Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް

4 ޖުލައި 2026 | ހޮނިހިރު 19:35

ތަޖުރިބާކާރު ކުޅުންތެރިންނާއެކު މޮރޮކޯއިން ވަނީ ކެނެޑާ އާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި. ކުއާޓާ ފައިނަލުގައި މޮރޮކޯ ބައްދަލުކުރަން ޖެހޭނީ ފްރާންސާއި ޕެރަގުއޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 19:35
ހިއުސްޓަންގައި ކެނެޑާއާއި މޮރޮކޯ ބައްދަލުކުރި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުގައި، މޮރޮކޯގެ އައްޒުއްދީން އޫނާހީ ލަނޑެއް ޖެހުމާ ގުޅިގެން އެ ޓީމުގެ ކުޅުންތެރިން އޭނާގެ ގާތަށް އެއްވެ އުފާފާޅުކުރަނީ.

ހިއުސްޓަންގައި ކެނެޑާއާއި މޮރޮކޯ ބައްދަލުކުރި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުގައި، މޮރޮކޯގެ އައްޒުއްދީން އޫނާހީ ލަނޑެއް ޖެހުމާ ގުޅިގެން އެ ޓީމުގެ ކުޅުންތެރިން އޭނާގެ ގާތަށް އެއްވެ އުފާފާޅުކުރަނީ. | އޭޕީ

ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު ގަދަ 16 ގެ މެޗުގައި، މޮރޮކޯއިން ފެންވަރު ރަނގަޅު ކުޅުމެއް ދައްކައި 3-0 ގެ ނަތީޖާއަކުން ކެނެޑާ ބަލިކޮށްފި އެވެ. މެޗުގެ

ދެވަނަ ހާފުގައި އަޒުއްދީން އޫނާހީ ކާމިޔާބުކުރި ދެ ލަނޑާއި، މެޗު ނިމެން ގާތްވެފައި ވަނިކޮށް ކައުންޓަރ އެޓޭކެއްގައި ސުފިޔާން ރަހީމީ ޖެހި ލަނޑާއެކު "އެޓްލަސް ލަޔަންސް" އިން ވަނީ ކެނެޑާގެ މައްޗަށް ކުރިހޯދާފަ އެވެ. މުޅި މެޗުގައިވެސް ކެނެޑާގެ ފަރާތުން ކުރިއަށް އަރައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ.

މި މެޗުގެ 24 ގަޑިއިރެއްހާ އިރު ކުރިން، މިޞްރުން ވަނީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އެ ގައުމުން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް، މުޅި އަރަބި ދުނިޔެއަށް އުފާވެރިކަން ގެނެސްދީފަ އެވެ. މި ކާމިޔާބީއާއެކު، ޖުލައި މަހުގެ 7 ވާ އަންގާރަ ދުވަހު އެޓްލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅޭ ގަދަ 16 ގެ މެޗުގައި މިޞްރު ނުކުންނާނީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.

މޮރޮކޯއަކީ މީގެ ކުރިންވެސް މިފަދަ ކާމިޔާބީތައް ހޯދާފައިވާ ގައުމެކެވެ. އެގައުމަކީ 1986 ވަނަ އަހަރު ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދަތުރުކުރި ފުރަތަމަ އަރަބި ގައުމެވެ. އެ ފަހަރު އެ ގައުމު މުބާރާތުން ކެޓީ ހުޅަނގު ޖަރުމަނާ ވާދަކޮށް ބަލިވުމުންނެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް، މޮރޮކޯއިން ވަނީ ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ލޯބި ހޯދާފަ އެވެ. އެ ފަހަރު ސެމީ ފައިނަލުން އެ ގައުމު ބަލިވީ ފްރާންސް އަތުން 2-0 އިންނެވެ.

ކެނެޑާއާ ދެކޮޅަށްވެސް މޮރޮކޯއަށް ކުރިން ވަނީ މީގެ ކުރިން ވެސް ކާމިޔާބީތަކެއް ލިބިފަ އެވެ. މީގެ ހަތަރު އަހަރު ކުރިން މޮރޮކޯއިން ހޯދި ތާރީޚީ ކާމިޔާބީގައި، ކްރޮއޭޝިއާ އާއި ބެލްޖިއަމް ހިމެނުނު ގްރޫޕުގެ އެއްވަނަ އެ ގައުމުން ހޯދީ މި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ 2-1 އިން ބަލިކުރުމަށްފަހު އެވެ.

އެ ޓީމުގައި ކުރިންވެސް ހިމެނުނު މުހިންމު ކުޅުންތެރިން ކަމަށްވާ އަޝްރަފް ހަކީމީ، ޔާސީން ބޫނޫ، ނުސައިރު މަޒްރާއީ އަދި އަޒުއްދީން އޫނާހީ އަދިވެސް ޓީމުގައި މުހިންމު ދައުރެއް އަދާކުރެ އެވެ. މީގެ އިތުރުން، ހުނަރުވެރި 18 އަހަރުގެ އައްޔޫބު ބޫއައްދީ އާއި ބަޔާން މިއުނިކަށް އަލަށް ސޮއިކުރި އިސްމާއީލް ސައިބާރީ ފަދަ ކުޅުންތެރިން މިހާރު ވަނީ ޓީމާ ގުޅިފަ އެވެ. ސައިބާރީއަކީ ގަދަ 32 ގެ ބުރުގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ކާމިޔާބުކޮށްދީ ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި މި މެޗަށް ނުކުތްއިރު މޮޅުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ މޮރޮކޯއެވެ. އަދި މެޗުގެ ނަތީޖާއިންވެސް އެކަން ވަނީ ސާބިތުވެފަ އެވެ.

ކުއާޓާ ފައިނަލުގައި މޮރޮކޯ ބައްދަލުކުރަން ޖެހޭނީ ފްރާންސާއި ޕެރަގުއޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ފިލަޑެލްފިއާގައެވެ.

ވޯލްޑް ކަޕްމޮރޮކޯކެނެޑާމިޞްރުއާޖެންޓީނާފުޓްބޯޅަވޯލްޑް ކަޕް 2026

އިތުރަށް ކިޔާލަން

03 ޖުލައި 2026

އާޖެންޓިނާ-ކޭޕް ވާޑް: ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެއް!

ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!

03 ޖުލައި 2026
ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!
02 ޖުލައި 2026

ސްޕެއިން- އޮސްޓްރިއާ ބައްދަލުކުރާ ވޯލްޑް ކަޕްގެ ގަދަ 32 ގެ މެޗުގެ ޕްރިވިއު، ލަފާކުރުންތައް އަދި ޓީމުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު

02 ޖުލައި 2026
ސްޕެއިން- އޮސްޓްރިއާ ބައްދަލުކުރާ ވޯލްޑް ކަޕްގެ ގަދަ 32 ގެ މެޗުގެ ޕްރިވިއު، ލަފާކުރުންތައް އަދި ޓީމުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު
01 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟

01 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟
01 ޖުލައި 2026

ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި

01 ޖުލައި 2026
ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި
30 ޖޫން 2026

ކޭޕް ވާޑުން 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

30 ޖޫން 2026
ކޭޕް ވާޑުން 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
30 ޖޫން 2026

ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!

30 ޖޫން 2026
ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!
29 ޖޫން 2026

ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

29 ޖޫން 2026
ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
29 ޖޫން 2026

އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟

29 ޖޫން 2026
އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް