Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ

325 މިލިއަން ޑޮލަރު ރިޝވަތުގެ މައްސަލައިގައި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ ހުކުމް އިއްވައިފި

7 ޖުލައި 2026 | އަންގާރަ 10:10

ޗައިނާގެ ނަންޖިން ސިޓީގެ ކުރީގެ އޮފިޝަލް ޔަންގް ޔޫލިން، 30 އަހަރުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބޮޑެތި ޚިޔާނާތްތަކެއް ހިންގިކަން ސާބިތުވުމާ ގުޅިގެން އޭނާ މަރަން އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ރައީސް ޝީ ޖިންޕިން ފައްޓަވާފައިވާ ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ ދަށުން ބެލި މި މައްސަލައިގައި، ޔަންގް ވަނީ ރިޝވަތު ހިފުމާއި މަނީ ލޯންޑަރިން ފަދަ ސީރިއަސް ކުށްތަކަށް އިއުތިރާފުވެފައެވެ. އޭނާ ދައުލަތަށް ދީފައިވާ ގެއްލުން ބޮޑުކަމުން، ތަހުގީގަށް އެހީތެރިވި ނަމަވެސް އަދަބަށް ލުއި ނުދޭން ކޯޓުން ވަނީ ނިންމާފައެވެ.

ރާއްޖެ އެމްވީ | 7 ޖުލައި 2026 | އަންގާރަ 10:10
ޔަންގް ޔޫލިން އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެހެން ފަރާތްތަކަށް ކޮންޓްރެކްޓްތަކާއި ފައިނޭންސިން ހޯދައިދިނުމަށް އެހީތެރިވެދީފައިވާކަން ކޯޓުގައި ވަނީ ހާމަވެފައި

ޔަންގް ޔޫލިން އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެހެން ފަރާތްތަކަށް ކޮންޓްރެކްޓްތަކާއި ފައިނޭންސިން ހޯދައިދިނުމަށް އެހީތެރިވެދީފައިވާކަން ކޯޓުގައި ވަނީ ހާމަވެފައި | ސީސީޓީވީ

ޗައިނާގެ އިރުމަތީ ސިޓީއެއްގެ ކޯޓަކުން، ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ރިޝވަތުގެ ގޮތުގައި 2.2 ބިލިއަން ޔުއާން (325 މިލިއަން ޑޮލަރު ނުވަތަ 243 މިލިއަން ޕައުންޑް) އަށް ވުރެ ގިނަ ފައިސާ ނެގި ކަމުގެ ކުށް ސާބިތުވި ކުރީގެ ސިޓީ އޮފިޝަލަކު މަރަން ހުކުމްކޮށްފި އެވެ.

1993 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ނަންޖިން ސިޓީގެ އެކި މަގާމުތައް ފުރާފައިވާ ޔަންގް ޔޫލިންގެ މައްޗަށް، ރިޝވަތު ހިފުމުގެ އިތުރުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ކުށް ވެސް ވަނީ ސާބިތުވެފަ އެވެ. އޭނާ ނަހަމަ ގޮތުގައި ހޯދާފައިވާ މި ފައިސާއަކީ ފަހުގެ ތާރީޚެއްގައި މިފަދަ މައްސަލައެއްގައި ފެންމަތިވި އެންމެ ގިނަ ފައިސާގެ ތެރޭގައި ހިމެނޭ އަދަދެކެވެ.

އުމުރުން 69 އަހަރުގެ ޔަންގް، އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އިންޖިނިއަރިން ކޮންޓްރެކްޓްތަކާއި، ބިން ދޫކުރުމާއި، ފައިނޭންސިންގެ ކަންކަމުގައި އެކި ފަރާތްތަކަށް އެހީތެރިވެދީފައިވަނީ އޭގެ ބަދަލުގައި ފައިސާއާއި އަގުބޮޑު ތަކެތި ހޯދައިގެން ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޔަންގްގެ މައްސަލަ ތަހުގީގުކޮށްފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ފައްޓަވާފައިވާ ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ ދަށުންނެވެ. މި ކެމްޕޭނުގެ ތެރެއިން އެ ގައުމުގެ އަސްކަރިއްޔާއާއި ބޭންކިން ދާއިރާގެ އިސްވެރިން ހިމެނޭހެން ގިނަ ބައެއްގެ މައްސަލަތައް ވަނީ ބަލާފަ އެވެ.

ނަންޖިން ސިޓީގެ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ތަރައްގީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ޔަންގް ހިންގާފައިވާ އަމަލުތަކަކީ "އިންތިހާއަށް ސީރިއަސް" ކަންތައްތަކެއް ކަމަށާއި، އޭގެ ސަބަބުން "ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ" ކަމަށް މިދިޔަ ހޯމަ ދުވަހު ޗަންގްޒޫ ސިޓީގެ ކޯޓުން ބުނެފައިވެ އެވެ.

ރައީސް ޝީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ކޮރަޕްޝަނާ ދެކޮޅަށް ސިލްސިލާ ހަރަކާތްތަކެއް ހިންގަވަމުން ގެންދަވާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށެވެ.

އިގްތިސާދީ ކުށްތަކުގައި މަރުގެ އަދަބު ދިނުމަކީ ޗައިނާގައި އާންމުކޮށް ކުރާ ކަމެއް ނޫން ނަމަވެސް، 1 ބިލިއަން ޔުއާންއަށް ވުރެ ގިނަ ފައިސާ ހިމެނޭ ބޮޑެތި މައްސަލަތަކުގައި މަދުން ނަމަވެސް މިފަދަ ހުކުމްތައް އިއްވަމުންދެ އެވެ.

މިސާލަކަށް، 10 އަހަރުގެ ތެރޭގައި 1.8 ބިލިއަން ޔުއާން ރިޝވަތުގެ ގޮތުގައި ނެގި މައްސަލައިގައި ފައިނޭންސް ދާއިރާގެ ކުރީގެ އިސްވެރިޔާ ލައި ޝިއާއޯމިންގެ މައްޗަށް އިއްވި މަރުގެ ހުކުމް 2021 ވަނަ އަހަރު ވަނީ ތަންފީޒުކޮށްފަ އެވެ.

ހަމައެއާއެކު، އިނަރ މޮންގޯލިއާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ލީ ޖިއަންޕިން، 3 ބިލިއަން ޔުއާންއަށް ވުރެ ގިނަ ފައިސާއަށް ޚިޔާނާތްތެރިވެ ރިޝވަތު ހިފި މައްސަލައިގައި 2024 ވަނަ އަހަރު ވަނީ މަރާލާފަ އެވެ.

މިފަދަ އެހެން ގިނަ މައްސަލަތަކުގައި ކޯޓުތަކުން އާންމުކޮށް އިއްވަނީ ޖަލު އަދަބު ނުވަތަ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ހުކުމްތަކެވެ. މިގޮތަށް ފަސްކުރާ މަރުގެ ހުކުމްތައް، ވަކި މުއްދަތެއް ފަހުން އާންމުކޮށް އުމުރު ދުވަހުގެ ޖަލު އަދަބަކަށް ބަދަލުކުރެވެ އެވެ.

މީގެ އިތުރުން، ކުށް ސާބިތުވާ މީހުން އެހެން ކުށްވެރިންގެ މައުލޫމާތު ކޯޓަށް ހިއްސާކޮށްފި ނަމަ، ބައެއް ހާލަތްތަކުގައި އަދަބު ލުއިކޮށްދީފައި ވެސް އެބަހުއްޓެވެ.

ޔަންގް ވެސް ތަހުގީގީ އިދާރާތަކަށް އެފަދަ އެހީތެރިކަމެއް ފޯރުކޮށްދީފައިވީ ނަމަވެސް، އޭނާގެ ކުށްތަކުގެ ނުރައްކާތެރިކަން ބޮޑުކަމުން، އެ އެހީތެރިކަމަކީ އޭނާއަށް ދޭ އަދަބު ލުއިކޮށްދޭންޖެހޭ ފަދަ ސަބަބެއް ނޫން ކަމަށް ޗަންގްޒޫ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަންގް ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، އެންމެ ފަހުން ދިން ބަޔާނުގައި އެ އަމަލުތަކާ މެދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ.

މަސްދަރު: ބީބީސީ

ޗައިނާޝީ ޖިންޕިންކަރަޕްޝަން

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި

06 ޖުލައި 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި
05 ޖުލައި 2026

ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

05 ޖުލައި 2026
ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
04 ޖުލައި 2026

ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!

04 ޖުލައި 2026
ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!
03 ޖުލައި 2026

ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި

03 ޖުލައި 2026
ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
30 ޖޫން 2026

ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި

30 ޖޫން 2026
ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

30 ޖޫން 2026
ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
28 ޖޫން 2026

ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ

28 ޖޫން 2026
ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ
28 ޖޫން 2026

އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި

28 ޖޫން 2026
އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް