Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި، ޔުއެފާގެ އިތުރުން އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުން ވެސް ދަނީ އިންފަންޓީނޯ އަށް ފާޑު ކިޔަމުން. ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު ސަރ އެޑް ޑޭވީ ވިދާޅުވީ، ވޯލްޑް ކަޕް އަކީ ސަޕޯޓަރުންގެ އެއްޗެއް ކަމަށް. އަދި އެއީ ޓްރަމްޕް ފަދަ ބޭފުޅުންގެ ނުފޫޒުގެ ތެރެއަށް ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެޑް ޑޭވީ ވިދާޅުވި. އެއާ އެކު އޭނާ ވަނީ، އިންފަންޓީނޯ ވަގުތުން މަގާމުން ވަކިވާން ޖެހޭ ކަމަށް ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2026 | ބުދަ 04:36
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން އުވާލަން ފީފާ އިން ނިންމި ނިންމުމުގެ ސަބަބުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ. 

ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ސަބަބުން ގަދަ 16 ގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް، ފީފާ އިން ވަނީ އޭނާ އަށް މައާފު ދީފައި އެވެ. އެއާ އެކު އަންގާރަ ދުވަހުގެ ހެނދުނު ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަން ވަނީ ކުޅެފައި އެވެ. 

ބަލޮގަންގެ ސަސްޕެންޝަން އުވާލުމަށް އެދި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފީފާގެ ރައީސް އިންފަންޓީނޯގެ ކިބައިން އެދިވަޑައިގެންފައި އެވެ. އެކަމާ ގުޅޭ ގޮތުން އިންފަންޓީނޯއާ ވާހަކަ ދެއްކެވި ކަމަށް ޓްރަމްޕް އަމިއްލަ އަށް ވަނީ އެއްބަސްވެ ވަޑައިގެންފައި އެވެ. 

މިކަމާ ގުޅޭ ގޮތުން ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަލް ކްލޮޕް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. މިވަގުތު ޖަރުމަނުގެ ޤައުމީ ޓީމުގެ ކޯޗުގެ މަޤާމަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކްލޮޕް ބުނީ، މިއީ ފުޓުބޯޅަ ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ކުޅިވަރެއް ކަމަށެވެ. އަދި މިއީ ޓްރަމްޕް އާއި އިންފަންޓީނޯ ބޭނުންހާ ގޮތަކަށް ކަންކަން ނިންމުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ކްލޮޕް ބުންޏެވެ. 

އެކަން ފާހަގަކޮށް ކްލޮޕް ބުނެފައި ވަނީ، އެފަދަ ނިންމުން ތަކުގެ ސަބަބުން ކުޅިވަރުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ކްލޮޕްގެ އިތުރުން ފުޓުބޯޅައިގެ ބައެއް އެހެން ފަރާތް ތަކުން ވެސް އަންނަނީ އެ ނިންމުމަށް ފާޑު ކިޔަމުންނެވެ. އިނގިރޭސިވިލާތުގެ ލެޖެންޑް ގެރީ ލިނެކާ ބުނި ގޮތުގައި، އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ނުވަތަ ބަލޮގަން އަމިއްލަ އަށް ވެސް އެ މެޗުގައި ނުކުޅެ މަޑު ކުރަން ޖެހޭނެ ކަމަށެވެ.  ލިނެކާ ބުނީ ކުޅިވަރުގެ ރޫހާއި އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. 

މި މައްސަލައިގައި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި، ޔުއެފާގެ އިތުރުން އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުން ވެސް ދަނީ އިންފަންޓީނޯ އަށް ފާޑު ކިޔަމުންނެވެ. ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު ސަރ އެޑް ޑޭވީ ވިދާޅުވީ، ވޯލްޑް ކަޕް އަކީ ސަޕޯޓަރުންގެ އެއްޗެއް ކަމަށެވެ. އަދި އެއީ ޓްރަމްޕް ފަދަ ބޭފުޅުންގެ ނުފޫޒުގެ ތެރެއަށް ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެޑް ޑޭވީ ވިދާޅުވި އެވެ. އެއާ އެކު އޭނާ ވަނީ، އިންފަންޓީނޯ ވަގުތުން މަގާމުން ވަކިވާން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. 

އިނގިރޭސިވިލާތުގެ އެފްއޭގެ ކުރީގެ ޗެއާމަން ޑޭވިޑް ބާންސްޓީން ވިދާޅުވީ، ފުޓުބޯޅައިގެ އެންމެ ރީތި އެއް ސިފަ އަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ގަވާއިދުތައް އެއް ގޮތަކަށް ތަންފީޒުވުން ކަމަށާއި، މި ހާދިސާ އިން އެ އުސޫލު މުގުރާލާފައިވާ ކަމަށެވެ.

އިންފަންޓީނޯ ގެންދަވަނީ 2016 ވަނަ އަހަރުން ފެށިގެން ފީފާ ރައީސްގެ މަގާމު އަދާ ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް 2027 ވަނަ އަހަރު އޮންނަ ފީފާގެ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ވެސް އިންފަންޓީނޯ ވަނީ އިއުލާން ކުރައްވައިފަ އެވެ. ހަމަ އެހެންމެ، އިންފަންޓީނޯ އާއި ޓްރަމްޕް އަކީ ވަރަށް ގާތް ގުޅުން އޮންނަ ދެ ބޭފުޅުންނެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިންފަންޓީނޯ ވަނީ، ފީފާ އިން ދޭ ސުލްޙައިގެ އެވޯޑު ޓްރަމްޕް އަށް ދެއްވައިފަ އެވެ. ޓްރަމްޕް އަށް އެ އެވޯޑު ދޭން ނިންމުމުގެ ސަބަބުން ވެސް، ގިނަ ބައެއްގެ ފާޑު ކިޔުން އިންފަންޓީނޯ އަށް އަމާޒުވި އެވެ. ޚާއްސަކޮށް ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވަންނަ ކަމަށް ބުނެ، އިންތިހާ އަށް ފާޑު ކިޔުން އަމާޒުވެފައިވެ އެވެ.

ފީފާފީފާ ވަރލްޑް ކަޕް 2026ޖިއާނީ އިންފަންޓީނޯ

އިތުރަށް ކިޔާލަން

08 ޖުލައި 2026

މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު

ވޯލްޑް ކަޕް އަކީ ބޭއިންސާފު މުބާރާތެއް ކަމަށާއި، އެ މުބާރާތުގެ މެޗުތައް ބަލައި ނުގަންނާނެ ކަަމަށް ވެސް ޙަސަން ބުނި. އަދި ފީފާ އިން ބޭނުން ވަނީ ވަކި ގޮތެއް ހަދަން ކަމަށް އޭނާ ބުނެފައިވޭ. އެއާ އެކު ޙަސަން ބުނީ ފީފާ އިން ބޭނުން ވަނީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ތިބެން ކަމަށާއި، ފީފާ އިން ބޭނުން ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މުބާރާތުގައި ހުންނަން ކަމަށް.

08 ޖުލައި 2026
މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު
08 ޖުލައި 2026

މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!

ސްކަލޯނީ ބުނީ، 20 އަހަރު ވަންދެން ފުޓުބޯޅަ ކުޅުނު މީހެއް ހައިސިއްޔަތުން މި ހުރިހާ ކަމެއް ތަހަންމަލު ކުރަން ޖެހޭނެކަން ޤަބޫލު ކުރެވޭ ކަމަށް. އަދި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެއީ ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފައި.

08 ޖުލައި 2026
މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!
08 ޖުލައި 2026

ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް

އެންމެ ފަހުން ސްވިޒަލެންޑް އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނީ 1954 ވަނަ އަހަރު. މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލް އަށް ސްވިޒަލެންޑް ދަތުރު ކުރިއިރު، ކުއާޓާ ފައިނަލްގައި ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް.

08 ޖުލައި 2026
ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި

އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންގެ ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމި ނިންމުމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެންބަރުން ގޮވާލައްވައިފި. މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރެއްވި އިލްތިމާސަކާ ގުޅިގެން ނިންމި އިންސާފުން އެއްކިބާވެފައިވާ ނިންމުމެއް ކަމަށް މެންބަރުން ތުހުމަތު ކުރައްވާ. މި މައްސަލަ ފީފާގެ އެތިކްސް ކޮމިޓީން ބެލުމަށް ބާރުއަޅައި 35 މެންބަރަކު ސޮއިކުރައްވާފައިވާއިރު، މިއީ ކުޅިވަރުގެ އިންސާފުވެރިކަން ގެއްލޭ އަމަލެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވޭ.

07 ޖުލައި 2026
ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި
07 ޖުލައި 2026

ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް

މެޗުގައި މިޞްރުން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، އާޖެންޓީނާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިފައި.

07 ޖުލައި 2026
ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު