Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

6 ޖުލައި 2026 | ހޯމަ 05:28

ގޮތުން ޑެޝޯމްޕްސް ބުނީ، އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ކަމަށް ބައެއް ފަރާތް ތަކަށް ހީވެފައި އޮތް ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް. އެމްބާޕޭ އަކީ އޭގެ އިދިކޮޅު ކަމަށް އޭނާ ބުނި. އެއާ އެކު ޑެޝޯމްޕްސް ބުނީ އެމްބާޕޭއާ ގުޅޭ ގޮތުން ފަތުރާ ވާހަކަ ތަކާއި، އެމްބާޕޭގެ އަސްލު މިޒާޖާ އެއްވެސް ގުޅުމެއް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 05:28
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އަދި ކެޕްޓަން އެމްބާޕޭ.

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އަދި ކެޕްޓަން އެމްބާޕޭ. | ރޮއިޓާސް

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ކަމަށް ބައެއް ފަރާތް ތަކަށް ހީވެފައި އޮތް ނަމަވެސް، އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.


ޑެޝޯމްޕްސް މިހެން ބުނެފައި ވަނީ މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ފްރާންސް އިން ޕެރަގުއޭ ބަލި ކުރި މެޗަށް ފަހު އެވެ. އެ މެޗުން ފްރާންސް މޮޅުވެފައި ވަނީ އެމްބާޕޭ ކާމިޔާބު ކުރި ޕެނަލްޓީ އިންނެވެ. 

މިފަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާއިރު، އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ކަމަށް ސިފަވާ ގޮތަށް ބައެއް ފަރާތް ތަކުން އަންނަނީ ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޖަހަމުންނެވެ. ނަމަވެސް، ޑެޝޯމްޕްސް ވަނީ އެމްބާޕޭގެ ދިފާއުގައި އެކަމަށް ރައްދު ދީފައި އެވެ. 

އެގޮތުން ޑެޝޯމްޕްސް ބުނީ، އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ކަމަށް ބައެއް ފަރާތް ތަކަށް ހީވެފައި އޮތް ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެމްބާޕޭ އަކީ އޭގެ އިދިކޮޅު ކަމަށް އޭނާ ބުންޏެވެ. އެއާ އެކު ޑެޝޯމްޕްސް ބުނީ އެމްބާޕޭއާ ގުޅޭ ގޮތުން ފަތުރާ ވާހަކަ ތަކާއި، އެމްބާޕޭގެ އަސްލު މިޒާޖާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. 

އޭގެ ބަދަލުގައި އެމްބާޕޭ އަކީ ވަރަށް ވިސްނުން ތޫނު، އަޚުލާޤު ރަނގަޅު ކުޅުންތެެރިޔެއް ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފައި އެވެ. އަދި ފްރާންސްގެ މުޅި ޓީމު އެމްބާޕޭ އަށް "ފޮލޯ" ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. ޑެޝޯމްޕްސް ބުނީ އެމްބާޕޭ އަކީ ފްރާންސްގެ ކެޕްޓަނަށް ވުމުން އޭނާ ވަރަށް އުފާވާ ކަމަށާއި، ދަނޑު މަތީގައި އަދި ދަނޑުން ބޭރުގައި ވެސް އެމްބާޕޭ މުޅި ފްރާންސް ތަމްސީލު ކުރާ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ވެސް އެމްބާޕޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މުބާރާތުގައި އެމްބާޕޭ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. މުބާރާތުގެ ރަން ބޫޓުގެ ރޭހުގައި އެމްބާޕޭ އަންނަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ވާދަ ކުރަމުންނެވެ. މެސީ އާއި އެމްބާޕޭ ވެސް ވަނީ މިހާތަނަށް ހަތް ލަނޑު ޖަހައިފަ އެވެ. 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގެ ރަން ބޫޓު ވެސް ހޯދީ އެމްބާޕޭ އެވެ.

މީގެ އިތުރުން އެމްބާޕޭ އަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އެއް ވަނައިގައި އާޖެންޓީނާގެ މެސީ އޮތީ 20 ލަނޑާ އެކު އެވެ. ދެ ވަނައިގައި 19 ލަނޑާ އެކު އެމްބާޕޭ އޮތްއިރު، އެމްބާޕޭ އަށް މި ރެކޯޑު މުގުރާލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ފީފާ ވަރލްޑް ކަޕް 2026ފްރާންސް ފުޓުބޯޅަ ޓީމުކީލިއަން އެމްބާޕޭޑިޑިއޭ ޑެޝޯމްޕްސް

އިތުރަށް ކިޔާލަން

06 ޖުލައި 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

06 ޖުލައި 2026
ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
04 ޖުލައި 2026

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ

04 ޖުލައި 2026
އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ
04 ޖުލައި 2026

ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް

04 ޖުލައި 2026
ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް