Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް އެމެރިކާއާއި އީރާނުން ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމުގެ މަޝްވަރާތަކަށް ދެ ގައުމުގެ މަންދޫބުން ގަތަރަށް ވަޑައިގެންފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމާއި، އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމުގެ އިތުރުން ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުންނެވެ. ދެ ގައުމުގެ މެދުގައި ސީދާ ވާހަކަތަކެއް ނުބޭއްވި ނަމަވެސް، ގަތަރު މެދުވެރިކޮށް ކުރިއަށްދާ މި މަޝްވަރާތަކާއެކު ސަރަހައްދީ ހަމަލާތަކަށް ވަނީ ނިސްބަތުން މަޑުޖެހުމެއް އައިސްފައެވެ.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 09:46
އެމެރިކާ އާއި އީރާނުގެ ދިދަ ހިމެނޭ ގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް.

އެމެރިކާ އާއި އީރާނުގެ ދިދަ ހިމެނޭ ގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް. | ޗެޓްޖީޕީޓީ

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ތެހެރާނާއި ވޮޝިންޓަނުން ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅިގެން، އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކާ ބެހޭގޮތުން ގަތަރުގެ މެދުވެރިންނާ ބުދަ ދުވަހު ބައްދަލުކުރާނެ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ އޮފިޝަލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ހިނގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ.

ގަތަރުން ވެސް ބުނެފައިވަނީ، ޒަމާންވީ ދެ ހަތުރުންގެ މެދުގައި މަތީ ފަންތީގެ ބައްދަލުވުމެއް ނުވަތަ ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ރޭވިފައި ނުވާ ކަމަށެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކަކީ:

ބައިވެރިންނާއި ވަގުތު

އީރާނުން އައު މަޝްވަރާތަކަކަށް އެދިފައިވާ ކަމަށާއި، އެ ބައްދަލުވުން ޖެހިގެން އަންނަ ދުވަހު ގަތަރުގައި އޮންނާނެ ކަމަށް ހޯމަ ދުވަހު ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވިއެވެ.

"މާދަމާ ދޯހާގައި އެކަން އޮންނާނެ!" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ޓްރަމްޕްގެ މި ޕޯސްޓަށްފަހު، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ މުޝީރު އަދި ދަނބިދަރިފުޅު ޖެރެޑް ކުޝްނާ މި ހަފުތާގައި މަތީ ފަންތީގެ ބައްދަލުވުންތަކަށް ދޯހާއަށް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވި އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ބުނި ގޮތުގައި، ވިޓްކޮފް އާއި ކުޝްނާ ވަނީ ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އައްޘާނީއާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް، އެ ބޭފުޅުން ވަޑައިގަތީ އީރާނާއެކު މަޝްވަރާ ކުރެއްވުމަށް ނޫން ކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވީ، އެ ބޭފުޅުން ވަޑައިގަތީ މެދުވެރިންނާއި ގަތަރުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ކަމަށެވެ.

މި މަޝްވަރާތަކުގައި އީރާނުގެ މައްސަލައިގެ އިތުރުން ލުބުނާނުގެ މައްސަލަ ވެސް ހިމެނޭ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އީރާނުގެ ވަފުދު އިސްކޮށް ހުންނަވަނީ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި އެވެ. އަދި ބުދަ ދުވަހު މެދުވެރިންނާއެކު ފުރަތަމަ ބައްދަލުވުން ބާއްވާނެކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.

މަޝްވަރާކުރެވޭނެ މުހިންމު ކަންތައްތައް

އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގައި ހައްލުކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ މައްސަލައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ސަރަހައްދުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން، ހަފުތާ ބަންދުގައި އެ ކަނޑުއޮޅީގެ ދަތުރުފަތުރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާގައި ހިމެނޭ ހުރިހާ ދާއިރާއަކުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ކުރިއަށް އޮތް ތަނުގައި މެނޭޖްކުރާނެ ގޮތަކާ ބެހޭގޮތުން އީރާނުން ދާދި ފަހުން ވަނީ އޮމާނާއެކު ވެސް މަޝްވަރާކޮށްފަ އެވެ.

އީރާނަށް އޮތް އަނެއް މުހިންމު މައްސަލައަކީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާގެ މައްސަލަ އެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހޯމަ ދުވަހު ވިދާޅުވީ، ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ޖުމްލަ 12 ބިލިއަން ޑޮލަރުގެ ތެރެއިން 6 ބިލިއަން ޑޮލަރު އަނބުރާ ގައުމަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ހިފަހައްޓާފައިވާ މުދަލާއި ފައިސާ ދޫކޮށްލުމާ ބެހޭ މާއްދާއާ ގުޅޭގޮތުން ގަތަރާއެކު މަޝްވަރާކުރާނެ ކަމަށް ތަރުޖަމާނު ބަޣާއީ އަންގާރަ ދުވަހު ވިދާޅުވިއެވެ.

ހަމަލާތަކަށް މަޑުޖެހުމެއް

އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން، ގަލްފް ސަރަހައްދުގައި ދެ ފަރާތުގެ ދެމެދުގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރެވިފައިވެ އެވެ.

ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާރު ފޯރުވަން މަސައްކަތް ކުރުމުގެ ސަބަބުން ތަކުރާރުކޮށް ކުރިމަތިލުންތައް ވަނީ ހިނގާފަ އެވެ.

އެންމެ ފަހުން ހިނގި ހާދިސާގައި، ވިޔަފާރި އުޅަނދުތަކަށް އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުގެ އަސްކަރީ 10 އަމާޒަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިދިޔަ ހަފުތާ ބަންދުގައި ބުނެފައިވެ އެވެ.

މީގެ ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި ބަހްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފައިވާއިރު، އެ ދެ ގައުމުން ވަނީ އީރާނުގެ އަމަލު ކުށްވެރިކޮށްފަ އެވެ.

އީރާނުގެ އިސް މަޝްވަރާވެރިޔާ މުޙައްމަދު ބާގިރު ގަލިބާފް އަންގާރަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިހާ ބޮޑު ހަނގުރާމައެއް ނިމުމަކަށް އަންނައިރު، އެއްބަސްވުން ތަންފީޒުކުރުމުގައި ގޮންޖެހުންތަކާއި ހާދިސާތައް އަދި ޚިޔާލުތަފާތުވުންތައް ކުރިމަތިވުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ. ޚާއްސަކޮށް އިސްރާއީލު ފަދަ ފަރާތްތައް ހިމެނޭ މައްސަލަތަކުގައި މިފަދަ ކަންކަން ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ވަފުދުން މައިގަނޑު ގޮތެއްގައި ސަމާލުކަން ދޭނީ ލުބުނާނުގެ ހަނގުރާމައާއި ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ މާއްދާތައް ތަންފީޒުކުރުމަށް ކަމަށް ގާލީބާފް ވިދާޅުވި އެވެ.

"އެއްބަސްވުން ތަންފީޒުކުރުމަށް އީރާނުން އޮތީ ތައްޔާރަށް. އަދި ދުޝްމަނުން ކަމަށްވާ އެމެރިކާއާއި އެމީހުންގެ ބައިވެރިން ވެސް އެމީހުންގެ ވައުދުތައް ފުއްދަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، ގަތަރުގެ މަޝްވަރާތަކާ ދިމާކޮށް، ފާއިތުވި ދުވަސްތަކުގައި ހަމަލާތައް ބަދަލުކުރުން ވަނީ މަޑުޖެހިފައެވެ.

ލުބުނާނުގެ މަސްރަހަށް ބަލާއިރު، އިސްރާއީލާއި ހިޒްބުالله އާ ދެމެދު ކުރިއަށްދާ ހަނގުރާމަ ވެސް މިހާރު އޮތީ ނިސްބަތުން ހިމޭންކޮށެވެ.

އީރާނުން ބާރުއަޅަމުންދަނީ، ކޮންމެ އެއްބަސްވުމެއްގައި ވެސް ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމާއި، އިސްރާއީލުން ހިފާފައިވާ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުން އެ ގައުމުގެ ސިފައިން ބޭލުން ހިމަނަންޖެހޭނެ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާގަތަރުސްޓްރެއިޓް އޮފް ހޯރްމޫޒްލުބުނާންހިޒްބުﷲ

އިތުރަށް ކިޔާލަން

01 ޖުލައި 2026

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ

01 ޖުލައި 2026
އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ
01 ޖުލައި 2026

ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި

01 ޖުލައި 2026
ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި
01 ޖުލައި 2026

ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް

01 ޖުލައި 2026
ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް
01 ޖުލައި 2026

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

01 ޖުލައި 2026
ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި
30 ޖޫން 2026

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

30 ޖޫން 2026
އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

29 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު