Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

6 ޖުލައި 2026 | ހޯމަ 05:47

އެމެރިކާގެ ރިޔާާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އަންނާ ކެލީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބުދަ ދުވަހުގެ މެންދުރު ފަހުން ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވާނެ ކަމަށް. އަދި މި ބައްދަލުވުން ކުރިއަށް ގެންދަވާނީ ވަކި ވަކިން ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 05:47
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

ތުރުކީގައި ކުރިއަށްދާ ނޭޓޯ ސަމިޓުގެ ތެރެއިން ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ އާއި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާއާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވާނެ ކަމަށް ހާމަ ކޮށްފި އެވެ. 

އެމެރިކާގެ ރިޔާާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އަންނާ ކެލީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބުދަ ދުވަހުގެ މެންދުރު ފަހުން ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި މި ބައްދަލުވުން ކުރިއަށް ގެންދަވާނީ ވަކި ވަކިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ތުރުކީގައި ޒެލެންސްކީއާ ބައްދަލު ކުރައްވައި، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާާމަ ނިންމުމާ ގުޅޭ ގޮތުން ޓްރަމްޕް މަޝްވަރާ ކުރައްވާނެ އެވެ. ހަތަރު އަހަރަަށް ވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަކީ، ޓްރަމްޕް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެކެވެ. އަދި މިއީ ޓްރަމްޕްގެ އިސް ނެންގެވުމުގެ މަތިން ބާއްވާ ބައްދަލުވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ ތުރުކީގައި ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ވެސް ޓްރަމްޕް ވާހަކަ ދައްކަވާނެ އެވެ. އޭގެ ކުރިން އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް ވެސް، ޓްރަމްޕް އާއި ޕުޓިން ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. 

މީގެ ކުރިން މިދިޔަ ޖޫން މަހު ފްރާންސްގައި ކުރިއަށް ދިޔަ ޖީ7 ގެ ބައްދަލުވުމުގެ ތެރެއިން ވެސް ޓްރަމްޕް އާއި ޒެލެންސްކީ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވެސް މަޝްވަރާ ކޮށްފައި ވަނީ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުންނެވެ. 

މީގެ އިތުރުން ސީރިއާގެ ރައީސް އަލް ޝަރާއާ ބައްދަލު ކުރައްވާނީ ލުބްނާންގައި އިޒްރޭލް އާއި ހިޒްބުﷲ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި، އެ ހަނގުރާމައިގައި ބައިވެރިވުމަށް ޓްރަމްޕް ސީރިއާ އަށް ގޮވާލާފައި ވަނިކޮށެވެ. ނަމަވެސް، އަލް ޝަރާ ވިދާޅުވެފައި ވަނީ އެ ހަނގުރާމައިގެ ތެރެއަށް ވަންނަން ސީރިއާ ބޭނުން ނުވާ ކަމަށާއި، ބޭނުން ވަނީ ސީރިއާ އާއި ލުބުނާންއާ ދެމެދު އިޤްތިޞާދީ ގުޅުން ޤާއިމު ކުރުމަށް ކަމަށެވެ.  

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލް ޝަރާ ވަނީ އެމެރިކާ އަށް ވަޑައިގެން، ވައިޓް ހައުސްގައި ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. މިއީ 80 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ސީރިއާގެ ރައީސް އަކު ވައިޓް ހައުސް އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާނޭޓޯގެ ބައްދަލުވުންރަޝިޔާ-ޔޫކްރެއިން ހަނގުރާމަސީރިއާ-އެމެރިކާ ގުޅުންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
05 ޖުލައި 2026

އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް

05 ޖުލައި 2026
އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް
05 ޖުލައި 2026

ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި

05 ޖުލައި 2026
ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި
05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
03 ޖުލައި 2026

އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް

03 ޖުލައި 2026
އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް
03 ޖުލައި 2026

އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

03 ޖުލައި 2026
އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
03 ޖުލައި 2026

ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް

03 ޖުލައި 2026
ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް
02 ޖުލައި 2026

އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ

02 ޖުލައި 2026
އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ
01 ޖުލައި 2026

މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި

01 ޖުލައި 2026
މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް