Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗައިނާ ދިދަ

މެލޭޝިއާގެ ހޮޓަލެއްގައި ގައުމުތަކެއްގެ ދިދަތައް ހުރި އިރު އެތަނުގައި ޗައިނާގެ ދިދަ ނެތުމުން ޗައިނާގެ ފަތުރުވެރިއަކު ޝަކުވާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ

7 ޖުލައި 2026 | އަންގާރަ 11:52

މެލޭޝިއާގެ ހޮޓަލެއްގައި ޗައިނާގެ ދިދަ ނެތުމުން އެ ގައުމުގެ ފަތުރުވެރިއަކު ޝަކުވާކުރާ ވީޑިއޯއެއް އާންމުވެފައިވާއިރު، އެތަނުގައި ހުރީ ވޯލްޑް ކަޕަށް ކޮލިފައިވި ގައުމުތަކުގެ ދިދަ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައި. ޗައިނާގެ ދިދަ ނެތް މައްސަލައިގައި ފަތުރުވެރިޔާ މުވައްޒަފުންނާ ދިމާލަށް ހަޅޭއްލެވުމުން މީސްމީޑިއާގައި އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.

ރާއްޖެ އެމްވީ | 7 ޖުލައި 2026 | އަންގާރަ 11:52
އެރި ބޮޑު އޮޅުމެއްގެ ސަބަބުން މެލޭޝިއާއަށް ކުރި ވިޔަފާރި ދަތުރަކަށްފަހު، ޗައިނާގެ ފަތުރުވެރިއަކަށް ވަނީ އިންޓަރނެޓް ގައި ވަރަށް ބޮޑު ސަމާލު ކަމެއް ލިބިފައި

އެރި ބޮޑު އޮޅުމެއްގެ ސަބަބުން މެލޭޝިއާއަށް ކުރި ވިޔަފާރި ދަތުރަކަށްފަހު، ޗައިނާގެ ފަތުރުވެރިއަކަށް ވަނީ އިންޓަރނެޓް ގައި ވަރަށް ބޮޑު ސަމާލު ކަމެއް ލިބިފައި | އެކްސް

މެލޭޝިއާގެ ހޮޓަލެއްގައި ގައުމުތަކެއްގެ ދިދަ ދަމާފައި ހުރި އިރު، އެތަނުގައި ޗައިނާގެ ގައުމީ ދިދަ ނެތުމުން، އެ ހޮޓަލުގެ މުވައްޒަފުންނާ އެ ގައުމުގެ ފަތުރުވެރިއަކު ކުރިމަތިލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެއްޖެ އެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ވިޔަފާރި ދަތުރެއްގައި ކުއާލަލަމްޕޫރަށް ގޮސް އުޅޭ މި މީހާ ވަނީ، ހޮޓަލުގެ ހެނދުނުގެ ނާސްތާ އޮންނަ ސަރަހައްދުގައި އެތައް ގައުމެއްގެ ދިދަ ހުރިއިރު ޗައިނާގެ ދިދަ ނެތީ ކީއްވެގެންތޯ އެތަނުގެ މުވައްޒަފަކާ ސުވާލުކޮށްފަ އެވެ.

ޗައިނާގެ ދިދަ ނެތް ސަބަބާ ބެހޭގޮތުން ސުވާލުކުރަމުން އޭނާ ބުނެފައިވަނީ، "ޗައިނާ މީހުންގެ އަތުން ލާރި ހޯދަން ބޭނުންނަމަ، ޗައިނާގެ ގައުމީ ދިދަވެސް ނަގަންވާނެ" ކަމަށެވެ. އޭނާ މިގޮތަށް ޝަކުވާކޮށް ސަބަބު އޮޅުންފިލުވަން މަސައްކަތް ކުރަމުންދިޔައިރު، އެ ހޮޓަލުގެ މުވައްޒަފު ހުރީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފަ އެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ފާހަގަކުރި ގޮތުގައި، އެ ދިދަތަކަކީ ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް (ވޯލްޑް ކަޕް) ހާއްސަކޮށްގެން ހޮޓަލުން ކޮށްފައިވާ ޒީނަތްތެރިކަމެކެވެ. އަދި އެތަނުގައި ހުރީ އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތަށް ކޮލިފައިވި 48 ގައުމުގެ ދިދަކަމަށާއި، ޗައިނާ މި މުބާރާތަށް ކޮލިފައިވެފައި ނުވާކަން އެމީހުން ފާހަގަކުރި އެވެ.

މި ވީޑިއޯތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ ތަފާތު ހިޔާލުތައް ފާޅުކުރަމުންނެވެ. އެގޮތުން މީސްމީޑިއާ ބޭނުންކުރާ އެކަކު ބުނެފައިވަނީ، "މިއީ ވޯލްޑް ކަޕަށް ހާއްސަ ޒީނަތްތެރިކަމެއް ކަމަށާއި، މިއީ ހުރިހާ ގައުމެއްގެ ދިދަ ދައްކާލުމަށް ބަހައްޓާފައި ހުރި އެއްޗެއް ނޫން" ކަމަށެވެ.

ބައެއް މީހުން ވަނީ އެ ފަތުރުވެރިޔާ ކަންތައް ކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

"ކޮންމެ ގައުމަކުންވެސް ޗައިނާއަށް ހާއްސަ އިނާޔަތްތަކެއް ދޭންޖެހޭނެ ކަމަށް ދެކިގެން މިފަދަ ގޮތްގޮތަށް އަމަލުކުރުމަކީ، ބޭރު ގައުމުތަކުގައި ޗައިނާގެ ފަތުރުވެރިންނަށް ނުރުހުން އަމާޒުވާ މައިގަނޑު ސަބަބު،" މީސްމީޑިއާ ބޭނުންކުރާ މީހަކު ލިޔެފައިވެ އެވެ. އަދި މެލޭޝިއާވެސް މުބާރާތަށް ކޮލިފައި ނުވާތީ، އެ ގައުމުގެ ދިދަވެސް އެތަނުގައި ނެތްކަން ބައެއް މީހުން ފާހަގަކުރި އެވެ.

އަނެއްބައި މީހުން ބުނި ގޮތުގައި އެ ފަތުރުވެރިޔާގެ ވާހަކަތަކުން ފެންނަނީ ގޯސް ނިޔަތެއް އޮތުމަށްވުރެ ބޮޑަށް، އޭނާގެ ހިތުގައި ގައުމަށް އޮތް ލޯތްބެވެ. "އޭނާ އެހެން ބުނީ ގައުމީ ރޫހެއްގައި ކަމަށް ވެދާނެ، އެކަމަކު އޭނާ ޖެހޭނީ ރީތި ގޮތުގައި ސުވާލުކުރަން،" އެކަކު ބުންޏެވެ. މީގެ އިތުރުން، 2002 ވަނަ އަހަރުގެ ފަހުން ޗައިނާގެ ފިރިހެން ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕުން ޖާގައެއް ލިބިފައި ނުވާތީ، ބައެއް މީހުން ވަނީ އެކަމަށް މަލާމާތްކޮށް ޖޯކު ޖަހާފަ އެވެ.

"1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް، ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމަށް ވޯލްޑް ކަޕަށް ކޮލިފައިވާވަރުގެ ފުޓްބޯޅަ ޓީމެއްވެސް އުފެއްދޭކަށް ނެތް. ދިދަ ނެތީ އެހެންވެ. އަހަރެމެން ކުށްވެރި ނުކޮށް، ތިމާގެ އަމިއްލަ ގައުމު ކުށްވެރިކުރޭ،" އެހެން މީހަކު ބުނެފައިވެ އެވެ.

ފީފާ ރޭންކިންގެ 91 ވަނައިގައި އޮތް ޗައިނާގެ ފިރިހެން ފުޓްބޯޅަ ޓީމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރިމަތިވަމުންދާ ނާކާމިޔާބީއަކީ އެ ގައުމުގައި އަބަދުވެސް ބޮޑު ބަހުސެއް ހިނގާ މައުޟޫއެކެވެ. ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރައްވާ އެ ގައުމުގެ ރައީސް ޝީ ޖިންޕިންވެސް ވަނީ، ޗައިނާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އެހީތެރިވުމަށް ރޮބޮޓް ބޭނުންކުރެވިދާނެތޯ އެއްފަހަރަކު ސަމާސާ މޭރުމަކުން ސުވާލު އުފައްދަވާފަ އެވެ.

މެލޭޝިއާޗައިނާވޯލްޑް ކަޕް

އިތުރަށް ކިޔާލަން

07 ޖުލައި 2026

325 މިލިއަން ޑޮލަރު ރިޝވަތުގެ މައްސަލައިގައި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ ހުކުމް އިއްވައިފި

07 ޖުލައި 2026
325 މިލިއަން ޑޮލަރު ރިޝވަތުގެ މައްސަލައިގައި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ ހުކުމް އިއްވައިފި
07 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާގެ ރައީސް ގެ މަގާމަށް ނުރައްކާވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވެދާނެ ހެއްޔެވެ؟

07 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާގެ ރައީސް ގެ މަގާމަށް ނުރައްކާވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވެދާނެ ހެއްޔެވެ؟
06 ޖުލައި 2026

އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި

06 ޖުލައި 2026
އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި
06 ޖުލައި 2026

ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި

06 ޖުލައި 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި
06 ޖުލައި 2026

ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!

06 ޖުލައި 2026
ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!
06 ޖުލައި 2026

ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި

06 ޖުލައި 2026
ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި
05 ޖުލައި 2026

މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ

05 ޖުލައި 2026
މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ
05 ޖުލައި 2026

އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

05 ޖުލައި 2026
އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް
04 ޖުލައި 2026

މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް

04 ޖުލައި 2026
މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް
03 ޖުލައި 2026

އާޖެންޓިނާ-ކޭޕް ވާޑް: ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެއް!

03 ޖުލައި 2026
އާޖެންޓިނާ-ކޭޕް ވާޑް: ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް