަޕަށް މިހާރު ދަސްވަމުންދާ ކަމަށެވެ. އަދި އެއީ އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ވަރަށް އަވަހަށް ހިނގާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ހިޖުރަވެރިންނާ މެދު އެމަނިކުފާނު ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އެމެރިކާ އެފަދަ ހާލަތަކަށް ދިއުމުން ސަލާމަތްވެފައިވާކަން ހާމަކުރައްވަމުން، އެމަނިކުފާނު އިންތިޚާބުވީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

2015 ވަނަ އަހަރު ކުރިމަތިވި ހިޖުރަވެރިންގެ މައްސަލައަށް ފަހު، އީޔޫގެ ގައުމުތަކަށް ހިމާޔަތް ހޯދަން އަންނަ މީހުންގެ އަދަދު މަދުވެފައިވީ ނަމަވެސް، އާރް.އެފް.ބާލިންގެ ސެންޓަރ ފޯ ރިސާޗް އެންޑް އެނަލިސިސް އޮން މައިގްރޭޝަނުން ނެރުނު ރިޕޯޓެއް ބުނާގޮތުން، މިދިޔަ އަހަރު އެ ސަރަހައްދުގައި ދިރިއުޅޭ ބޭރު ގައުމުތަކަށް އުފަން މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެ 64.2 މިލިއަނަށް އަރާފަ އެވެ. މިއީ 2010 ވަނަ އަހަރާ އަޅާބަލާއިރު 20.2 މިލިއަންގެ އިތުރުވުމެކެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް "ސަންޑޭ ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ނުތަނަވަސް ހާލަތެއްގައި ކަމަށާއި، އެ ގައުމުގެ ރައްޔިތުން ތިބީ ބޮޑު ބަދަލަކަށް ފެންބޮވައިގެންފައި ކަމަށެވެ.

ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ހަވަނަ ބޭފުޅާ ކަމަށްވާ ކިއަރ ސްޓާމަރގެ އިސްތިއުފާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވޭންސް ވިދާޅުވީ، އިނގިރޭސިވިލާތުގެ ލީޑަޝިޕް ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނާކާމިޔާބުވެފައި ކަމަށެވެ. އަދި އެ ގައުމަށް މާ ބޮޑެތި ކުރިއެރުންތައް ހޯދިދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް އީޔޫއިން ނިންމައިފިނަމަ، އެ ސަރަހައްދުން އެމެރިކާއަށް ފޮނުވާ ހުރިހާ މުދަލަކުން 100 އިންސައްތައިގެ ޓެރިފް ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ދެއްވާފަ އެވެ.

ޖޫން މަހުގެ ފަހުކޮޅު، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭއާ ވާހަކަދައްކަވަމުން ވެސް ރައީސް ޓްރަމްޕް ވަނީ ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގިނަ ގައުމުތަކާ މެދު ހިތްޕުޅުހަމަނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ބޭނުންވަނީ ވަފާތެރިކަން... ޖަރުމަނުވިލާތުގައި އެމެރިކާގެ 50،000 ސިފައިން އެބަތިބި. އެކަމަކު އަޅުގަނޑުމެން ކުޑަކުޑަ ކަމަކަށް އެދުމުން، ނުވަތަ ކުޑަ އެހީތެރިކަމަކަށް އެދުމުން އެމީހުން ބުނަނީ އެކަމެއް ނުކުރެވޭނެ ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.

ޖަރުމަނުވިލާތުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް ވަނީ މި ހަފުތާގެ ކުރީކޮޅު ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ނޭޓޯގެ މަފްހޫމަކީ ލޯމަރައިގެން ކިޔަމަންވުން ނޫން ކަމަށާއި، އެއީ މިނިވަންކަމާއެކު މަޝްވަރާކުރުން ކަމަށެވެ. އަދި ނޭޓޯގެ ނިންމުންތައް ނިންމަނީ ވަކި ގައުމަކުން ބުނާ ގޮތަށް ނޫން ކަމަށާއި، އެއީ ހުރިހާ މެންބަރު ގައުމުތަކެއްގެ މެދުގައި އޮންނަ މިނިވަން އިއްތިފާގަކުން ނިންމާ ނިންމުންތަކެއް ކަމަށް "ޑިއަރ ޝްޕީގަލް" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕްޔޫރަޕްޔޫރަޕިއަން ޔޫނިއަންއިނގިރޭސިވިލާތްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްނޭޓޯ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
05 ޖުލައި 2026

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

05 ޖުލައި 2026
ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ
05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި

04 ޖުލައި 2026
ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި
04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް