Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

6 ޖުލައި 2026 | ހޯމަ 05:28

ބޮޑު ވަޒީރުގެ ރަސްމީ އެކްސް އެކައުންޓުން އާންމު ކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ކެނެޑާގެ ޤައުމީ ޓީމުން ދެއްކި ކުޅުމާ އެކު، ކެނެޑާ އަކީ ފުޓުބޯޅައިގެ ޤައުމެއްކަން މުޅި ދުނިޔެ އަށް ސާބިތު ކޮށްދީފައިވާ ކަމަށް. ކެނެޑާގެ ޓީމުން ހޯދި ތާރީޚީ ކުރިއެރުމަށް މަރުޙަބާ ވިދާޅުވެ، ކުޅުންތެރިން ތިބީ ވަރަށް ސާބިތުކަމާ އެކު ކަމަށް ބޮޑު ވަޒީރު ކާނީ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 05:28
ކެނެޑާގެ ބޮޑު ވަޒީރު މާާކް ކާނީ.

ކެނެޑާގެ ބޮޑު ވަޒީރު މާާކް ކާނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގައި ކެނެޑާގެ ޤައުމީ ޓީމުން ދެއްކި ކުޅުމާއި، އެ ޓީމުގެ ތާރީޚީ ދަތުރަށް އެ ޤައުމުގެ ބޮޑު ވަޒީރު މާކް ކާނީ ތައުރީފު ކުރައްވައިފި އެވެ. 

މުބާރާތުގެ ގަދަ 16 ގައި މޮރޮކޯ އަތުން ބަލިވެ މުބާރާތުން ކެނެޑާ ކެޓި ނަމަވެސް، ބޮޑު ވަޒީރު ކާނީ ވަނީ އެ ޓީމުގެ ކުޅުންތެރިން ޤައުމަށް ގެނެސްދިން ފަޚުރާއި ހިތްވަރަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. 

ބޮޑު ވަޒީރުގެ ރަސްމީ އެކްސް އެކައުންޓުން އާންމު ކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ކެނެޑާގެ ޤައުމީ ޓީމުން ދެއްކި ކުޅުމާ އެކު، ކެނެޑާ އަކީ ފުޓުބޯޅައިގެ ޤައުމެއްކަން މުޅި ދުނިޔެ އަށް ސާބިތު ކޮށްދީފައިވާ ކަމަށެވެ. ކެނެޑާގެ ޓީމުން ހޯދި ތާރީޚީ ކުރިއެރުމަށް މަރުޙަބާ ވިދާޅުވެ، ކުޅުންތެރިން ތިބީ ވަރަށް ސާބިތުކަމާ އެކު ކަމަށް ބޮޑު ވަޒީރު ކާނީ ފާހަގަ ކުރެއްވި އެވެ. 

މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކެނެޑާ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބޮސްނިއާއާ އެއްވަރު ކޮށްފައި އެވެ. ދެ ވަނަ މެޗުގައި ވަނީ ޤަތަރު އަތުން ހަ ލަނޑުގެ ބޮޑު މޮޅެއް ހޯދައިފަ އެވެ. ފަހު މެޗުގައި ސްވިޒަލެންޑު އަތުން ބަލިވި ނަމަވެސް، ކެނެޑާ އަަށް ވަނީ ގަދަ 32 އިން ޖާގަ ލިބިފައި އެވެ. މިއީ ކެނެޑާ އިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ގަދަ 32 ގެ ބުރުގައި ކެނެޑާ އިން ވަނީ ދެކުނު އެފްރިކާ ބަލިކޮށް، ގަދަ 16 އިން ތާރީޚީ ޖާގަ ހޯދައިފަ އެވެ. 

ކެނެޑާ އަކީ މިފަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރާ ތިން ޤައުމުގެ ތެރެއިން އެއް ޤައުމަށްވާއިރު، ބޮޑު ވަޒީރު ކާނީ ވިދާޅުވީ ކެނެޑާގެ ރައްޔިތެއްގެ ހައިސިއްޔަތުން މުޅި ޤައުމުގެ ނަމުގައި ޓީމަށް ޝުކުރު އަދާ ކުރާ ކަަމަށެވެ. އަދި އަމިއްލަ ޤައުމީ، އާއިލާ އަދި ރަޙުމަތްތެރިން ތަމްސީލު ކުރުމުގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި، ދެއްކި ހިތްވަރަށް ވެސް ބޮޑު ވަޒީރު ކާނީ ޝުކުރު އަދާ ކުރެއްވި އެވެ. 

މޮރޮކޯ އަތުން ބަލިވެ މުބާރާތުން ކެޓި ނަމަވެސް، ކެނެޑާގެ ކޯޗު ޖެސީ މާޝް ވެސް ވަނީ ޓީމަށް ތައުރީފު ކޮށްފައި އެވެ. އޭނާ ބުނެފައި ވަނީ އެ މެޗުގައި މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެެނެޑާ އިން ކަމަށެވެ. އަދި ކުޅުންތެރިން ދެއްކި ހިތްވަރާއި، ކުޅުމާ މެދު އިންތިހާ އަށް ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. 

ފީފާ ވަރލްޑް ކަޕް 2026ކެނެޑާ ޤައުމީ ފުޓުބޯޅަ ޓީމު މާކް ކާނީ

އިތުރަށް ކިޔާލަން

06 ޖުލައި 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

06 ޖުލައި 2026
އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް
06 ޖުލައި 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

06 ޖުލައި 2026
ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
04 ޖުލައި 2026

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ

04 ޖުލައި 2026
އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ
04 ޖުލައި 2026

ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް

04 ޖުލައި 2026
ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް