Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު-ލުބްނާން

އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ހަތަރު މީހުން މަރު

6 ޖުލައި 2026 | ހޯމަ 12:32

ލުބުނާނާއި އިސްރާއީލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތް ނަމަވެސް، އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ދެ ފަރާތުން ވެސް ދަނީ އެއްބަސްވުމާ ހިލާފުވާ ކަމުގެ ތުހުމަތު އެއްބަޔަކު އަނެއް ބަޔަކަށް ކުރަމުން. މި އެއްބަސްވުމުގެ ދަށުން ހިޒްބުالله އިން ހަތިޔާރު ބަހައްޓާ އިސްރާއީލު ސިފައިން ލުބުނާނުން ފޭބުމަށް ކަނޑައަޅާފައިވީ ނަމަވެސް، އިސްރާއީލު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ބޭނުންވާހާ ހިނދަކު ލުބުނާނުގެ ދެކުނުގައި އަސްކަރިއްޔާ ދެމިއޮންނާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 12:32
2026 ޖޫން 20 ވީ ހޮނިހިރު ދުވަހު އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަޠިއްޔާއަށް އަމާޒުކޮށް ސިލްސިލާ ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އެ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު.

2026 ޖޫން 20 ވީ ހޮނިހިރު ދުވަހު އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަޠިއްޔާއަށް އަމާޒުކޮށް ސިލްސިލާ ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އެ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު. | އޭއެފްޕީ

އިސްރާއީލާއި ހިޒްބުاللهއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތް ނަމަވެސް، ހޯމަ ދުވަހު ލުބުނާނުގެ ދެކުނުގައި ދުއްވާފައި ދިޔަ ކާރަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ތިން އަންހެނުން ހިމެނޭހެން ހަތަރު މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ބުނި ގޮތުގައި، ނަބަތިއްޔާ އަލް-ފައުގާގައި ހުންނަ އެމީހުންގެ އާއިލީ ގެ އަށް ޒިޔާރަތް ކުރުމަށްފަހު އެނބުރި ދަނިކޮށް، އިސްރާއީލުގެ ޑްރޯންއަކުން ދިން މި ހަމަލާގައި މަރުވެފައިވަނީ ސްކޫލެއްގެ ޕްރިންސިޕަލަކާއި، އޭނާގެ މަންމައާއި، ބޭރު ގައުމަކަށް ނިސްބަތްވާ އަންހެން މަސައްކަތްތެރިއެއްގެ އިތުރުން ސޫރިޔާއަށް ނިސްބަތްވާ ފިރިހެން މަސައްކަތްތެރިއެކެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ހަފުތާ ވެފައިވީ ނަމަވެސް، އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް، ހާއްސަކޮށް ނަބަތިއްޔާ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ހަމަލާތައް ދެމުންނެވެ. އިސްރާއީލުން ބުނަމުންދަނީ އެ ހަމަލާތަކަކީ ހިޒްބުاللهގެ މަރުކަޒުތަކަށާއި އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން ދެ ފަރާތުންވެސް ދަނީ އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް ބުނެ އެކަކު އަނެކަކަށް ތުހުމަތު ކުރަމުންނެވެ.

ސަރަހައްދީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި އީރާނާ ދެމެދު މިދިޔަ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން ލުބުނާނުގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.

އޭގެ ދުވަސްތަކެއް ފަހުން ވޮޝިންގްޓަންގައި ކުރެވުނު މަޝްވަރާތަކަށްފަހު، ލުބުނާނާއި އިސްރާއީލުން ވަނީ ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް މަގުފަހިކުރުމުގެ ގޮތުން އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލި އޮނިގަނޑެއްގެ މައްޗަށް އެއްބަސްވެފަ އެވެ.

ހިޒްބުالله ޖަމާއަތުން ވަނީ މި އޮނިގަނޑު ގަބޫލުކުރުމަށް އިންކާރުކޮށްފަ އެވެ.

މި އެއްބަސްވުމުގައި ބުނެފައިވަނީ އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން ހަތިޔާރު ބެހެއްޓުމަށާއި، ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ފޭބުމަށާއި، އަދި އެ ސަރަހައްދުގައި ލުބުނާނުގެ އަސްކަރިއްޔާ ބޭތިއްބުމަށެވެ. އެހެން ނަމަވެސް، އިސްރާއީލު ސިފައިން އެ ސަރަހައްދުން އެއްކޮށް ފައިބާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެ އެވެ.

އާދީއްތަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ވިދާޅުވީ، އިސްރާއީލުގެ އުތުރުގެ ރައްޔިތުންނާއި އެ ގައުމުގެ ހުރިހާ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާހާ ހިނދަކު، ލުބުނާނުގެ ދެކުނުގައި އިސްރާއީލުގެ އަސްކަރިއްޔާ ދެމިއޮންނާނެ ކަމަށެވެ.

ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 4،300 މީހުން ވަނީ މަރުވެފަ އެވެ.

ޔޫއެން އިން ބުނާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 640،000 އަށްވުރެ ގިނަ މީހުން ވަނީ އަނބުރާ އެމީހުންގެ ގެދޮރަށް ރުޖޫއަވެފަ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-ހިޒްބުﷲލުބުނާން

އިތުރަށް ކިޔާލަން

04 ޖުލައި 2026

އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި

04 ޖުލައި 2026
އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
01 ޖުލައި 2026

އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި

01 ޖުލައި 2026
އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި
01 ޖުލައި 2026

އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު

01 ޖުލައި 2026
އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
27 ޖޫން 2026

ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު

27 ޖޫން 2026
ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
27 ޖޫން 2026

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ޤާއިމު ކުރި އެއްބަސްވުމުގެ 14 ނުކުތާ އެމެރިކާ އިން ހާމަ ކޮށްފި

27 ޖޫން 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ޤާއިމު ކުރި އެއްބަސްވުމުގެ 14 ނުކުތާ އެމެރިކާ އިން ހާމަ ކޮށްފި
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް