Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި

6 ޖުލައި 2026 | ހޯމަ 13:37

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އަންނަ ސަސްޕެންޝަން އުވާލަން ފީފާއިން ނިންމުމުން، ޔުއެފާއާއި ބެލްޖިއަމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި. މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސަށް ގުޅުއްވައި ސިޔާސީ ނުފޫޒު ފޯރުވައިގެން ނިންމި ނިންމުމެއް ކަމަށް ތުހުމަތުކުރެވޭއިރު، މިއީ ކުޅިވަރުގެ އިންސާފުވެރިކަން ގެއްލޭނެ ކަމެއް ކަމަށް ޔުއެފާއިން ބުނޭ. މި ނިންމުމާއެކު، ބެލްޖިއަމާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗުގައި ބަލޯގަންއަށް ކުޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައި.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 13:37
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 2025 ޑިސެމްބަރު 5 ވާ ހުކުރު ދުވަހު ވޮޝިންގޓަން ޑީސީގެ ޖޯން އެފް ކެނެޑީ ސެންޓަރ ފޯ ދަ ޕާފޯމިންގ އާޓްސްގައި ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ގުރުއަތުލުމުގެ ރެޑް ކާޕެޓް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 2025 ޑިސެމްބަރު 5 ވާ ހުކުރު ދުވަހު ވޮޝިންގޓަން ޑީސީގެ ޖޯން އެފް ކެނެޑީ ސެންޓަރ ފޯ ދަ ޕާފޯމިންގ އާޓްސްގައި ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ގުރުއަތުލުމުގެ ރެޑް ކާޕެޓް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

މިފަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އަންނަ އޮޓޮމެޓިކް ސަސްޕެންޝަން ދަމަހައްޓަން ފީފާއިން ދެކޮޅު ހެދުމުން، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ. ޔުއެފާއިން ބުނީ ފީފާގެ މި ކުއްލި ނިންމުމަކީ މީގެ ކުރިން ދުވަހަކުވެސް ކަން ހިނގާފައިވާ ގޮތެއް ނޫން ކަމަށާއި، މިއީ އެއްވެސް ހަމައެއް ނެތް، ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

ބޮސްނިއާ-ހެރްޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ ފޯވާޑް ބަލޯގަން، އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 01:00 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗުގައި ސަސްޕެންޝަނެއް ފުރިހަމަކުރަން ޖެހެއެވެ.

ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އަދި ވޯލްޑް ކަޕް އިންތިޒާމުކުރާ ފަރާތް ކަމަށްވާ ފީފާއިން ވަނީ އުމުރުން 25 އަހަރުގެ ބަލޯގަންއަށް ވަގުތުން ފިޔަވަޅު ނޭޅުމަށް  . މީގެ މާނައަކީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއަށް ބެލްޖިއަމް މެޗުގައި ކުޅެވޭނެ އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާއިން ބުނީ މުބާރާތެއްގެ ތެރެއިން ސަސްޕެންޝަނެއް އުވާލުމަށް މިގޮތަށް ނުފޫޒު ފޯރުވުމަކީ "ރަތް ރޮނގު ހުރަސްކުރުން" ކަމަށެވެ.

ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް ދެއްކި 188 ރަތް ކާޑުގެ ތެރެއިން، ސަސްޕެންޝަނުން ސަލާމަތްވެފައިވަނީ ބަލޯގަންގެ އިތުރުން އެންމެ ކުޅުންތެރިއެކެވެ.

އެއީ 1962 ވަނަ އަހަރު ބްރެޒިލްގެ ގަރިންޗާއެވެ. އެއީ އޮޓޮމެޓިކް ސަސްޕެންޝަންގެ ގަވާއިދު އައުމުގެ ކުރިން، ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތުތަކާއެކު ހިނގާފައިވާ ކަމެކެވެ.

ސީބީއެސް ނިއުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބަލޯގަންގެ ސަސްޕެންޝަން އުވާލާފައިވަނީ ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފޯނުން ގުޅުއްވައި އެކަމާ ބެހޭގޮތުން ވާހަކަދެއްކެވި ފަހުންނެވެ.

އާދީއްތަ ދުވަހު ރައީސް ޓްރަމްޕް ވަނީ "ބޮޑު ބޭއިންސާފެއް ބަދަލުކޮށްދިނީތީ" ފީފާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލޯގަން ސަސްޕެންޑް ނުކުރަން ނިންމުމުން އެކަމާ "ހައިރާންވާ" ކަމަށެވެ.

ހޯމަ ދުވަހު ބެލްޖިއަމްގެ ފޮރިން މިނިސްޓަރު މެކްސިމް ޕްރެވޯޓް ވިދާޅުވީ، މި ނިންމުމުގެ ފަހަތުގައިވަނީ ހަގީގަތުގައިވެސް ފޯނު ކޯލެއް ކަމަށްވާނަމަ، އެއީ ފުޓްބޯޅައާއި ކުޅިވަރުގެ އެންމެ އަސާސީ ގަވާއިދުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން 2016 ވަނަ އަހަރު މަގާމުން ވަކިވެވަޑައިގެންނެވި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އެކްސްގައި ވިދާޅުވީ، ފުޓްބޯޅައަކީ ސިޔާސީ ބާރުވެރިކަން ދައްކާ މައިދާނަކަށް ދުވަހަކުވެސް ވެގެންނުވާނެ ކަމަށެވެ.

ޔުއެފާއިން ބުނި ގޮތުގައި އެއް މެޗުގެ އޮޓޮމެޓިކް ސަސްޕެންޝަނަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގަވާއިދުގައި ކަނޑައެޅިގެން ބަޔާންވެގެންވާ އުސޫލެކެވެ.

"ގަވާއިދުތައް ހިމާޔަތްކުރަން ތިބި ފަރާތްތަކުން އެ ގަވާއިދުތަކަށް އިހުތިރާމް ނުކުރާނަމަ، ކުޅިވަރުގެ އިންސާފުވެރިކަން ގެއްލި، މުބާރާތުގެ އަގު ވެއްޓިގެންދާނެ،" ޔުއެފާގެ ބަޔާނުގައިވެ އެވެ.

"ހަމައެއާއެކު، މިފަދަ ނިންމުމެއްގެ ސަބަބުން މި މުބާރާތުގައި ނުރަނގަޅު މިސާލެއް ގާއިމުވެގެންދާނެ. މީގެ ފަހުން ދިމާވާ މިފަދަ ކަންކަމުގައިވެސް އަމަލުކުރަން ޖެހޭނީ މިގޮތަށް. މިއީ މުބާރާތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް."

"މިއީ މީގެ ކުރިން ދުވަހަކުވެސް ކަން ހިނގާފައިވާ ގޮތެއް ނޫން. މި ބޭއިންސާފު ނިންމުން ގަބޫލުކުރަން ދަތި."

ޔޫރަޕިއަން ޔޫނިއަންގެ ކުޅިވަރާ ބެހޭ ކޮމިޝަނަރު ގްލެން މިކަލެފް ވިދާޅުވީ ކުޅިވަރުގެ ނިންމުންތައް ނިންމަންވާނީ ކުޅިވަރު އިދާރާތަކުން ކަމަށާއި، ސިޔާސީ ފަރާތްތަކުން ނޫން ކަމަށެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަކީ ކުޅިވަރުގެ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި ސިޔާސީ ބޭނުންތަކަށް ކުޅިވަރު ހަތިޔާރަކަށް ހެދުމުގެ ބަދަލުގައި، ކުޅިވަރުގެ ހިންގުމުގައި ހުރި ގޮންޖެހުންތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފާއިތުވި މަސްތަކުގައި ޔުއެފާއާއި ފީފާއާ ދެމެދު އެކި ނިންމުންތަކާ ގުޅިގެން ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އުމަރު އަރުތާން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދިނުމާ ގުޅިގެން، އޮގަސްޓް 12 ވަނަ ދުވަހު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އެސްޓަން ވިލާ ބައްދަލުކުރާ ސުޕަ ކަޕް މެޗުގެ ރެފްރީކަން ކުރުމަށް ޔުއެފާއިން ވަނީ ސޯމާލިއާގެ އެ ރެފްރީއަށް ދައުވަތު ދީފަ އެވެ.

ފޮލަރިން ބަލޯގަންފީފާޔުއެފާޖިއާނީ އިންފަންޓީނޯވޯލްޑް ކަޕްފުޓްބޯޅަ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!

06 ޖުލައި 2026
ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!
06 ޖުލައި 2026

ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!

06 ޖުލައި 2026
ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!
06 ޖުލައި 2026

ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި

06 ޖުލައި 2026
ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
05 ޖުލައި 2026

މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ

05 ޖުލައި 2026
މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ
05 ޖުލައި 2026

އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

05 ޖުލައި 2026
އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް
04 ޖުލައި 2026

މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް

04 ޖުލައި 2026
މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް
03 ޖުލައި 2026

އާޖެންޓިނާ-ކޭޕް ވާޑް: ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެއް!

03 ޖުލައި 2026
އާޖެންޓިނާ-ކޭޕް ވާޑް: ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް