Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

6 ޖުލައި 2026 | ހޯމަ 05:26

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް ނިކުންނާނީ ނޯވޭއާ ދެކޮޅަށް. ނޯވޭ އިން ވަނީ ގަދަ 16 ގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލް ބަލިކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 05:26
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ބެލިންހަމް އާއި ކޭން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ބެލިންހަމް އާއި ކޭން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ހެނދުނު ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 3-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް މެޗުގައި ވަނީ ވާދަވެރި ކުޅުމެއް ފެނިފައި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމް އެވެ. އެއީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން ބެލިންހަމް ވަނީ ދެ ވަނަ ލަނޑެއް ޖަހައި އިންގްލެންޑުގެ ލީޑު ފުޅާ ކޮށްފައި އެވެ. އެއީ ކެޕްޓަން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

ނަމަވެސް ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ހޫލިއަން ކުއިނޯންސް ވަނީ ލަނޑު ޖަހައި މެކްސިކޯ އަށް އުންމީދެއް ހޯދައި ދީފައި އެވެ. މެޗުގެ ދެ ވަނަ ހާފު ފަށަައިގެން ކުރީ ކޮޅު އިންގްލެންޑުގެ ޖަރަލް ކުއަންސާ އަށް ސީދާ ރަތް ކާޑު ދެއްކުމުން، އެ ޓީމުން މެޗުގެ ބާކީ ބައި ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. 

މެޗުގެ 60 ވަނަ މިނެޓުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ކޭން އެވެ. އޭގެ ނުވަ މިނެޓު ފަހުން މެކްސިކޯގެ ދެ ވަނަ ލަނޑު ރައުލް ހިމިނޭޒް ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މެކްސިކޯ އިން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވެ މުބާރާތުން ކެޓީ އެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް ނިކުންނާނީ ނޯވޭއާ ދެކޮޅަށެވެ. ނޯވޭ އިން ވަނީ ގަދަ 16 ގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލް ބަލިކޮށްފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026އިންގްލެންޑުގެ ގައުމީ ޓީމުމެކްސިކޯ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
04 ޖުލައި 2026

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ

04 ޖުލައި 2026
އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ
04 ޖުލައި 2026

ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް

04 ޖުލައި 2026
ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް