Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!

7 ޖުލައި 2026 | އަންގާރަ 08:21

ސަރުކާރުގެ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމުމަށް ކަނޑައެޅި މުއްދަތު ފާއިތުވިއިރު، މިހާތަނަށް ނިމިފައިވަނީ މަސައްކަތުގެ 61 އިންސައްތަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ. މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލަކަށް އޭސީ ފޮނުވިފައިވީ ނަމަވެސް، ބައެއް ރަށްރަށުގައި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް. މި މަޝްރޫއު ލަސްވަމުންދާތީ ބެލެނިވެރިންނާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖުލައި 2026 | އަންގާރަ 08:21
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ރައްޔިތުންގެ މަޖިލީހުގައި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ރައްޔިތުންގެ މަޖިލީހުގައި | ރައްޔިތުންގެ މަޖިލިސް

އެޑިއުކޭޝަން މިނިސްޓްރީގެ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމަން ބުނި ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސްފައިވާތާ 10 މަސް ދުވަހަކަށް ފަހު މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރު ކޮށްފައިވާއިރު ސުވާލުކުރުމުގެ ވަގުތުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވަނީ މި ސަރުކާރުގެ ކޫލް ސްކޫލް ޕްރޮޖެކްޓާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. މެންބަރުން ވިދާޅުވީ އައްޑޫ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރެވިފައިވީ ނަމަވެސް އޭސީތަކަށް ކަރަންޓެއް ނުދެވޭ ކަމަށެވެ. އެހެން ކަމުން އެކަން ނިމޭނެ ތާރީޚެއް މެންބަރު އެއްސެވި އެވެ. 

އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ މިނިސްޓަރު ފުރަތަމަ ދެއްކެވީ މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާއެކު ސްކޫލުތަކުގެ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރައްވާފައިވާ ވާހަކަ އެވެ. އެއަށް ފަހު ވަނީ އެ މައްސަކަތް ނިންމަން ދިން ތާރީޚު ފަހަނައަޅައި ދިޔަތާ 10 މަސް ދުވަސް ވީއިރު ވެސް ނިމުނީ 61 އިންސައްތަ މަސައްކަތް ކަމަށް ވިދާޅުވެފަ އެވެ.

ހޫނުގަދަވުމާ އަދި ކްލާސްރޫމްގެ ހިތްފަސޭހަކަން ހޯދުމަށް ސަރުކާރުން މި މަޝްރޫއު ފައްޓާފަ މިވަނީ.  ޖުމްލަ 217 ސްކޫލެއްގައި އަަޅުގަނޑުމެން މި މަސައްކަތް ފެށީ.  މިއަދާ ހަމަ އަށް 61 ޕަސެންޓް ސްކޫލުގެ މަސައްކަތް މިވަނީ ނިމިފަ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަނީ ބާކީ ހުރި ސްކޫލުތަކުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކޮށް ކަރަންޓުގެ މަސައްކަތް ނިންމާލުމަށް ހުރިހާ ސްކޫލުތަކަށް ވެސް މިހާރު ވާނީ އޭސީ ފޮނުވިފަ.  
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

އެޑިއުކޭޝަން މިނިސްޓްރީގެ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ވީ ވައުދު އަދިވެސް ފުއްދާފައި ނުވާތީ އެކަމާ ގުޅިގެން ވެސް ބެލެނިވެރިން ގެ ފާޑުކިއުން ވަނީ މި ސަރުކާރަށް އަމާޒުވެފަ އެވެ. 

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އޭރު ވިދާޅުވެފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމުތަކުގައި އޭސީ ހަރުކޮށް ނިންމުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ނަމަވެސް ސެޕްޓެމްބަރު މަސް ނިމުނު އިރުވެސް އެ ވައުދު މި ސަރުކާރުން ފުއްދާފައި ނުވާއިރު އޭގެ ފަހުން 4 މަސް ފާއިތުވެ 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ވެސް އެ ވައުދު ފުއްދާފައި ނުވާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

'' ކޫލް ސްކޫލް'' ޕްރޮޖެކްޓްޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

07 ޖުލައި 2026

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

07 ޖުލައި 2026
ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު
07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

06 ޖުލައި 2026
ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް
06 ޖުލައި 2026

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!

06 ޖުލައި 2026
އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
29 ޖޫން 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

29 ޖޫން 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް