Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު

8 ޖުލައި 2026 | ބުދަ 04:35

ވޯލްޑް ކަޕް އަކީ ބޭއިންސާފު މުބާރާތެއް ކަމަށާއި، އެ މުބާރާތުގެ މެޗުތައް ބަލައި ނުގަންނާނެ ކަަމަށް ވެސް ޙަސަން ބުނި. އަދި ފީފާ އިން ބޭނުން ވަނީ ވަކި ގޮތެއް ހަދަން ކަމަށް އޭނާ ބުނެފައިވޭ. އެއާ އެކު ޙަސަން ބުނީ ފީފާ އިން ބޭނުން ވަނީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ތިބެން ކަމަށާއި، ފީފާ އިން ބޭނުން ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މުބާރާތުގައި ހުންނަން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2026 | ބުދަ 04:35
މިޞްރުގެ ކޯޗު ހުސާމް ޙަސަން އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

މިޞްރުގެ ކޯޗު ހުސާމް ޙަސަން އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނއާ ދެކޮޅަށް ކުޅުނު މެޗުން މިޞްރު ބޭރުކޮށްލީ ބޭއިންސާފުން ކަމަށް ބުނެ، މިޞްރުގެ ކޯޗު ހުސާމް ޙަސަން ނުރުހުން ފާޅު ކޮށްފި އެވެ. 

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޙަސަން ބުނީ، އޭނާ ރީތި ގޮތުގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން މިޞްރާ މެދު ވަރަށް ބޭއިންސާފުން އަމަލު ކޮށްފައިވާ ކަމަށާއި، މިޞްރުގެ ޙައްގު ތަކެއް އަތުލައި ގެންފައިވާ ކަމަށް އޭނާ ބުންޏެވެ. 

ޙަސަން ބުނީ މެޗުގައި މިޞްރަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށެވެ. އެގޮތުން އާޖެންޓީނާ އިން ތިން ވަނަ ލަނޑެއް ޖެހުމުގެ ކުރިން، އާޖެންޓީނާގެ އޭރިޔާ ތެރެއިން މެކް އެލިސްޓާ، މިޞްރުގެ ހަމްދީ ފަތީގެ ޖާޒީގައި ހިފަހައްޓައިގެން ހުރި ކަމަށާއި، އެއީ ޕެނަލްޓީއެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ރެފްރީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބަލާފައި ނުވާތީ އޭނާ ކަންބޮޑުވުން ފާޅު ކުރި އެވެ. 

ރެފްރީއާ މެދު ވަރަށް ބޮޑަށް ނުރުހުންވެ ހުރެ ޙަސަން ބުނީ، މެޗުގައި އޭނާ އަށް އެއްވެސް އިޙުތިރާމެއް ނުވަތަ ފެއާ ޕްލޭއެއް ނުފެނުނު ކަމަށެވެ. އެގޮތުން މިޞްރަށް ލިބުނު ޕެނަލްޓީއެއް ނުދިން ކަމަށާއި، އެ ޓީމުގެ ޖެހި ދެ ވަނަ ލަނޑު ބޭއިންސާފުން ބާތިލު ކުރި ކަމަށް އޭނާ ބުންޏެވެ. އަދި ޖާޒީގައި ހިފަހައްޓައިގެން ހުރިއިރު، ވީއޭއާރު ނުބެލީ ކަމަށް އޭނާ ބުންޏެވެ. 

ވޯލްޑް ކަޕް އަކީ ބޭއިންސާފު މުބާރާތެއް ކަމަށާއި، އެ މުބާރާތުގެ މެޗުތައް ބަލައި ނުގަންނާނެ ކަަމަށް ވެސް ޙަސަން ބުންޏެވެ. އަދި ފީފާ އިން ބޭނުން ވަނީ ވަކި ގޮތެއް ހަދަން ކަމަށް އޭނާ ބުނެފައިވެ އެވެ. އެއާ އެކު ޙަސަން ބުނީ ފީފާ އިން ބޭނުން ވަނީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ތިބެން ކަމަށާއި، ފީފާ އިން ބޭނުން ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މުބާރާތުގައި ހުންނަން ކަމަށެވެ. 

މެޗުން ބަލިވި ނަމަވެސް، މިޞްރުގެ ކުޅުންތެރިންގެ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ޙަސަން ވަނީ ބުނެފައި އެވެ. މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު އަދި އޮމަރު މާމޫޝް ފިޔަވައި ދެން ތިބި ކުޅުންތެރިންނަކީ މިޞްރުގެ ލޯކަލް ލީގުގައި ވާދަ ކުރާ ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނަށް ދުނިޔޭގެ ޗެމްޕިއަންއާ ވާދަ ކުރެވުނު ކަމަށް އޭނާ ބުންނެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުމިޞްރުގެ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނެލް މެސީޙުސާމް ޙަސަން

އިތުރަށް ކިޔާލަން

08 ޖުލައި 2026

މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!

08 ޖުލައި 2026
މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!
08 ޖުލައި 2026

ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް

08 ޖުލައި 2026
ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން

07 ޖުލައި 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން
07 ޖުލައި 2026

އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން

07 ޖުލައި 2026
އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން
07 ޖުލައި 2026

ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ

07 ޖުލައި 2026
ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ
07 ޖުލައި 2026

ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!

07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
07 ޖުލައި 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

07 ޖުލައި 2026
ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ
07 ޖުލައި 2026

ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ

07 ޖުލައި 2026
ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ
07 ޖުލައި 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

07 ޖުލައި 2026
ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް