Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

5 ޖުލައި 2026 | އާދީއްތަ 12:08

މާޝް ބުނީ ކެނެޑާގެ ހުރިހާ ކުޅުންތެރިންނާ މެދު ވެސް އޭނާ ފަޚުރުވެރިވާ ކަމަށް. މުބާރާތުން ކެޓުމުން ކެނެޑާގެ ކުޅުންތެރިން ތިބީ "ހިތްދަތި" ވެފައި ކަމަށާއި، ނަމަވެސް އެ ޓީމާ މެދު ފަޚުރުވެރިވުން ނޫން އެހެން ކަމެއް ނެތް ކަމަށް މާޝް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 12:08
ކެނެޑާގެ ކޯޗު ޖެސީ މާޝް.

ކެނެޑާގެ ކޯޗު ޖެސީ މާޝް. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް، އެ މެޗުގައި ރަނގަޅަށް ކުޅުނީ ކެނެޑާ އިން ކަމަށާއި، ކެނެޑާގެ ކުޅުންތެރިންނާ މެދު ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ޖެސީ މާޝް ބުނެފި އެވެ.

މުބާރާތުގެ ގަދަ 32 ގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ކެނެޑާ އަށް ވަނީ މުބާރާތް ނިމިފައި އެވެ. ކެނެޑާ އަކީ މިއަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ޤައުމުގެ ތެރެއިން އެއް ޤައުމެވެ.

މޮރޮކޯ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޝް ބުނީ، ކެނެޑާގައި އޮތް ޓީމަކީ އެ ޤައުމުގެ ސަޕޯޓަރުން ފަޚުރުވެރިވާާނެ ޓީމެއް ކަމަށެވެ. އޭނާ ބުނީ ކެނެޑާ އިން ހަމައެކަނި ޑިފެންސް އަށް އިސްކަން ދިނުމުގެ ބަދަލުގައި، ހިތްވަރާ އެކު މަސައްކަތް ކުރާކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

މިފަދަ މެޗު ތަކަށް ކެނެޑާ އިން ތައްޔާރުވުމުގައި އިތުރަށް ސަމާލުވާން ޖެހޭ ކަންތައް ތަކެއް ހުރި ކަމަށް މާޝް ޤަބޫލު ކުރެ އެވެ. ނަމަވެސް، ކެނެޑާގެ ޓީމާ އެކު އޭނާ އުފާކުރާ ކަމަށާއި، މޮރޮކޯ އަށް ވުރެ ވެސް ރަނގަޅަށް އެ މެޗުގައި ކުޅުނީ ކެނެޑާ އިން ކަމަށް މާޝް ވަނީ ބުނެފައި އެވެ. 

އެކަން ފާހަގަކޮށް މާޝް ބުނީ ކެނެޑާގެ ހުރިހާ ކުޅުންތެރިންނާ މެދު ވެސް އޭނާ ފަޚުރުވެރިވާ ކަމަށެވެ. މުބާރާތުން ކެޓުމުން ކެނެޑާގެ ކުޅުންތެރިން ތިބީ "ހިތްދަތި" ވެފައި ކަމަށާއި، ނަމަވެސް އެ ޓީމާ މެދު ފަޚުރުވެރިވުން ނޫން އެހެން ކަމެއް ނެތް ކަމަށް މާޝް ވަނީ ބުނެފައި އެވެ. 

މުބާރާތުގެ ގަދަ 16 އިން ބަލިވެ ކެނެޑާ ކެޓިއިރު، މިއީ ވޯލްޑް ކަޕްގައި އެ ޓީމުން ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. މީގެ ކުރިން ދެ ފަހަރު ވެސް ކެނެޑާ ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖް އިން ކަޓައިފަ އެވެ. އެއީ 1986 ވަަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތާއި، 2022 ވަނަ އަަހަރު ޤަތަރުގައި އޮތް މުބާރާތުގައި އެވެ.

ފީފާ ވަރލްޑް ކަޕް 2026ޖެސޭ މާޝްކެނެޑާމޮރޮކޯ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
05 ޖުލައި 2026

އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

05 ޖުލައި 2026
އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް
04 ޖުލައި 2026

މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް

04 ޖުލައި 2026
މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް
04 ޖުލައި 2026

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ

04 ޖުލައި 2026
އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ
04 ޖުލައި 2026

ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް

04 ޖުލައި 2026
ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
03 ޖުލައި 2026

ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި

03 ޖުލައި 2026
ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް