Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

5 ޖުލައި 2026 | އާދީއްތަ 12:04

އެމްބާޕޭ ބުނީ މެޗުން މޮޅުވީ ފްރާންސް ކަމަށާއި، ޕެރަގުއޭ އަށް ވުރެ ފްރާންސް ހުރިހާ ގޮތަކުން ވެސް މޮޅު ކަމަށް. އެކަން ފާހަގަކޮށް އެމްބާޕޭ ބުނީ، ހަޑިކޮށް ކަމެއް ކުރަން ޖެހިއްޖެ ނަމަ ފްރާންސް އިން ވެސް އެކަން ކުރާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 12:04
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ.

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ޕެރަގުއޭ އިން ދެއްކި ކުޅުމަށް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ފްރާންސް އިން ވަނީ ޕެނަލްޓީގައި ޕެރަގުއޭ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. އެ މެޗަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، ޕެރަގުއޭ އިން ބޭނުންވީ ފުޓުބޯޅަ ކުޅެން ނޫން ކަމަށެވެ. އެހެން ނަމަވެސް، ފްރާންސް އިން ޕެރަގުއޭ އަށް ދައްކައިދިނީ އެ ޓީމަށް ކަންތައް ކުރަންވީ ގޮތް އިނގޭކަން ކަމަށް އެމްބާޕޭ ވަނީ ބުނެފައި އެވެ.

އެއާ އެކު އެމްބާޕޭ ބުނީ މެޗުން މޮޅުވީ ފްރާންސް ކަމަށާއި، ޕެރަގުއޭ އަށް ވުރެ ފްރާންސް ހުރިހާ ގޮތަކުން ވެސް މޮޅު ކަމަށެވެ. އެކަން ފާހަގަކޮށް އެމްބާޕޭ ބުނީ، ހަޑިކޮށް ކަމެއް ކުރަން ޖެހިއްޖެ ނަމަ ފްރާންސް އިން ވެސް އެކަން ކުރާނެ ކަމަށެވެ. 

އެމްބާޕޭ ބުނީ ފްރާންސް އިން ދެއްކީ ވަރަށް ރަސްމީ ނުވަތަ ހަމަޖެހޭ ކުޅުމެއްހެން ޕެރަގުއޭ އަށް ހީވެފައި އޮވެދާނެ ކަމަށެވެ. އެހެން ނަމަވެސް، ހަޑިކޮޑަށް ނުވަތަ ހަޑި ފުޓުބޯޅަ ކުޅެން ވެސް ފްރާންސް އަށް އިނގޭނެ ކަމަށް އެމްބާޕޭ ވަނީ ބުނެފައި އެވެ. އެކަން ފާހަގަކޮށް އެމްބާޕޭ ބުނީ، ފްރާންސް އަކީ ހަމައެކަނި އެޓޭކިން ކުޅުމެއް ކުޅޭ ޓީމެއް ނޫންކަން މީގެ ކުރިން ވެސް ސާބިތު ކޮށްދީފައި ވާނެ ކަމަށެވެ. 

މެޗުގައި ފްރާންސް ހުއްޓުވުމަށް ޕެރަގުއޭ އިން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައި އެވެ. މެޗުގައި ޕެރަގުއޭ އިން ގިނަ ފައުލު ތަކެއް ވެސް ކުރި އެވެ. އެހެން ނަމަވެސް، އެ ޓީމަށް ރީނދޫ ކާޑެއް ދައްކާފައި ނުވާތީ ފްރާންސްގެ އެހެން ކުޅުންތެރިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި އެވެ. ފްރާންސްގެ ރަޔަން ޗާކީ ބުނެފައި ވަނީ، ޕެރަގުއޭ އިން 30 ފައުލު ކުރާއިރު ވެސް ރީނދޫ ކާޑެއް ނުދައްކަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސް ނިކުންާނީ މޮރޮކޯއާ ދެކޮޅަށެވެ. މީގެ ކުރިން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މި ދެ ޓީމު ބައްދަލު ކުރި އެވެ. އެފަހަރުގެ މެޗު ފްރާންސް އިން ވަނީ 2-0 އިން ކާމިޔާބު ކޮށްފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026ކީލިއަން އެމްބާޕޭފުޓްބޯޅަޕެރަގުއޭ

އިތުރަށް ކިޔާލަން

05 ޖުލައި 2026

މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ

05 ޖުލައި 2026
މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ
05 ޖުލައި 2026

އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

05 ޖުލައި 2026
އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް
04 ޖުލައި 2026

މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް

04 ޖުލައި 2026
މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް
04 ޖުލައި 2026

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ

04 ޖުލައި 2026
އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ
04 ޖުލައި 2026

ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް

04 ޖުލައި 2026
ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
03 ޖުލައި 2026

އާޖެންޓިނާ-ކޭޕް ވާޑް: ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެއް!

ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!

03 ޖުލައި 2026
ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް